ކ. މާލެ
|
6 ޑިސެންބަރ 2019 | ހުކުރު 20:14
އާދަމް އާއި މުހައްމަދުގެ ޕެއާ ކުޅުނު މެޗުގެ ތެރެއިން
އާދަމް އާއި މުހައްމަދުގެ ޕެއާ ކުޅުނު މެޗުގެ ތެރެއިން
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ސައުތް އޭޝިއަން ގޭމްސް
ދެވަނަ މެޗު ކާމިޔާބުކޮށް އާދަމް އާއި މުހައްމަދުގެ ޕެއާ ކުއާޓާ ފައިނަލަށް ދިއުމުގެ އުންމީދުގައި!
 
މި މެޗު އާދަމް އާއި މުހައްމަދުގެ ޕެއާ އިން ކާމިޔާބުކުރީ ސީދާ ދެ ސެޓުން

ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އާދަމް ނަސީމް އާއި މުހައްމަދު އަލީގެ ޕެއާ ޕާކިސްތާނުގެ ރައްޒާގު މުހައްމަދު އާއި ވަސީމް މުހައްމަދުގެ ޕެއާ ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއުމުގެ އުންމީދު އާ ކޮށްފިއެވެ.

ރާއްޖޭގެ ޕެއާ ކުޅުނު ދެވަނަ މެޗު ކާމިޔާބު ކޮށްފައިވަނީ ސީދާ ދެ ސެޓުން ޕާކިސްތާނުގެ ޕެއާ ބަލިކޮށްގެނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ސެޓު އާދަމް އާއި މުހައްމަދުގެ ޕެއާއިން ކާމިޔާބުކުރީ 21-19 އިންނެވެ. ފުރަތަމަ ސެޓްގެ 10 ޕޮއިންޓާއި ހަމައަށް ދިޔައިރު ރާއްޖެއިން ދިޔައީ ލީޑު ކުރަމުންނެވެ. މި ސެޓުގައި ޕާކިސްތާނުގެ ރަޒާގް އާއި ވަސީމްގެ ޕެއާ އަށް ލިބުނު ގިނަ ބޯޅަ ތަކެއް ވަނީ ބޭރު ކޮށްލައިފައެވެ. މެޗުގެ ފުރަތަމަ ސެޓުގައި އާދަމް އަދި މުހައްމަދުގެ ފަރާތުން ރަނގަޅު ކޮމްބިނޭޝަން އެއް ވަނީ ފެނިގެން ގޮސްފައެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީ ކޮޅު ޕާކިސްތާނުން ލީޑު ކުރަމުން ގެންދިޔައިރު މެޗުގެ ދެވަނަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން އެންމެ އެދެވޭ ކުޅުން ފެނިގެން -ގޮސްފައެއް ނުވެއެވެ. ނަމަވެސް މެޗުގެ ވަކި ހިސާބަކުން ރާއްޖޭގެ ކުޅުންތެރިން ކުޅުން ރަނގަޅުކޮށް ޕާކިސްތާނު ކުޅުންތެރިންނާއި އަރާ ހަމަކުރިއެވެ. އެއީ 9 ޕޮއިންޓު 9 ޕޮއިންޓުންނެވެ. އަދި މި ސެޓު ރާއްޖެއިން ނިންމާލީ 21 ޕޮއިންޓް 17 ޕޮއިންޓުން ކުރި ހޯދައިގެންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރާއްޖޭގެ ޕެއާ އިން ބުނީ މި މެޗަށް ނުކުތީ އިއްޔެ މެޗުން ހެދުނު އަމިއްލަ މިސްޓޭކްތައް ރަނގަޅުކޮށްގެން ކަމަށާއި އިދިކޮޅު ޓީމަށް ނުބަލައި މެޗު ކާމިޔާބު ކުރަން ވިސްނި ކަމަށެވެ.

ބުރާސްފަތި ދުވަހު ކުޅުނު މެޗުން ރާއްޖޭގެ އާދަމް އާއި މުހައްމަދު ބަލިވީ ބަންގާޅުގެ ހުސެއިން މުހައްމަދު މުނީރު އާއި އަލީ މުހައްމަދު ޝާހްޖަހަންގެ ޕެއާ އާއި ވާދަކޮށް ދެ ސެޓު އެއް ސެޓުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް