ކ. މާލެ
|
5 ޑިސެންބަރ 2019 | ބުރާސްފަތި 09:09
ރަށެއް
ރަށެއް
ގޫގުލް
ވަރުވާ ދެއްކުމުގެ މުއްދަތު
ފަޅުރަށްރަށުގެ ވަރުވާ ދެއްކުމުގެ މުއްދަތު ހަމަވަނީ!
 
ޝަރީޒް މިނިސްޓްރީން ވަނީ އާންމުކޮށް އިއުލާނު ނުކޮށް ފަޅުރަށްތައް ކުއްޔަށް ދޫކުރުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެދުކަނޑާލާފައި
 
ރަށަށް ދައްކަންޖެހޭ ވަރުވާ ނުދައްކަވާ ފަރާތްތަކާމެދު، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭނެ
 
31 ޑިސެންބަރުގެ ކުރިން އެ ފައިސާ ދެއްކުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކޮށްފައިވޭ

ފަޅުރަށްރަށުގެ 2020 ވަނަ އަހަރަށް ވަރުވާ ދެއްކުމުގެ މުއްދަތު ޑިސެންބަރު މަހުގެ ނިޔަލަށް ހަމަވާތީ 31 ޑިސެންބަރުގެ ކުރިން އެ ފައިސާ ދެއްކުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ފަޅުރަށްރަށުގެ ވަރުވާ ދައްކަންވާނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ކަމަށާއި ވަރުވާ ދައްކަން އަންނައިރު ރަށް ލިޔެދީފައިވާ ފަރާތުގެ އައިޑީ ކާޑު ނުވަތަ އައިޑީ ކާޑުގެ ކޮޕީ އެއް ގެނައުމަށް އެދޭ ކަމަށެވެ. އަދި ފަޅުރަށްރަށުގެ ވަރުވާ އެރަށެއް ހިމެނޭ އަތޮޅެއްގެ އަތޮޅު ކައުންސިލުން ވެސް ބަލައިގަންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ފިޝަރީޒް މިނިސްޓްރީން އިތުރަށް ބުނީ 2020 ވަނަ އަހަރުގެ ވަރުވާ ދެއްކުމުގެ މުއްދަތު ހަމަވާއިރު ރަށަށް ދައްކަންޖެހޭ ވަރުވާ ނުދައްކަވާ ފަރާތްތަކާމެދު، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ ފަޅުރަށްތައް ކުއްޔަށް ދޫކުރުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެދުކަނޑާލާފައެވެ. ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ، ރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގެ ދަށުން، އާންމުކޮށް އިއުލާނުކޮށް، ފަޅުރަށްތައް ކުއްޔަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އަދި ވަރުވާއަށް ފަޅުރަށްތައް ހޯދުމަށް ފޯމު ހުށަހަޅައި، މިހާތަނަށް އެގްރިމެންޓްނުކުރެވި ހުރި ރަށްތަކުގެ އެގްރިމެންޓް ކުރުމުގެ ކަންތައްވެސް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ، ވަރުވާ އަށް ފަޅުރަށްރަށް ހޯދުމަށް އެދި އެ މިނިސްޓްރީއަށް ފޯމު ހުށަހަޅައި، މިހާތަނަށް އެގްރިމެންޓް ނުކުރެވި ހުރި ރަށްތަކުގެ އެގްރިމެންޓް ކުރުމުގެ ކަންތައްވެސް މިވަގުތު، ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް