ކ. މާލެ
|
7 ޑިސެންބަރ 2019 | ހޮނިހިރު 17:56
މަޖިލިސް 2019
މަޖިލިސް 2019
ރައްޔިތުންގެ މަޖިލިސް
މަޖިލިސް 2019
މި ދައުރަށް ކަނޑައެޅި މަސައްކަތުގެ ތެރެއިން ނުނިމެނީ މިނިމަމް ވޭޖްގެ ބިލު އެކަނި
 
މިދައުރަށް 23 ބިލު ހުށަހަޅާފައިވޭ
 
ކޮމެޓީ މަރުހަލާގައި 8 ބިލެއް ވޭ
 
މި ދައުރުގައި މަޖިލީހުން ޖުމްލަ 11 ބިލެއް ފާސްކޮށްފައިވޭ

މި ދައުރުގައި ރައްޔިތުންގެ މަޖިލީހުން ގިނަ ބިލުތަކެއްގެ މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން މި ދައުރަށް ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ތެރެއިން ނުނިންމިފައިވަނީ އެންމެ ކުޑަ މިނުން ދެވޭ އުޖޫރަ (މިނިމަމް ވޭޖު)ގެ ބިލުގެ މަސައްކަތް އެކަންޏެވެ. މިނިމަމް ވޭޖުގެ ބިލު ޑްރާފްޓު ކުރުމުގެ މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ކޮމެޓީން ދަނީ އެ މަސައްކަތް ކުރަމުންނެވެ.

މި ދައުރުގައި މަޖިލީހުން ޖުމްލަ 11 ބިލެއް ފާސްކޮށްފައިވެއެވެ.

މި ދައުރުގައި ފާސްކޮށްފައިވާ ބިލުތައް

  1. ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  2. ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާބެހޭ ބިލު
  3. އާމްދަނީން ޓެކްސް ނެގުމުގެ ބިލު
  4. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލު
  5. ކުޑަކުދިންގެ ޢަދުލުގެ ބިލު
  6. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު
  7. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  8. ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލު
  9. ރިޔާސީ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  10. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  11. ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު

ޖުމްލަ 11 ބިލެއް މި ދައުރުގައި ފާސްކޮށްފައިވާއިރު ކޮމެޓީ މަރުޙަލާގައި 8 ބިލެއް ވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެޓީ މަރުޙަލާގައި:

  1. ޖަމްޢިއްޔާތަކުގެ ބިލު
  2. އިންތިޤާލީ އިންޞާފުގެ ބިލު
  3. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  4. މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  5. ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  6. އޮޑިޓް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  7. އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  8. ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު

މީގެ އިތުރުން މި ދައުރުގައި ފުރަތަމަ ކިއުން އިއްވުމަށްފަހު އިތުރު މަސައްކަތްތަކެއް ކުރެވިފައި ނުވާ 4 ބިލެއް ވާކަން ފާހަގަކޮށްލެެވެއެވެ.

މި ދައުރުގައި ފުރަތަމަ ކިއުން އިއްވި އިތުރު މަސައްކަތެއް ކުރެވިފައިނުވާ ބިލުތައް:

  1. އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  2. ފެނާއި ނަރުދަމާގެ ބިލު
  3. ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލު
  4. މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ބިލު

މިދައުރަށް 23 ބިލު ހުށަހަޅާފައިވާއިރު މިދިޔަ ދައުރުގައި ހުށަހަޅާފައިވާ ބިލުތަކުގެ ތެރެއިން 16 ބިލެއްގެ މަސައްކަތް މިދައުރުގައި ކޮށްފައިވެއެވެ.

އަދި މިދައުރުގެ އެންމެ ފަހު ޖަލްސާގައި ވެސް 10 ބިލެއްގެ ފުރަތަމަ ކިއުން އިއްވާފައިވެއެވެ.

މިދައުރުގެ އެންމެ ފަހު ޖަލްސާގައި ފުރަތަމަ ކިއުން އިއްވުނު 10 ބިލު

  1. މަދަނީ އިޖުރާއަތުގެ ބިލު
  2. ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާ ބެހޭ ބިލު
  3. ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  4. ތަޢުލީމުގެ ބިލު
  5. މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބިލު
  6. ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ބިލު
  7. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލު
  8. އެއްމެދު ޢިމާރާތުގެ ބިލު
  9. ދިވެހިރާއްޖޭގެ ހަކަތައިގެ ބިލު
  10. ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ބިލު

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެ ދައުރު ނިންމާ މެންބަރުން ޗުއްޓީއަށް ވަޑައިގެންފައިވާއިރު ޗުއްޓީއަށް އެވަޑައިގަތީ ޖަލްސާތަކާއި ކޮމިޓީތަކުގައި މުޅި ޖުމުލަ 569 ގަޑިއިރާއި 57 މިނެޓް މަސައްކަތް ކުރެއްވުމަށްފަހުއެވެ. އެގޮތުން 77 ޖަލްސާ ވަނީ ބާއްވާފައިވާއިރު ފުރަތަމަ ދައުރުގައި ބޭއްވި 47 ޖަލްސާ ބާއްވާފައިވެއެވެ. އަދި ދެވަނަ ދައުރުގައި 30 ޖަލްސާ ބާއްވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް