ކ. މާލެ
|
4 ޑިސެންބަރ 2019 | ބުދަ 18:17
ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް
ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް
ސިމާހާ ނަސީމް
މާފަރު އެއަރޕޯޓް
މާފަރު އެއަރޕޯޓްގައި ވަރަށް އަވަހަށް ސީޕްލޭންގެ ހިދުމަތްދޭން ފަށާނަން: ރިޒްވީ
 
އެއްކޮޅު ޓިކެޓެއްގެ އަގަކީ 750ރ.
 
އެއަރޕޯޓް މަޝްރޫއު ކުރިއަށް ގެންދިޔައީ އަބޫދާބީ ފަންޑުން ދިން 60 މިލިއަން ޑޮލަރުގެހިލޭ އެހީގެ ދަށުން
 
އެއަރޕޯޓް ހުޅުވާފައިވަނީ ޑިސެމްބަރު އެއްވަނަ ދުވަހު

ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަރަށް އަވަހަށް ސީޕްލޭންގެ ޚިދުމަތް ފެށިގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.

ނ. މާފަރު އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު ޑިސެމްބަރު އެއްވަނަ ދުވަހު ނޫސްވެރިންނަށް ދިން އިންޓަވިއުގައި ރިޒްވީ ވިދާޅުވީ ސީޕްލޭންގެ ހިދުމަތް ފެށުމަށްޓަކައި މިހާރު ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ. އަދި މީގެ އިތުރުން އެއަރޕޯޓުގައި ޓްރެއިނިންގ ފެސިލިޓީތަކެއް ޤާއިމުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ރިޒްވީ ވިދާޅުވިއެވެ. އެގޮތުން ޕައިލެޓް ޓްރެއިނިންގ ސުކޫލަކާއި އިންޖިނިއަރިންގ އެމްއާރްއޯ ފެސިލިޓީއެއް ޤާއިމުކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޒްވީ އިތުރަށް ވިދާޅުވީ އެއަރޕޯޓުގެ ދަތުރުތައް ފެށުމާއެކު ޕްރައިވެޓް ޖެޓުތައް ޖެއްސުމަށް ރިކުއެސްޓްތައް އައިސްފައިވާ ކަމަށާއި ޖެޓުތަކަށް ބޭނުންވާ ޚިދުމަތްތައް ޤާއިމު ކުރެވިފައިވާ ކަމަށެވެ.

ނ. މާފަރު އެއަރޕޯޓް ހުޅުވާ ޝެޑިއުލް ފްލައިޓުތައް ފަށާފައިވާއިރު މޯލްޑިވިއަން އިން މާލެއިން މާފަރަށް ދަތުރުތައް ކުރުމަށް ނިންމާފައިވަނީ ދުވާލަކު ތިން ފްލައިޓެވެ. އެހެންނަމަވެސް މިމަހުގެ މެދުތެރޭގައި މަދުވެގެން ދުވާލަކު 6 ފްލައިޓް އޮޕަރޭޓް ކުރާނެ ކަމަށް މޯލްޑިވިއަން އިން މައުލޫމާތުދެއެވެ.

މާފަރު އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއަށް ޖުމުލަ 60 މިލިއަން ޑޮލަރު ޚަރަދުވިއެވެ. މިއީ އަބޫދާބީ ހިލޭ އެހީގެ ދަށުން ހިންގި މަޝްޜޫޢެކެވެ. އެއަރޕޯޓު ތަރައްޤީކޮށްފައިވަނީ، އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ކަމަށްވާ އެއަރ ބަސް އޭ 320 އާއި، ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ