ކ. މާލެ
|
7 ޑިސެންބަރ 2019 | ހޮނިހިރު 17:54
ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމު
ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމު
ރައްޔިތުންގެ މަޖިލިސް
މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީ
ސީއެސްސީގެ ރައީސް ޝަމީމުގެ އެދުމުގެ މަތިން ކޮމެޓީ ސިއްރުކޮށްފި
 
ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ ވަޒީފާއިން ވަކިކުރުން
 
ޮޕާމަނަންޓް ސެކްރެޓަރީން ނެގުމުގައި ވަނި މީހަކަށް އަމާޒުކޮށް ޝަރުތުތައް ބަދަލު ކުރުން
 
ސީއެސްސީގެ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް ބޮޑުވުން

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ތެރޭގައި ހުރި މައްސަލަތަކެއް ބަލަމުންދާ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުން، އެކޮމެޓީއަށް ހާޒިރު ކުރެއްވި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމުގެ އެދިލެއްވުމުގެ މަތިން އެ ކޮމެޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން ވަކިވަކިން ހާޒިރުކޮށް، ކަމާބެހޭ މަޢުލޫމާތު އޮޅުން ފިލުވުމަށް ހޮނިހިރު ދުވަހު އެކޮމެޓީގެ ބައްދަލުވުމަށް ފުރަތަމަ ހާޒިރު ކުރެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމު އެވެ.

އެކޮމިޝަނާ ގުޅޭގޮތުން އެކޮމެޓީއަށް ހުށަހެޅި ބަލަމުންދާ މައްސަލަތަކުގެ ތަފުޞީލު އެކޮމެޓީގެ މުޤައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެ ދެއްވުމާއެެކު، އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވުމުގެ ފުރުޞަތު ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޝަމީމަށް ދެއްވުމުން، ޝަމީމު ވިދާޅުވީ މި ކޮމެޓީގެ ބައްދަލުވުން ސިއްރުކޮށް ދެއްވުމަށް އެދޭ ކަމަށެވެ.

"ތިޔަ ފާހަގަ ކުރެއްވި ކަންކަމަށް ޖަވާބުދާރީ ވުމުގައި، ކޮމިޝަނުގެ އެތެރޭގެ އިދާރީ ކަންކަމާއި، ކަންކަން ހިނގާދާގޮތުގެ ބައެއް މައުލޫމާތު އަޅުގަނޑު ހުށަހަޅަން ޖެހޭތީ މި ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ހަމަޖައްސާ ދެއްވުމަށް އަޅުގަނޑު އެދެން،" ސީއެސްސީގެ ރައީސް ޝަމީމު ވިދާޅުވި އެވެ.

ސީއެސްސީގެ ރައީސް ޝަމީމު އެގޮތަށް އެދިލެއްވުމުން، އެކޮމެޓީގައި އެވަގުތު ތިއްބެވި މެންބަރުން ވަނީ އެކޮމެޓީގެ ބައްދަލުވުން ސިއްރުކުރަން ނިންމަވާފަ އެވެ. އެކޮމެޓީ ފައްޓަވަމުން ކޮމެޓީގެ މުޤައްރިރު ވަނީ ސިވިލް ސަރވިސް ކޮމިޝަނާ ގުޅޭ މައްސަލާގައި، އެމައްސަލަ ދިރާސާ ކުރުމަށް ނެގި އެކޮމިޝަނުން ސަބް ކޮމެޓީން ނިންމާފައިވާ ނިންމުތައް ކޮމެޓީއަށް ވިދާޅުވެ ދެއްވާފަ އެވެ.

ސިވިލް ސަރވިސް ކޮމިޝަނާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭގޮތުން ކޮމިޝަނުގެ މެންބަރުން މައި ކޮމެޓީއަށް ހާޒިރުވެވަޑައިގެން ދެއްވާފައިވާ މަޢުލޫމާތުތަކާއި މައި ކޮމެޓީއަށާއި ސަބް ކޮމެޓީއަށް ހާޒިރުވެވަޑައިގެން އެހެން ފަރާތްތަކުން ދެއްވާފައިވާ މަޢުލޫމާތަކަށާއި، ސަބް ކޮމެޓީން ހޯދާފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ކޮމެޓީއަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ދެއްވާފައިވާ ފަރާތްތަކުން ދީފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ހަތް ކަމެއް ފާހަގަކުރައްވާފައި ވެއެވެ.

ސިވިލް ސަރވިސް ކޮމިޝަނާ ގުޅޭގޮތުން ކޮމެޓީއަށް ފާހަގަ ކުރެވުނު ކަންކަން:

1. ސިވިލް ސަރވިސް ކޮމިޝަނުގެ ކޮންމެ ނިންމުމުމަކީ ވެސް ވަކިވަކި މެންބަރުން ނިންމަވާ ނިންމެވުންތަކެއްގެ ބަދަލުގައި ކޮންމެ މައްސަލައެއްވެސް ކޮމިޝަނުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވި، ކޮމިޝަނުން ފާސްކުރައްވައިގެން ނިންމާފައިވާ ނިންމެވުންތަކެއްކަމުގައި ކޮމިޝަނުގެ މެމްބަރުން މައި ކޮމެޓީއަށް މަޢުލޫމާތު ދެއްވާފައިވާކަން.

2. ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން މައި ކޮމެޓީއަށް ދެއްވާފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އެކޮމިޝަނުގެ މެންބަރުންގެ މެދުގައި ގުޅުން ކުޑަކަމާއި، އެކަމުގެ ސަބަބުން ޤާނޫނު ނަމްބަރު 5/2007 (ސިވިލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ ދަށުން ކޮމިޝަނާ ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދަތިތައް ކުރިމަތިވެފައިވާކަން.

3. ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން ސިވިލް ސަރވިސްގެ ޤަވާއިދުގެ 273 ވަނަ މާއްދާގެ ދަށުން 90 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ އެއްވެސް ނޯޓިހެއް ދިނުމަކާ ނުލާކަން ފާހަގަ ކުރެވިފައިވީ ނަމަވެސް، ސިވިލް ސަރވިސްގެ ޤަވާއިދުގެ 273 ވަނަ މާއްދާއަކީ ނޯޓިސް ދިނުމަކާ ނުލާ، މުވައްޒަފުން ވަޒީފާއިން ވަކިކުރެވިދާނެ ޙާލަތްތައް ބަޔާންކޮށްފައިވާ މާއްދާއެއްކަމާއި، އެހެންކަމުން އެމުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ކުރިން އިތުރު ނޯޓިސްއެއް ދޭން ނުޖެހޭ ކަމަށް މެންބަރުން ފާހަގަކުރައްވާ، އެހެންނަމަވެސް، ސިވިލް ސަރވިސް ޤަވާއިދުގެ 273 ވަނަ މާއްދާގެ ދަށުން ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރެވިފައިވާ ސަބަބަށް ކޮމެޓީން ބަލާއިރު، އެމުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުޞަތު އެމުވައްޒަފުންނަށް ދޭންވާނެ ކަމަށް ކޮމެޓީއަށް ފާހަގަކުރެވިފައިވުން.

4. ސިވިލް ސަރވިސްގެ ޤަވާއިދުގެ 273 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމަކާނުލައި މުވައްޒަފުން ވަޒީފާއިން ވަކިކުރާ ޙާލަތުގައި ޖަވާބުދާރީވުމުގެ ފުރުޞަތު އެމުވައްޒަފުންނަށް ދޭންވާނެ ކަމަށް ކޮމިޝަނަށް ޤާނޫނީ ލަފާ ދެއްވާފައިވާ ކަމަށާއި އެހެންނަމަވެސް ކޮމިޝަނުން އެލަފަޔާ އެއްގޮތަށް ޢަމަލު ކުރައްވާފައި ނުވާކަން ކޮމިޝަނުގެ ސީނިއަރ އެޓަރނީ ކޮމެޓީއަށް މަޢުލޫމާތު ދެއްވާފައިވާކަން.

5. ސަރުކާރުގެ އެކިއެކި މިނިސްޓްރީތަކަށް ޕާރމަނަންޓް ސެކްރެޓަރީން ނެގުމުގެ ކުރިން ކޮންމެ ފަހަރަކު ވެސް ޕާރމަނަންޓް ސެކްރެޓަރީން ނެގުމާގުޅޭ ކޮމިޝަނުން ބަދަލުކުރައްވާފައިވާކަން ކޮމެޓީއަށް ފާހަގަކުރެވިފައިވޭ. އެގޮތުން ބައެއް ފަހަރު ޕާރމަނަންޓް ސެކްރެޓަރީން ޢައްޔަނު ކުރިއިރު މަޤާމުގެ ޝަރުޠުތައް މަތިކޮށްފައި، އަނެއްބައިފަހަރު އެމަޤާމުގެ ޝަރުޠު ލުއިކޮށްފައިވާކަން، ސަބް ކޮމެޓީއަށް ފާހަގަކުރެވިފައިވޭ. އަދި އެގޮތަށް ކޮމިޝަނުން ޢަމަލު ކުރައްވާފައިވަނީ ސީދާ ވަކި ފަރާތަކަށް އެމަޤާމު ދެއްވުމަށްކަމަށް ސަބް ކޮމެޓީއަށް ފާހަގަކުރެވިފައިވޭ.

6. ސިވިލް ސަރވިސް ކޮމިޝަނަށް މުވައްޒަފުން ނެގުމުގައި ސިވިލް ސަރވިސްގެ ޤަވާއިދާ ޚިލާފަށް ކޮމިޝަނުން ޢަމަލުކޮށްފައިވާތީ އެކަމާގުޅޭގޮތުން މައި ކޮމެޓީއަށް ހުށަހަޅާފައިވާ ޝަކުވާއަށް ބަލާއިރު، އެކަމަކީ ކޮމިޝަނުގެ މެމްބަރުންނާ މައި ކޮމެޓީގައި ސުވާލު ކުރަންޖެހޭ ކަމެއްކަމަށް ސަބް ކޮމެޓީއަށް ފާހަގަ ކުރެވިފައިވޭ.

7. އިސްވެ ދެންނެވުނު ކަންތައްތައް އެހެން ހުރުމާއެކު، އެކަންތައްތަކާ ގުޅޭގޮތުން ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުން މައި ކޮމެޓީއަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ސަބް ކޮމެޓީން ދެކޭކަން.

މީގެއިތުރުން ވެސް ސިވިލް ސަރވިސްއާ ގުޅޭ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އޭގެ ތެރޭގައި ސިވިލް ސަރވިސް ކޮމިޝަނުގެ ނާއިބު ރައީސް ކަމުގެ މަޤާމުގައި ހުންނެވި ޝަހީދު މުޙައްމަދު މަޤާމުގެ ޝަރުޠު ހަމަނުވެ، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަނު ކޮށްފައިވާ މައްސަލަ ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
43%
0%
0%
57%
0%
0%
ކޮމެންޓް
8 ޑިސެންބަރ 2019 | އާދީއްތަ 00:44
މުހައްމަދު
ވޭތުވެދިޔަ ފަސްއަހަރު ތިކަމިޝަނުން ކިތަށް މުވައްޒަފުން ވަކިވި. ކޮންސަބަބަކާހުރެ؟
7 ޑިސެންބަރ 2019 | ހޮނިހިރު 22:13
ކަމަނަ
އަމިއްލަ ވަކިވެބަލަ.. ލަދެއް ހުރިއްޔާ!!
7 ޑިސެންބަރ 2019 | ހޮނިހިރު 22:12
މީނާ
މިހާރުން މިހާރަށް ވަކިކުރަންޖެހޭ އެންމެން..
7 ޑިސެންބަރ 2019 | ހޮނިހިރު 22:11
މަރީ
ސަރުކާރަށް ހުރި އެންމެބޮޑު ގޮޖެހުން ނަތާލަދީބަލަ... ކަމެއްވާބައެއް ނޫނޭ...
7 ޑިސެންބަރ 2019 | ހޮނިހިރު 22:10
ކުޑައްތަ
ހީހީހީ ހަލާކު.. ސިއްރު ކުރިއްޔޭ...ވަކިކޮށްބަލަ.. ކައުންސިލްތަވެސް ހަލާކު ކޮށްލައިފި..
7 ޑިސެންބަރ 2019 | ހޮނިހިރު 22:08
ވިލިގިލި
ނާއިބު ރައީސް ޝަހީދުއަކީ މިހާރުން މިހާރަށް ވަކިކުރަންވީ މީހެއް.. ޝަރުތު ހަމަނުވަނީވިއްޔާ..
7 ޑިސެންބަރ 2019 | ހޮނިހިރު 22:07
ނީމާ
ލަދުވެސް ނުގަންނަކަންދޯ؟ މަޤާމާހެދި ތިޔޮއްގެން ހަލާކުވަނީ.. މަޤާމުގައި ތިބެން އަދިވެސް މަޖިލިސް މެންބަރުންނަށް ގުޅައިގެން އާދޭސްކުރަނިކަމަށްވަނީ..
7 ޑިސެންބަރ 2019 | ހޮނިހިރު 19:24
މޯޑް
ޤާނޫނީ ލަފާދިނަސް ބޭނުން އެއްޗެއް ހަދާލަނި.. ހާދަ ކަޑަބައެއް.. ކީއްކުރާ ޤާނޫނީ ބައެއް.. ވަކި ކުރޭ.. މުވައްޒަފުން ހައްޤް ތައް ފޭރިގަނެފި..
7 ޑިސެންބަރ 2019 | ހޮނިހިރު 19:21
ޝާނީ
އިންސާފު ގެއްލިފަ އޮތް ތަނެއް.. ސިވިލް މުވައްޒަފެއްގެ ގޮތުން ލަދުގަނޭ
7 ޑިސެންބަރ 2019 | ހޮނިހިރު 19:19
ލީލާ
ސިއްރުން ހާދަ ކަމެއް ކޮށްފަ ހުރީމައޭ ސިއްރުކުރާނީ...!!!!! ވަކިކުރޭ އިންސާފު ގާއިމްކުރޭ.. ސާބަސް ކޮމިޓީ..
7 ޑިސެންބަރ 2019 | ހޮނިހިރު 19:14
މައި
ވަގުތުން މުހައްމަދު ޝަހީދު ވަކިކުރޭ... އަދި އޭނާ އިނދެގެން ތިތާ ކޮށްގެން ހުރި އެއްކަމެއްވެސް ސައްހަ ނުވާނެ..