އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ވިޔަފާރި - މޯލްޑިވްސް ބިޒްނަސް އެވޯޑްސް

މޯލްޑިވްސް ބިޒްނަސް އެވޯޑްސް ޖަޖު ކުރުން ނިމިއްޖެ

  • އެވޯޑް ހަފުލާ އޮންނާނީ ޑިސެމްބަރު މަހު
  • ބިޒްނަސް އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރު
  • 23 ތަފާތު ދާއިރާއަކުން ހޮވުނު ފަރާތްތަކަށް އެވޯޑްތައް ވަނީ މިދިޔަ އަހަރު ހަވާލުކޮށްފައި

ސިމާހާ ނަސީމް
sim_kamana

ކ. މާލެ 8 ޑިސެންބަރު 2019 | އާދީއްތަ 18:05 1,335

އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެގްޒެކްޓިވް ސެކްރެޓަރީ މަރިޔަމް ޕަރްވީން އަބްދުލް ފައްތާހު އަދި ބްލޭޒަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ - އެސްޓީއޯ

މޯލްޑިވްސް ބިޒްނަސް އެވޯޑްސް (އެމްބީއައި) ގެ ޖަޖު ކުރުން ނިންމާލައިފިއެވެ.

އެމްބީއޭ އެވޯޑަށް ނޮމިނޭޝަނަށް ހުޅުވާލުމާއެކު 50 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާއިރު މީގެތެރޭގައި ވިޔަފާރީގެ އެކި ދާއިރާތަކާއި ސިނާއަތްތަކުގައި މަސައްކަތް ކުރާ މީހުން ހިމެނެއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ އެކި އިންޑަސްޓްރީތަކުން ފާހަގަކޮށްލެވޭ ވިޔަފާރިތަކަށް ދޭ އެވޯޑެކެވެ. މި އެވޯޑުގެ ބޭނުމަކީ އެ ވިޔަފާރިތަކުގެ ސަބަބުން އިޤްތިޞާދަށް އަންނަ ހެޔޮ ބަދަލުތަކާއި ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެހެން ވިޔަފާރިތައް ތަރައްޤީ ވުމަށް ހިތްވަރުދިނުމެވެ. މޯލްޑިވްސް ބިޒްނަސް އެވޯޑްސް ހަފުލާ މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ހަފުލާއާ ބެހޭ އިތުރު މަޢުލޫމާތު ކުރިއަތް އޮތް ދުވަސްތަކުގައި ހާމަކުރަމުންދާނެ ކަމަށް ބްލޭޒަން އިން ބުނެއެވެ.

އެސްޓީއޯ އިން ވަނީ މި އަހަރު ވެސް އެވޯޑްގެ ޓައިޓްލް ސްޕޮންސަރަކަށްވެފައެވެ. މިއީ އެސްޓީއޯ އިން މި އެވޯޑްގެ ޓައިޓްލް ސްޕޮންސަރަކަށްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑު 2018ގެ އެންމެ ކާމިޔާބު ކުންފުންޏަކީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި އެލައިޑް އިންޝުއަރަންސެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސް ބާއްވަން ފެށީ މިދިޔަ އަހަރެވެ. ފުރަތަމަ އެވޯޑްސް ޙަފުލާގެ ތެރެއިން ތަފާތު 23 ދާއިރާއަކުން އެކި ފަރާތްތަކަށް އެވޯޑު ދިނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް