ކ. މާލެ
|
7 ޑިސެންބަރ 2019 | ހޮނިހިރު 13:35
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
މުހައްމަދު ޝަރުހާން
ކައުންސިލް
މާލެ ސިޓީ ކައުންސިލުގައި އަންހެނުންނަށް ޚާއްޞަ 06 ގޮނޑި ހަމަޖައްސައިފި
 
ފުވައްމުލަކުގައި 02 ގޮނޑި އަންހެނުންނަށް ޚާއްސަ ކޮށްފައި
 
އައްޑޫގައި 04 ގޮނޑި އަންހެނުންނަށް ޚާއްސަކޮށްފައި

މާލެ ސިޓީ ކައުންސިލުގައި އަންހެނުންނަށް ޚާއްޞަ 06 ގޮނޑި ހަމަޖައްސައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކައުންސިލުތަކުގެ 33 އިން ސައްތަ އަންހެނުންނަށް ޚާއްޞަކުރުމަށް ޤާނޫނުން ކަނޑައެޅިގެން ދިއުމާއެކު، މާލެ ސިޓީ ކައުންސިލުގައި އަންހެނުންނަށް ޚާއްޞަ 06 ގޮނޑި ހަމަޖައްސައިފައިވާ ކަމަށާއި، އައްޑޫ ސިޓީގައި 04 ގޮނޑި އަންހެނުންނަށް ޚާއްސަކޮށްފައިވާ ކަމަށެވެ. އަދި ފުވައްމުލައް ސިޓީގެ 02 ގޮނޑި އަންހެނުންނަށް ޚާއްޞަ ކޮށްފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ފަސް ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކޮންމެ ކައުންސިލެއްގައި އަންހެން 2 ކައުންސިލް މެންބަރުން ހިމެނުމަށާއި، 7 ކައުންސިލް މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލުތަކުގައި އަންހެން 3 މެންބަރުން ހިމެނުމަށް ލާޒިމުކޮށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މިމަހުގެ 05 ވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެ ބިލު ފާސްވުމާއި ގުޅިގެން ބާރުވެރި ކައުންސިލްތަކަކަށް މަގުފަހިވެފައިވާ ކަމަށާއި، އަންހެނުންނަށް ވެސް ތިންބައިކުޅަ އެއްބައި ގޮނޑި ކަށަވަރު ކޮށްދެވިފައިވާ ކަމަށެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ހުށައެޅުއްވީ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒްއެވެ. އަދި މި ބިލު ފާސްވެގެން ގޮސްފައިވަނީ މަޖީލީހުގެ 76 މެމްބަރުންގެ ވޯޓާއި އެކުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
އިނގިރޭސި ލީގު ބަލަން ވަން މީހުންގެ 28 ޕަސެންޓަކީ އަންހެނުން