ކ. މާލެ
|
5 ޑިސެންބަރ 2019 | ބުރާސްފަތި 20:37
ބޫޓާން އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން
ބޫޓާން އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ސައުތު އޭޝިއަން ގޭމްސް
ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު، ބޫޓާނުން ރާއްޖެ ބަލިކޮށްފި
 
މިއީ ރާއްޖޭގެ 20 އަހަރުން މަތީގެ ޓީމެއް ބޫޓާން އަތުން ބަލިވި ފުރަތަމަ ފަހަރު
 
މި މެޗުން ރާއްޖެ ބަލިވީ 2-1 ގެ ނަތީޖާ އަކުން

ނޭޕާލުގައި މިހާރު ކުރިޔަށްދާ ސައުތް އޭޝިއަން ގޭމްސްގައި ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު، ބޫޓާނުން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފިއެވެ.

ދަޝްރާތު ސްޓޭޑިއަމްގައި ބުރާސްފަތި ދުވަހު މެންދުރުފަހު ކުޅުނު މެޗުން ރާއްޖޭގެ 23 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމު ބަލިވީ 2-1 ގެ ނަތީޖާ އަކުންނެވެ.

ދެޓީމުގެ ފަރާތުންވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ޓީމުން ކުރިޔަށްޖެހި އެޓޭކްކުރަން މަސައްކަތްކުރި ނަމަވެސް ބޫޓާނުން ވަނީ ރާއްޖޭގެ އެޓޭކްތައް ހުއްޓުވައިފައެވެ. އަދި ބޫޓާނުން ދިޔައީ އެޓީމުގެ ހަލުވި ފޯވާޑުންގެ ބޭނުން ހިފައި ކައުންޓާ އެޓޭކްގައި ރާއްޖޭގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ބޫޓާނުން ބޫޓާނުން ރަނގަޅަށް ކުޅުނުއިރު އެޓީމުން ވަނީ ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޝިމީ ޑޯޖީ އެވެ. މިއީ ބޫޓާނަށް ލިބުނު ކޯނަރުގެ ބޭނުން ހިފައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގައި ބޫޓާނުން ޖެހި ދެވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މި މެޗުގައި މޮޅުކުޅުމެއް ދެއްކި ޕުބީ ތީންލީ އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ރާއްޖޭގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ބޭނުން ހިފައިގެންނެވެ.

މި މެޗުގައި ރާއްޖެއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

މި މެޗުން ބަލިވުމާއި އެކު މުބާރާތުގައި ކުރިޔަށް ދިޔުމުގެ އަމިއްލަ ބާރު ރާއްޖެއަށް ގެއްލުނު އިރު، ރާއްޖެ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ވަނީ ދިވެހިންގެ ކިބައިން މާފަށް އެދިފައެވެ.

މިއީ ރާއްޖޭގެ 20 އަހަރުން މަތީގެ ޓީމެއް ބޫޓާން އަތުން ބަލިވި ފުރަތަމަ ފަހަރެވެ.

މި މުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމަށް މާކަ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، މި މުބާރާތުގައި ރާއްޖެ ވަނީ ލަންކާ އަދި ބަންގާޅު އާއި އެއްވަރުވެފައެވެ. މި މުބާރާތުގައި ހޮނިހިރު ދުވަހު ރާއްޖެއިން ނިކުންނާނީ މުބާރާތް ބާއްވާ ގައުމު ނޭޕާލާއި ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މެންދުރު 12:15 ގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
50%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް