ކ. މާލެ
|
6 ޑިސެންބަރ 2019 | ހުކުރު 22:22
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖުޑީޝަލް ސަރވިސް ކޮމިޝަން
މުހައްމަދު ޝަރުހާން
ޖޭއެސްސީ
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން އައްޔަނުކޮށްފި
 
ދެ ކޯޓަކަށް އިސް މެޖިސްޓްރޭޓުން އައްޔަނު ކޮށްފައިވޭ
 
ސިވިލް ކޯޓަށްވެސް 4 ފަނޑިޔާރުން އައްޔަނު ކުރުމަށް ނިންމަވާފައިވޭ
 
ކްރިމިނަލް ކޯޓަށް އަލްއުސްތާޛު އާދަމް މުހައްމަދު އައްޔަނު ކުރުމަށް ނިންމެވި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން އައްޔަނު ކޮށްފިއެވެ.

ހުކުރު ދުވަހު އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން އައްޔަނު ކުރުމަށް ނޮވެމްބަރު މަހު ކުރި އިއުލާނާއި ގުޅިގެން 39 ފަރާތަކުން ކުރިމަތިލެއްވި ކަމަށާއި، އޭގެ ތެރެއިން ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު ކްރިމިނަލް ކޯޓަށް ޅ ކުރެންދޫ މާތިލަ އަލްއުސްތާޛު އާދަމް މުހައްމަދު އައްޔަނު ކުރުމަށް ނިންމަވާފައިވާ ކަަމަށެވެ.

އޭގެ އިތުރުން ސިވިލް ކޯޓަށްވެސް 4 ފަނޑިޔާރުން އައްޔަނު ކުރުމަށް ނިންމަވާފައިވާއިރު، އޭގެ ތެރޭގައި ހިމެެނެނީ ދ ކުޑަހުވަދޫ ވައިލެޓްގޭ އަލްއުސްތާޛާ ރިޒްމީނާއާއި، ތ ވިލުފުށި ބަޝާރާ އަލްއުސްތާޛު އަޙުމަދު އަބްދުލް މަތީންއާއި، ސ ހިތަދޫ ހަސަންކާރީ އަލްއުސްތާޛު ފައްޔާޟު ޝާތިރުގެ އިތުރުން މއ ޕެންޒީވިލާ އަލްއުސްތާޛާ އައިޝަތު އަޒްފާ އަބްދުލްޢަފޫރެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މި ބައްދަލުވުމުގައި ވަނީ މެޖިސްޓްރޭޓުން އައްޔަނުކުރުމަށް ކުރެވުނު އިއުލާނުގެ ދަށުން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ކޯޓުތަކަށް މެޖިސްޓްރޭޓުންވެސް އައްޔަނުކޮށްފައެވެ.

އެގޮތުން ތ ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަަމަށް ތ ކިނބިދޫ ނަސްރުއްސަބާ އަލްއުސްތާޛު އަބްދުﷲ ހުސައިން އައްޔަނު ކުރުމަށާއި، ކ ގުރައިދޫގެ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަަމަށް ލ މާވަށު ނަލަމަލަ އަލްއުސްތާޛު ފަތުހުﷲ ޖަމީލް މޫސާ އައްޔަނު ކުރުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް