އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ވިޔަފާރި - މަސްވެރިޔާ ކާޑު

ބީއެމްއެލްގެ މަސްވެރިޔާ ކާޑު ބޭނުންކޮށްގެން އެއްލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް

  • ޕްރޮމޯޝަން ކުރިޔަށް ދާނީ 10 މާރިޗު 2020 ގެ ނިޔަލަށް
  • މަސްވެރިޔާ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތައް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާނެ
  • މަސްވެރިންގެ އެކްސްޕޯގައިވާ ބީއެމްއެލްގެ ސްޓޯލުން މަސްވެރިޔާ ކާޑާ ގުޅޭ މައުލޫމާތު ލިބޭނެ

ސިމާހާ ނަސީމް
sim_kamana

ކ. މާލެ 7 ޑިސެންބަރު 2019 | ހޮނިހިރު 08:17 1,901

މަސްވެރިޔާ ކާޑު - ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރު ތަޢާރަފު ކުރި މަސްވެރިޔާ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކަށް ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިޔަށް ގެންދާ ޚާއްޞަ ޙަރަކާތްތަކުގެ ތެރެއިން ފެށި މިޕްރޮމޯޝަނުގައި މަސްވެރިޔާ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތައް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

މަސްވެރިޔާ ކާޑަކީ މަސްއޮޑިތަކުގެ ކެޔޮޅުންނާއި، ފަޅުވެރިންނަށް ފައިސާ ލިބިގަތުމަށާއި ކުރަންޖެހޭ ޚަރަދުތައްކުރުމަށް ބޭނުން ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ކާޑެކެވެ. މަސްދޯނިތަކަށް ބޭނުންވާ ތެލާއި، އައިސް ގަތުމުގެ އިތުރުން ފަޅުވެރިންނަށް ލިބެންޖެހޭ ފައިސާ ވެސް އެ ފަޅުވެރިންގެ މަސްވެރިޔާ ކާޑަށް ފޮނުވާލެވޭނެއެވެ. މި ކާޑު ޕީއޯއެސް، އޭޓީއެމް އަދި ކޭޝް އެޖެންޓް ޚިދުމަތް ހޯދުމަށްވެސް ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން އޮންލައިން ވިޔާފާރިކުރުމަށާއި ރާއްޖެއިން ބޭރުގައިވެސް މިކާޑު ބޭނުން ކުރެވޭނެއެވެ.

ހުޅުމާލޭ ހުރަވީ ސްކޫލުގައި ކުރިޔަށްދާ މަސްވެރިންގެ އެކްސްޕޯގައިވާ ބީއެމްއެލްގެ ސްޓޯލުން މަސްވެރިޔާ ކާޑާ ގުޅޭ މަޢުލޫމާތު ލިބޭނެއެވެ. އަދި މި ކާޑަށް އެދި ހުށަހަޅާ ފޯމުވެސް ބަލައިގަންނާނެ ކަމަށް ބީއެމްއެލުން މަޢުލޫމާތުދެއެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ 10 މާރިޗު 2020 ގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް