ކ. މާލެ
|
5 ޑިސެންބަރ 2019 | ބުރާސްފަތި 19:58
ރަފާ ކުއާޓާ ފައިނަލްގެ ތެރެއިން
ރަފާ ކުއާޓާ ފައިނަލްގެ ތެރެއިން
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ސައުތް އޭޝިއަން ގޭމްސް
ބަލިވި ނަމަވެސް ދީމާ އަދި ރަފާގެ ހިތްވަރަށް ސާބަސް!
 
ލަންކާގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ އަތުން ރަފާ ބަލިވީ 4 ސެޓު 3 ސެޓުން
 
ވަރުގަދަ އިންޑިއާގެ އަހީކާ އަތުން ދީމާ ބަލިވީ ސީދާ ހަތަރު ސެޓުން

ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ސިންގަލްގެ ކުއާޓަރ ފައިނަލުން ދީމާ އަދި ރަފާ ބަލިވެ މުބާރާތުން ކަޓައިފިއެވެ.

ބުރާސްފަތި ދުވަހު މެންދުރުފަހު ނޭޕާލުގެ ނެޝެނަލް ޓޭބަލް ޓެނިސް ހޯލުގައި ކުޅުނު ކުއާޓަރ ފައިނަލުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވާދަކުރީ ސަރަހައްދުގެ ގަދަ ބާރު އިންޑިއާގެ އަހީކާ މުކަރުޖީ އާއެވެ. މި މެޗު އަހީކާ ކާމިޔާބުކުރީ ސީދާ ހަތަރު ސެޓުންނެވެ.

މެޗުގެ ސެޓުތައް އަހީކާ ގެންދިޔައީ 6-11، 3-11، 6-11 އަދި 3-11 އިންނެވެ. މި މެޗުގެ ފުރަތަމަ ސެޓު އަދި ތިންވަނަ ސެޓުގައި ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ ދީމާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާ އާއި ދެކޮޅަށް ނިކުތް އަހީކާ އަކީ ދުނިޔޭގެ ފެންވަރުގެ މުބާރާތް ތަކުގައި ވާދަކުރާ ކުޅުންތެރިއެކެވެ.

ރާއްޖޭގެ އައިޝަތު ރަފާ ނާޒިމާއި ދެކޮޅަށް ކުއާޓަރ ފައިނަލުގައި ނުކުތީ ސްރީލަންކާގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާ އިޝާރާ މަދުރަންގީ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު އިޝާރާ ކާމިޔާބުކުރީ 4 ސެޓު 3 ސެޓުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު ރަފާގެ މައްޗަށް އިޝާރާ ކުރި ހޯދީ 14-16 އިންނެވެ. ނަމަވެސް މެޗުގެ ދެވަނަ ސެޓުގައި ރަފާ ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް 12-10 އިން ސެޓު ކާމިޔާބު ކޮށްފައެވެ. މެޗުގެ ތިން ވަނަ ސެޓުގައި ރަފާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު އިޝާރާ ކާމިޔާބުކުރީ 4-11 އިންނެވެ. ނަމަވެސް ޖެހިގެން އައި ސެޓު ރަފާ ވަނީ 14-12 އިން ކާމިޔާބު ކޮށްފައެވެ. މެޗުގެ ފަސްވަނަ ސެޓު އިޝާރާ ފަސޭހަ ކަމާއި އެކު 4-11 އިން ކާމިޔާބުކުރި އިރު، ރަފާ ވަނީ މެޗުގެ ހަވަނަ ސެޓު 11-8 އިން ކާމިޔާބު ކޮށްފައެވެ. މި މެޗުގެ ފަހު ސެޓު އިޝާރާ ކާމިޔާބުކުރީ 8-11 އިންނެވެ.

އަންހެން ޓީމް އިވެންޓުން ރަން މެޑަލް ހޯދި އިންޑިއާ އަދި ރިހި މެޑަލް ހޯދި ލަންކާ ކުޅުންތެރިންނާއި ދެކޮޅަށް ދީމާ އަދި ރަފާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ.

މި ނަތީޖާ އާއި އެކު ރާއްޖޭގެ ޓޭބަލް ޓެނިސް ޓީމަށް މިވަނީ މި މުބާރާތް ނިމިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް
5 ޑިސެންބަރ 2019 | ބުރާސްފަތި 22:00
އެދުރު ހަސަން
މެޗަކުން ބަލިވީމަ ހިތްވަރު އެގެނީ މެޗު ބަލަން ތިބޭ ވަގުތު ބަލަން ތުބިބަޔަކައް. މެޗުން ބަލިވީކަމައް ތާރީހުގެ ތެރެ އައް ދިޔައީ.