ކ. މާލެ
|
7 ޑިސެންބަރ 2019 | ހޮނިހިރު 19:25
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު
ޓްވިޓަރ
ފަތުރުވެރިކަން
ރައްޔިތުންނަށް މިހާރު އިހްސާސްކުރެވިގެން މިދަނީ ޖަޒީރާ ރާއްޖެ: ޓުއަރިޒަމް މިނިސްޓަރ
 
އިންސްޕެކްޝަންއަށް އިތުރު ހަރަދެއް ދެން ނުދާނެ
 
ހުރިހާ ތަމްރީނެއް ދީފައިވަނީ ދާއިރާގެ ފުންނާބު އުސް ތަޖުރިބާކާރުން
 
ރަށްރަށުގައި ގާއިމުކުރާ ގެސްޓް ހައުސް އިންސްޕެކްޓް ކުރުމުގެ ބާރު ކައުންސިލްތަކަށް ވަނީ ދޫކުރެވިފައި

ރައްޔިތުންނަށް މިހާރު އިހްސާސްކުރެވިގެން މިދަނީ ޖަޒީރާ ރާއްޖެކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒުކުރުމުގެ ގޮތުން ހުރިހާ ކައުންސިލްތަކަށް ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ތަންތަން އިންސްޕެކްޓް ކުރުމަށް ދެވުނު ޓްރެއިނިންގް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ފަތުރުވެރިންނަށް ހިދުމަތްދޭ 1000 އަށް ވުރެ ގިނަ ތަންތަން އިންސްޕެކްޓްކޮށް ނިމުނުއިރުގައި ރަޖިސްޓަރ ނުކޮށް ގެސްޓުންނަށް ހިދުމަތްދެމުން އައި ތަންތަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި މަސައްކަތް ފެށީ ފަސޭހައިން ކުރެވޭނަކަމެއް ނޫންކަން ރަނަގަޅަށް އެނގިހުރެކަމަށާއި ބޭނުމަކީ ރާއްޖޭގެ އިގްތިސާދުގެ ނާރެހަކީ ފަތުރުވެރިކަމަށްވެފައި، އެ ދާއިރާގެ ހުރި ކަންކަން އިސްލާހުކޮށް ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް އެންމެ ރަނގަޅު ހިދުމަތް ދިނުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ހުރިހާ މަސައްކަތަކުންވެސް އެނގިގެންދިޔަ އެއް ހަގީގަތަކީ ކަންކަމުގެ ހައްލަކީ ބާރުތަށް ދޫކޮށް ލާމަރުކުޒުކުރުންކަމަށެވެ. އެގޮތުން މި ސަރުކާރުން މިގެނައި ބަދަލުތަކާއެކު ޖަޒީރާވަންތަ ސިފައެއްގައި، ސަރުކާރުގައި އެއޮތް މެނިފެސްޓޯއާއިއެކު މިހާރު އިހްސާސްކުރެވިގެން މިދަނީ ޖަޒީރާ ރާއްޖެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެންނަށް ޔަގީންވެ ކަށަވަރުވެގެންދިޔައީ ކަންކަމުގެ ހައްލަކީ ބާރުތައް ދޫކުރުންކަން. ކަންކަމުގެ ހައްލަކީ ލާމަރުކަޒީކުރުން ކަން. ސަރުކާރެއް ޖަޒީރާވަންތަ ސިފައެއްގައި އެކުލެވިގެން އައިސް އެ ސަރުކާރެއްގައި އެއޮތް މެނިފެސްޓޯއަކާއި އަދި ގާނޫނުގައި އެބުނާ ތަރަހައާއި ހަގީގަތުގައި މާނަކުރުމަކީ ނުވަތަ އެބާރުތައް ދޫކުރުމަކީ މާލީގޮތުންނާއި އަދި މަޢުނަވީގޮތުންވެސް އެބާރުތައް ދޫކުރުންކަން. އަޅުގަނޑުމެން މިހާރު އިހްސާސްކުރަމުން މިދަނީ ޖަޒީރާ ރާއްޖެ.
މިނިސްޓަރ އަލީ ވަހީދު

ހަފްލާގައި އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަޒީރުންގެ މަޖިލީސް ހިންގަވަނީވެސް ވަރަށް ތަފާތުގޮތަކަށް ކަމަށާއި އެގޮތުން އެ ވަޒީރަކަށް މެންޑޭޓް ކުރެވިފައިވާ ކަންތައް އެ ވަޒީރެއްގެ ގާބިލްކަމާއި ލަޔާގަތާއި އެއްވަރަށް އެ ވަޒީރަކު ބޭނުންގޮތަށް ކުރުމަށް ބާރުތައް ދޫކޮށްފައިވާކަމަށެވެ.

އެ ވުޒާރާގެ ފާއިތުވެގެންދިޔަ އެއް އަހަރު ދުވަހުގެ ތަޖްރިބާގެ މައްޗަށް އަލިއަޅުއްވައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯގައި ހިއްވަރުދެނީ ރައްޔިތުން މުއްސަނދިކޮށް ރައްޔިތުން ބާރުވެރިކުރުވަންކަމަށާއި ފެށޭ ހަފްތާއިން ފެށިގެން ރާއްޖޭގެ ރަށްތަކުގައި ގެސްޓްހައުސް އެޅުމުގެ ހަރަދުގެ އިތުރުން މިނިސްޓްރީގެ ޓީމެއް ގެންގޮސް އިންސްޕެކްޓް ކުރުމަށް ބައިލައްކަ ރުފިޔާ ހޭދަކޮށް އެ ތަކުލީފުއުފުލާކަށް ނުޖެހޭނެކަމަށެވެ.

ގެސްޓް ހައުސްއެއް އަޅާ ނިމުމަށްފަހު މިނިސްޓްރީ އޮފް ޓުއަރިޒަމުން އެތަން އިންސްޕެކްޓްކޮށް ޓުއަރިޒަމް މިނިސްޓްރީގެ ޝެޑިއުލެއް ހޯދައިގެން މީހަކު ގެންގޮސް އެމީހާގެ ގެސްޓް ހައުސް ހުޅުވޭއިރު ގާތްގަނޑަކަށް ބައިލައްކައެއްހާ ރުފިޔާ. ގެސްޓް ހައުސް ހަދަން ދިޔަ ހަރަދުގެ އިތުރަށް އެމީހާ އަތުންދޭ. ފުރަތަމަ އިންސްޕެކްޝަނުން ފެއިލްވެއްޖެނަމަ އަނެއްކާ އިންސްޕެކްޝަނެއް ހަދަންޖެހޭ. އަޅުގަނޑުމެން ދުށީ މިއީ މިގޮތަށް އޮތުން ކޮންމެހެން މުހިންމު ކަމެއް ނޫންކަމަށް. އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިއްވަރުދެނީ ރައްޔިތުން މުއްސަނދިކުރުވައި ރައްޔިތުން ބާރުވެރިކުރުވަން. އެ ބައިލައްކަ ރުފިޔާ އަޅުގަނޑުމެން މިއަދުން ފެށިގެން މި ކަނޑާލީ!
މިނިސްޓަރ އަލީ ވަހީދު

ރަސްމިއްޔާތުގައި މިނިސްޓަރ އިތުރަށް ވިދާޅުވީ، ކައުންސިލްތަކަށް އިންސްޕެކްޓް ކުރުމުގެ ބާރު ދިނުމަކީ ކުރިޔަށް އޮތް ތަނުގައި ރަށްރަށުގައި ގެސްޓްހައުސް ހުޅުވަން ނުވަތަ އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ހިއްވަރެއްކަމަށާއި ގައުމުގެ ކަންތައްތައް ހަމަގަށް އެޅުވުމުގައި އިދާރާތަށް ޒިންމާދާރުވެރިކޮށް ބާރުވެރިކުރުމަށް އެޅިގެންދާ ވަރަށް ބޮޑު ފިޔަވަޅެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ނޭނގި ރާއުސުލްމާލެއް އެހެން ފަރާތަކަށް ދޫނުކުރާނެކަމަށާއި އުންމީދުކުރި ބަދަލުތަށް ފެންނަމުންދާކަމަށެވެ. އަދި މި ފަސް އަހަރު ދުވަހުގެ ތެރޭގައި ރައީސް ސޯލިހު ރާއްޖެއަށް ގެނެސްދިން ހަމަޖެހުމާއި ރައްޔިތުންނަށް ދެމުންދާ ބާރުވެރިކަމުގެ މަތީގައި ކޮންމެ ބޭފުޅަކުވެސް އަދާކުރާ މަގާމެއް އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ހެޔޮވެރިކަމެއް ކުރުމަށް އަޒުމްކަނޑައަޅަންޖެހޭކަމަށެވެ.

ހުރިހާ ކައުންސިލްތަކަށް ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ތަންތަން އިންސްޕެކްޓް ކުރުމަށް ޓްރެއިނިންގް ދާއިރާގައި ހަރަކާތްތެރިވާ ފުންނާބު އުސް ފަރާތްތަކުން ދީފައިވާއިރު ޓްރެވެލް އެޖެންސީތަށް އަލަށް ގާއިމުކުރާއިރު އެކަން ކުރާނެ މަގުތަކުގެ އިތުރުން ގެސްޓްހައުސް ހެދުމަށް ބިން ދޫކުރާއިރު ލޭންޑް ޔޫސް ޕްލޭނެއް ހެދުމުގައި އަމަލުކުރާނެގޮތް ޕްލޭނިންގް މިނިސްޓްރީއާއި ޓުއަރިޒަމް މިނިސްޓްރީ ގުޅިގެން ތަމްރީނުކުރެވިފައިވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް
7 ޑިސެންބަރ 2019 | ހޮނިހިރު 21:03
އެދުރު ހަސަން
ތިބުނި އެއްޗެއް ނޭގުނު. ބުންޏޭ ބުންޏޭ ބުނިއަކަސް ނުފުދޭނެ. އިބޫ ވެރި ކަމައް އައިފަހުން ސަރުކާރުގެ އިސްމީހަކު ވައްކަމެއް ކުރި އަޑެއްނީވޭ. ނަމަވެސް މަމެންގެ ޖީބައް ލާރި އިތުރު ކުރާނެ މަގެއް އަދި ނުފެނޭ. ބޭނުންވޭ ހެއުގޮތުގައި ލާރި އިތުރުވާނެ މަގުތައް ފަހި ވުމައް. އަބަދު ޘަނާ ކިޔާލަ ކިޔާލަ އެއް ނުތިބެވޭނެ.