ކ. މާލެ
|
7 ޑިސެންބަރ 2019 | ހޮނިހިރު 13:04
ބާޒާރުގައި ފިޔާގެ އަގު ވަނީ ބޮޑުވެފައި
ބާޒާރުގައި ފިޔާގެ އަގު ވަނީ ބޮޑުވެފައި
މުހައްމަދު ޝަރުހާން
ފިޔާގެ އަގު
ބާޒާރުގަ ފިޔާގެ އަގު އަނެއްކާވެސް އުފުލިއްޖެ!
 
ފިޔާގެ އަގު ބޮޑުވެފައި މިވަނީ އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދަނޑުތައް ހަލާކުވުމުން
 
ކުރިއަތް އޮތް ދުވަސްތަކުގައި ފިޔާ ކިލޯއެއް ލިބެނީ 55ރ ނޫނީ 60ރ އަށް
 
ބާޒާރުގައި ފިޔާ ކިލޯއެއް ލިބެން ހުރީ 50ރ އަށްވުރެން މަތީގައި

ބާޒާރުގައި ފިޔާގެ އަގު އަނެއްކާ ވެސް އުފުލިއްޖެއެވެ.

ބާޒާރުގައި ފިޔާ ކިލޯއެއް 50ރ އަށްވުރެން މަތިން ލިބެންހުރިއިރު, ފިޔާ ބަސްތާއެއްގައި އަގު އުޅެނީ 900ރ އަށް ވުރެ މަތީގައެވެ.

ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް ވިޔަފާވެރިން ބުނީ ބާޒާރުގައި ފިޔާގެ އަގު ބޮޑުވުމާއި ގުޅިގެން ކުރިޔަށް އޮތް ދުވަސްތަކުގައި ފިހާރަތަކުން ވެސް ފިޔާ ކިލޯ ލިބެން ހުންނަ އަގު މަތިވާނެ ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ފިޔާ ކިލޯއެއް ލިބެނީ 55ރ ނޫނީ 60ރ އަށް ކަމަށް ވެސް ވިޔަފާރިވެރިން ބުނެއެވެ.

ފިޔާގެ އަގު ބޮޑުވެފައި މިވަނީ އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދަނޑުތައް ހަލާކުވެ ބޭނުންވާ ވަރަށް ފިޔާ ނެހެއްދޭތީއެވެ. އަދި ޤައުމުތަކަށް ފިޔާ އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން އިންޑިއާ އިން ހުއްޓާލި ނަމަވެސް އެ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނޭ ކަމަށް މީގެ ކުރިން ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

އެންމެ ފަހުން ރާއްޖޭގައި ފިޔާގެ އަގު ބޮޑުވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެތެރޭގައެވެ. އޭރު ފިޔާ ބަސްތާއެއްގެ އަގު 1،200ރ އަށް ވެސް އެރިއެވެ. ނަމަވެސް 21 އޮކްޓޯބަރުން ފެށިގެން ކިލޯއެއްގެ އަގު 20ރ އަށް ވެއްޓުނެވެ.

އިންޑިއާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ބާޒާރަށް ފިޔާ ނެރެވޭ މިންވަރު ވަރަށް ބޮޑަށް މަދުވެ، ފިޔަލުގެ އަގު ވަނީ ބޮޑުވެފައެވެ. އިންޑިއާގައި މިހާރު ފިޔާ ކިލޯއެއް ވިއްކަމުންދަނީ 165 އިންޑިއާ ރުޕީސްއަށެވެ.

ވިޔަފާރީ ކުރާ މީހުންނާއި ފަންނީ ތަޖުރިބާކާރުން ލަފާ ކުރަނީ ގޮތުގައި ފިޔާގެ އަގު އަންނަ އަހަރުގެ ޖެނުއަރީ މަހާއި ހަމައަށް ބޮޑުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް