ކ. މާލެ
|
4 ޑިސެންބަރ 2019 | ބުދަ 18:47
ގޯލްޑް
ގޯލްޑް
ޓައިމްސް އޮފް އިންޑިއާ
ގޯލްޑް
އަކްޝޭގެ 'ގޯލްޑް' މި މަހުގެ 13 ގައި ޗައިނާގެ ސިނަމާތަކަށް!
 
ފިލްމަކީ ހަގީގީ ހާދިސާ އަކަށް ބިނާކޮށްގެން އުފައްދާފައިވާ ފިލްމެއް
 
ފިލްމް ރިލީޒްކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެއް މި ފިލްމަށް ލިބުނު
 
އިންޑިއާގައި މިދިޔަ އަހަރު ފިލްމް ރިލީޒްކޮށްފައިވަނީ އެ ޤައުމުގެ މިނިވަން ދުވަހު

އަކްޝޭ ކުމާރުގެ ފިލްމް "ގޯލްޑް" މި މަހުގެ 13 ވަނަ ދުވަހު ޗައިނާގައި ރިލީޒްކުރަން ހަމަޖެހިއްޖެއެވެ.

މިދިޔަ އަހަރު އިންޑިއާގައި މި ފިލްމް ރިލީޒްކޮށްފައިވަނީ އިންޑިއާގެ 72 ވަނަ މިނިވަން ދުވަސްކަމުގައިވާ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގައެވެ.

މި ފިލްމް ވެފައިވަނީ އަކްޝޭ ކުމާރު ކުޅުނު ފިލްމް ތަކުގެ ތެރެއިން ފިލްމް ރިލީޒްކުރި ދުވަހު އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމަށެވެ.

ފިލްމަކީ ހަގީގީ ހާދިސާ އަކަށް ބިނާކޮށްގެން އުފައްދާފައިވާ ފިލްމެކެވެ. ފިލްމުން ދައްކުވައިދޭނީ އިންޑިއާގެ ހޮކީ ޓީމަށް ފުރަތަމަ ރަން މެޑައްޔެއް ލިބިގެންދާތަނެވެ. 1948 ވަނަ އަހަރު ސަމާ އޮލިމްޕިކްސްގައި ހޮކީ ޓީމު ބައިވެރިވެ އެ ގައުމުގެ ކުޅުންތެރިން ރަން މެޑަލް ހޯދުމަށް ކުރި މަސައްކަތް ފިލްމުން ފެނިގެންދާނެއެވެ.

ރީމާ ގަގްތީ ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމުގެ ލީޑް ޕްރޮޑިއުސަރަކީ ފަރްހާން އަޚްތަރެވެ. މި ފިލްމުގެ އަންހެން ލީޑުން ފެނިފައިވަނީ މަޝްހޫރު ޓީވީ އެކްޓަރު މައުނީ ރޯއީއެވެ.

އަކްޝޭ ކުމާރުގެ ފިލްމް "ގޯލްޑް" ޗައިނާގައި ރިލީޒްކުރުމަށް ނިންމާފައިވާއިރު މި ފިލްމް ވަނީ ސައުދީ އަރަބިއާގައި ރިލީޒް ކުރި ފުރަތަމަ ބޮލީވުޑް ފިލްމަށް ވެގެން ގޮސްފައެވެ.

މި ފިލްމުން ފެނިގެންދަނީ އަކްޝޭ ކުމާރުގެ އިތުރުން މޮނީ ރޯއީ، އަމިތް ސާދް، ކުނާލް ކަޕޫރު އަދި ވިނީތް ކުމާރު ސިންގްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް