ކ. މާލެ
|
5 ޑިސެންބަރ 2019 | ބުރާސްފަތި 15:00
ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ޖާބިރު
 
ޖާބިރު ވިދާޅުވީ ބަޖެޓްގައި ކާށިދޫ ދާއިރާއަށް ޖާބިރު ބޭނުންވެ ވަޑައިގަންނަވާ ކަންކަން ހިމަނާފައި ނުވާކަމަށް
 
ބަޖެޓްގެ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުންވެސް ޖާބިރު ވަނީ ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެފައި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ވޯޓު ދެއްވައިފި އެވެ.

37.8 ބިލިއަން ރުފިޔާގެ ރެކޯޑް ބަޖެޓް ފާސްކުރަން ފެންނަކަމަށް 77 މެމްބަރުން ވަނީ ވޯޓުދެއްވާފަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރި ބަޖެޓް ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުންވެސް ޖާބިރު ވަނީ ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ޖާބިރު ވިދާޅުވީ ބަޖެޓްގައި ކާށިދޫ ދާއިރާއަށް ޖާބިރު ބޭނުންވެ ވަޑައިގަންނަވާ ކަންކަން ހިމަނާފައި ނުވާކަމަށެވެ. އެގޮތުން އެއަރޕޯޓެއް ހިމަނާފައިނުވާކަމަށް ޖާބިރު ވިދާޅުވި އެވެ.

އަޅުގަނޑު ހަމަގައިމުވެސް މިބަޖެޓަކަށް ވޯޓެއް ނުދޭނަން. މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށްވެސް އާދޭހާއެކު މިދަންނަވަނީ ދެކޮޅު ނުޖެހޭ ބަޖެޓަކަށް ވޯޓު ނުދެއްވައްޗޭ. މިބަޖެޓް ކަމަކުނުދޭ. އެއްގޮތަކަށްވެސް ކަމަކު ނުދޭ. އަޅުގަނޑު އިންޓަރނޭޝަނަލް ބޮޑެތި އޮޑިޓް ފާމުތަކުންވެސް ބަލާލައިފިން. އެއްގޮތަކަށްވެސް ކަމަކު ނުދޭ. ކަމުނުދާ ސަބަބަކީ ބަޖެޓުން ހާސިލްކުރަން ބޭނުންވާ އެއްވެސް ކަމެއް ނެތް. މިދިޔަ ފަހަރު ބަޖެޓަށް ވީގޮތެއް ނުވެއް ބުނެދެވުނު.
ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު

މިރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއްވެފައިވަނީ އެމެމްބަރުގެ ކުންފުންޏަށް ކަމަށް ވިދާޅުވެ ޖާބިރު ވިދާޅުވީ ބަދަލުގެ ގޮތުގެ އެއްވެސް ލާރި އެއް އެމަނިކުފާނަށް ސަރުކާރުން ދީފައިނުވާ ކަމަށެވެ. ޖާބިރު ވިދާޅުވީ ބޮޑެތި އާބާދީތަކަށް މީހުން ބަދަލުކުރަންޖެހޭ ކަމަށާއި މިގޮތަށް ކަންތައް ދާނަމަ ރާއްޖެ ބޭންކްރަޕްޓް ވާނެ ކަމަށެވެ. ޖާބިރު ވިދާޅުވީ މަބަޖެޓްގައި އޮޕަރޭޓިންގ ކޮސްޓް މާބޮޑުކަމަށެވެ.

މި ބަޖެޓަކީ ރާއްޖޭގެ ހަލާކަށް ހަދާފައިވާ ބަޖެޓެއް. 37 ބިލިއަން ރުފިޔާ ބަޖެޓްގައި އޮތްއިރު އޭގެތެރެއިން 28 ބިލިއަން އެއީ ރިކަރެކްޓް ކޮސްޓް. އޯކޭ އެމްޑީޕީއަށް ވޯޓު ލިބެނީ މަނިކުފާނުވެސް ވިސްނަވާއިރުގައި ހުރިހާ އެންމެންނަށް ވަޒީފާ ދިން ކަމަށް ވަންޏާ އެކަން ކުރަންވީ. އިއްޒަތްތެރި ރައީސް. ދިވެހިރާއްޖެ މިއޮތީ އަލުން ރިވައިސް ކުރަންޖެހިފައި. ރާއްޖޭގެ ކޮންމެ ރަށެއްގައި ހޮސްޕިޓަލް ހުންނާކަށް ނުޖެހޭނެ. ފްލޯޓިން ހޮސްޕިޓަލް ގެންނަންޖެހޭ.
ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު

ޖާބިރުވަނީ މިބަޖެޓް ފާސްކޮށްގެން ބަޖެޓް ތަންފީޒު ކުރަން ދަންނަވަރުގެ އިކޮނޮމިސްޓެއް ސަރުކާރު ތެރޭގައި އެބަހުރިތޯ ސުވާލުކުރައްވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
50%
0%
0%
0%
50%
0%
ކޮމެންޓް