ކ. މާލެ
|
8 ޑިސެންބަރ 2019 | އާދީއްތަ 14:38
މަސްވެރިންގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތު
މަސްވެރިންގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތު
ފިޝަރީސް މިނިސްޓްރީ
މަސްވެރިންގެ ދުވަސް
15 އަތޮޅެއްގެ މަސްވެރިންނާއި އޮޑިވެރިންނާއެކު މަސްވެރިންގެ ފޯރަމް ފަށައިފި
 
މި ފޯރަމްގައި އެންމެ މުހިއްމު އެއް މައުޟޫއަކީ ކެޗް އެކޮލޭޝަން
 
މަސްވެރިކަމުގެ ސިޔާސަތުތައް ބައްޓަންކުރުމަކީ މި ފޯރަމްގެ މަޤްސަދެއް
 
މަސްވެރިކަމުގެ ސިނާއަތުގެ އެންމެ މުހިއްމު ބައިވެރިންނަކީ އޮޑިވެރިންނާއި މަސްވެރިން

ރާއްޖޭގެ 15 އަތޮޅުން މަސްވެރިންނާއި އޮޑިވެރިން ތަމްސީލުވާ ގޮތަށް މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން ކުރިއަށްގެންދާ މަސްވެރިންގެ ފޯރަމް ފަށައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފޯރަމް ރަސްމީ ގޮތުން ފެށުމަށް އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތުގެ އެންމެ މުހިއްމު ބައިވެރިންނަކީ އޮޑިވެރިންނާއި މަސްވެރިންގެ އިތުރުން މި ސިނާޢަތުގައި ޙަރާކާތްތެރިވާ އެކި ފަރާތްތައް ކަމަށާއި، މި ފޯރަމުގައި ރާއްޖޭގެ 15 އަތޮޅުން މަސްވެރިންނާއި އޮޑިވެރިން ތަމްސީލު ވެގެންދިއުމުން އުފާ ކުރައްވާ ކަމަށެވެ.

އެގޮތުން މިފަދަ ފޯރަމެއް ބޭއްވުމުގެ މުހިއްމުކަމަށް އަލިއަޅުވާލައްވާ މިނިސްޓަރ ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތަށް ޢަމާޒުކޮށް މިފަދަ ފޯރަމެއް ބޭއްވުމުގެ މަޤްޞަދަކީ މަސްވެރިކަމުގެ ސިޔާސަތުތައް ބައްޓަންކުރުމާއި މަސްވެރިކަމުގެ ސިނާޢަތުގައި ދިމާވެފައިވާ ބައެއް ގޮންޖެހުންތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުން ކަމަށެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން، މަސްވެރިކަމުގެ ސިނާއަތަށް އަމާޒުކޮށް މިފަދަ ފޯރަމެއް ބޭއްވުމުގެ މަޤްސަދަކީ މަސްވެރިކަމުެގެ ސިޔާސަތުތައް ބައްޓަންކުރުމުގަޔާއި މަސްވެރިކަމުގެ ސިނާއަތުގައި ދިމާވެފައިވާ ބައެއް ގޮންޖެހުންތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއް މަޝްވަރާކުރުން. މިގޮތުން މިއަހަރުގެ ފޯރަމްގައި އިންޑިއާ ކަނޑުގައި، ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި މިންވަރެއްގައި ހިފެއްޓުމުގެ ގޮތުން މަސްބާނާނެ މިންވަރު ކަނޑައެޅުމާގުޅޭގޮތުންނާއި، މަސްވެރިކަމުގެ ތަފާސް ހިސާބު ނެގުމާ، މަސްވެރިކަމުގެ ޤާނޫނާއި ޤަވާޢިދުތަކާއިގުޅޭގޮތުން އަދި މިނޫންވެސް ގުޅުންހުރި އެހެން ބަައެއް ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެވިގެންދާނެ.
ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު
މަސްވެރިންގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޒަހާ ވާހަކަދައްކަވަނީ

މިނިސްޓަރ އިތުރަށް ވިދާޅުވީ، މި ފޯރަމުގައި އެންމެ އަހައްމިއްޔަތުކަމެއް ދީގެން މަޝްވަރާ ކުރާނީ އިންޑިއާ ކަނޑުގައި މަސްވެރިކަމުގައި މަސް ބާނާނެ މިންވަރު ކަނޑައެޅުމާއި ގުޅޭ (ކެޗް އެލޮކޭޝަން) އާއި ބެހޭ ގޮތުންކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ރަތް ދަރަޖައިގައި ގިންތި ކުރެވިފައިވާ ދުވަސް ވަރެއްގައި މިކަންކަމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރުން ކޮންމެހެން މުހިއްމު ކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހަށް ތައްޔާރު ވުމަށް ގިނަ ޙަރަކާތްތަކެއް ރާވަމުންދާއިރު، މި ފޯރަމަކީވެސް 39 ވަނަ މަސްވެރިންގެ ދުވަހާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ފޯރަމެކެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ދިހަ ވަނަ ދުވަހުގެރޭ ހުޅުމާލެ ސެންޓަރލް ޕާކު ޞަރަހައްދުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް