ކ. މާލެ
|
6 ޑިސެންބަރ 2019 | ހުކުރު 19:18
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ފިޝަރީޒް އެކްސްޕޯ ބައްލަވާލައްވަނީ
ރާއްޖެއެމްވީ
ފިޝަރީޒް އެކްސްޕޯ 2019
ފިޝަރީޒް އެކްސްޕޯ 2019 ހުޅުވައިފި
 
އެކްސްޕޯ ހުޅުވާފައިވަނީ ހުޅުމާލެ ހުރަވީ ސްކޫލްގައި
 
އެކްސްޕޯ ކުރިއަށް ދަނީ 3 ދުވަހުގެ މުއްދަތަށް
 
މި އެކްސްޕޯގައި ޖުމްލަ 14 ފަރާތަކުން ވަނީ ބައިވެރިވެފައި

މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، ފިޝަރީޒް އެކްސްޕޯ 2019 ހުޅުމާލޭގައި ފަށައިފިއެވެ.

ހުކުރު ދުވަހު ހަވީރު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެކްސްޕޯ ހުޅުއްވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު އެވެ.

މި އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ މަހުގެ އުފެއްދުންތަކާއި މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކާއި ބައެއް އީޖާދީ އުފެއްދުންތަކުގެ އިތުރުން ކުންފުނިތަކުން މަސްވެރިކަމުގެ ދާއިރާގައި ދެމުންގެންދާ ބައެއް ޚިދުމަތްތައް ބައްލަވާލައްވައި އެކްސްޕޯގެ ބައިވެރިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ.

ފިޝަރީޒް އެކްސްޕޯ އާއި ގުޅޭ ގޮތުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވީ މި އެކްސްޕޯއަކީ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ހިންގާ ހަރަކާތެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި އެކްސްޕޯގެ މަގްސަދަކީ މަސްވެރިކަމުގައި ބޭނުންކުރާ ތަފާތު އާލާތްތަކާއި ވަސީލަތްތަކާއި އައު ޓެކްނޮލޮޖީތައް މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް އެއްފުރާޅެއްގެ ދަށުން ފެނިގެންދިއުން ކަމަށެވެ. އަދި ދިވެހި ކުންފުނިތަކުގެ އުފެއްދުންތައް އެންމެހާ ފަރާތްތަކަށް ހާމަކޮށްދިނުން ކަމަށެވެ.

މިއީ މަސްވެރިކަމުގެ ސިނާއަތުގައި ވަރަށް މުހިއްމު ހަރަކާތެއް ކަމަށާއި އަމާޒަކީ ކުރިމަގުގައި މި އެކްސްޕޯ މިއަށްވުރެ ފުޅާކޮށް ސިނާޢަތަށް ބޭނުންވާ ތަފާތު ކަންތައްތައް އެއް ފުރާޅެއްގެ ދަށުން މިއަށްވުރެ ފުރިހަމަކޮށް ގެންދިއުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަހުގެ 6 އިން 8 ގެ ނިޔަލަށް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެކްސްޕޯގައި ޖުމްލަ 14 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

އެންސިސް އިން ސްޕޮންސަރ ކޮށްގެން ކުރިއަށް ގެންދާ މި އެކްސްޕޯގައި އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ބޭރުގެ ކުންފުންޏަކުން ވެސް ވަނީ ބައިވެރިވެފައެވެ. މިއީ މި އެކްސްޕޯ ރާއްޖޭގައި ބާއްވާ ތިންވަން ފަހަރެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
އިނގިރޭސި ލީގު ބަލަން ވަން މީހުންގެ 28 ޕަސެންޓަކީ އަންހެނުން