ކ. މާލެ
|
6 ޑިސެންބަރ 2019 | ހުކުރު 23:34
އެމްޑީޕީގެ ފަރާތުން އައިޑީޔޫ އެވޯޑް އާއި ހަވާލުވުން
އެމްޑީޕީގެ ފަރާތުން އައިޑީޔޫ އެވޯޑް އާއި ހަވާލުވުން
ޓްވިޓަރ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
ޑިމޮކްރަސީއަށް ކުރާ މަސައްކަތް ފާހަގަކޮށް އެމްޑީޕީއަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިއްޖެ
 
އެވޯޑް ދިން ކަަމަށްޓަކައި އެމްޑީޕީން ވަނީ އައިޑީޔޫއަށް ޝުކުރުއަދާކޮށްފައި
 
މިއީ މި އެވޯޑް ދިން ފުރަތަމަ ފަހަރު
 
އެވޯޑާއި ހަވާލު ވެވަޑައިގެންފައިވަނީ އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން ޑިމޮކްރަސީއަށް ކުރާ މަސައްކަތް ފާހަގަކޮށް އެޕާޓީއަށް ބައިނަލްއަޤްވާމީ އެވޯޑެއް ދީފިއެވެ.

ހުކުރު ދުވަހުގެރޭ އެމްޑީޕީން ކޮށްފައިވާ ޓްވީޓްގައި ވަނީ އެޕާޓީން ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށް ކުރާ މަސައްކަތް ފާހަގަކޮށް އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން (އައިޑީޔޫ) އިން ބުޝް ތެޗަރ ފްރީޑޮމް އެވޯޑް ދީފައިވާ ކަމަށެވެ.

އަދި މިއީ މި އެވޯޑް ދިން ފުރަތަމަ ފަހަރު ކަމަށާއި އެވޯޑް ދިން ކަަމަށްޓަކައި އައިޑީޔޫއަށް ޝުކުރު އަދާކުރާ ކަމަށް ޓްވީޓްގައި ވެއެވެ.

އެމެރިކާގެ ވޮޝިންޓަންގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެވޯޑާއި ހަވާލު ވެވަޑައިގެންފައިވަނީ އެޕާޓީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.

މި ރަސްމިއްޔާތުގައި އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފާއި ރާއްޖެއަށް އދ. އަށާއި އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސައިން އަދި ސާބެ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެމްޑީޕީ އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. އެގޮތުން ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީގެގޮތުގައި އެމްޑީޕީ ރަޖިސްޓްރީކުރެވުނީ 23 ޖޫން 2005 ގައެވެ. އަދި މިއީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީވެސް މެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް