ކ. މާލެ
|
6 ޑިސެންބަރ 2019 | ހުކުރު 20:15
ރާއްޖެއަށް ކުރަމުންދާ ވިއްސާރަ
ރާއްޖެއަށް ކުރަމުންދާ ވިއްސާރަ
ޝުއައިބް މުހައްމަދު އިގްބާލް
މޫސުން
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސް: މެޓް އޮފީސް
 
ހުކުރު ދުވަހު ވަނީ 4 ސަރަހައްދަކަށް ވައިޓް އެލާރޓް ނެރެފައި
 
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި
 
ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ

ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުކުރު ދުވަހުގެ ހެނދުނު 10:00 އިން ހޮނިހިރު ދުވަހުގެ 10:00 އަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށާއި އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކޮށްފައެވެ.

އިރާއި އިރުދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

މީގެއިތުރުން ހުކުރު ދުވަހު މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭވެހުމާއެކު ވައިގަދަވާނެކަމަށް ލަފާކޮށް، ވައިޓް އެލާރޓް ހއ. އަތޮޅުން ކ.އަތޮޅަށް އަދި ގއ. އަތޮޅުން އައްޑޫސިޓީއަށް ނެރެފައެވެ.

ވިއްސާރައާއި ގުޅިގެން އެމްއެންޑީއެފުން ވަނީ ޅ.ނައިފަރަށް ބޯކޮށް ވާރޭވެހި އެ ރަށުގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ފެންހިއްކުމަށް ހަރަކާތްތެރިވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ގޭގެއަށް ފެންވަދެ ހިފާ ގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުންވެފައެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށާއި އެހެން ހިސާބުތަކުގެ ބޯކޮށް ވާރޭވެހި ވައި ގަދަ ވާނެ ކަމަށް ލަފާކުރެވޭތީވެ، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް