ކ. މާލެ
|
6 ޑިސެންބަރ 2019 | ހުކުރު 22:27
ނައިބު ރައީސް ކެއަރ ހޮސްޕިޓަލްސް ގްރޫޕުގެ އިސްވެރިންނާއި ބައްދަލުކުރެއްވުން
ނައިބު ރައީސް ކެއަރ ހޮސްޕިޓަލްސް ގްރޫޕުގެ އިސްވެރިންނާއި ބައްދަލުކުރެއްވުން
ރައީސް އޮފީސް
ނައިބު ރައީސް
ކެއަރ ހޮސްޕިޓަލްސް ގްރޫޕުގެ އިސްވެރިންނާއި ނައިބު ރައީސް ބަދަލުކުރައްވައިފި
 
މި ބައްދަލުވުމުގައި ކެއާރ ހޮސްޕިޓަލްސް ގްރޫޕްގެ ފަރާތުން ވަނީ ރާއްޖޭގައި ޓަރޝިއަރީ ހޮސްޕިޓަލް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައި

އިންޑިޔާގެ ކެއަރ ހޮސްޕިޓަލްސް ގްރޫޕުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހާރު އިންޑިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުކުރު ދުވަހުގެ މެންދުރުފަހު ކެއަރ ހޮސްޕިޓަލްގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ކެއަރ ހޮސްޕިޓަލް ގްރޫޕުގެ ސީއީއޯ، ޑރ. ރަޖީވް ސިންގަލާއި ކޮލިޓީ ކެއަރ އިންޑިޔާގެ ޖެނެރަލް މެނޭޖަރ އިންޓަރނޭޝަނަލް މާކެޓިންގ، ރަޖީވް ބަލްގެ އިތުރުން ރާއްޖޭގެ ހެލްތު މިނިސްޓަރ، އަބްދުالله އަމީނާއި ދިވެހިރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު އައިޝަތު މުޙައްމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ. މިބައްދަލުވުމުގައި ރާއްޖޭގެ ޞިއްޙީ ނިޒާމު އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

އަދި ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީ ކުރުމުގައި ކެއަރ ހޮސްޕިޓަލްސް ގްރޫޕުގެ ފަރާތުން ރާއްޖެއަށް އެހީތެރިވެދެވިދާނެ ދާއިރާތަކާއިމެދުގައި ވެސް މަޝްވަރާ ކުރުމުގެ އިތުރުން ބައްދަލުވުމުގައި ކެއަރ ހޮސްޕިޓަލްސް ގްރޫޕުގެ ފަރާތުން ވަނީ ދިވެހި ސަރުކާރުން ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޤާއިމްކުރާ ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީ ކުރުމުގެ މަސައްކަތުގައި އެހީތެރިވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

އިންޑިޔާގެ ކެއަރ ހޮސްޕިޓަލްސް ގްރޫޕުން އޭޝިޔާއާއި އެފްރިކާ ބައްރުގައި މަލްޓިސްޕެޝަލިޓީ ޞިއްޚީ ފަރުވާދޭ 26 ހޮސްޕިޓަލާއި 18 ކްލިނިކްގެ އިތުރުން 40 ޑައިގްނޯސްޓިކް ސެންޓަރ ހިންގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ