ކ. މާލެ
|
3 ޑިސެންބަރ 2019 | އަންގާރަ 19:25
އަންހެން ޓީޓީ ޓީމު
އަންހެން ޓީޓީ ޓީމު
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ސައުތް އޭޝިއަން ގޭމްސް
އަންހެން ޓީޓީ ޓީމު ލޯ މެޑަލް ހޯދައިފި
 
ލަންކާ އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުން

ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ޓީޓީ ޓީމު ލޯ މެޑަލް ހޯދައިފިއެވެ.

ސެމީ ފައިނަލުގައި ރާއްޖެއިން ވާދަކޮށްފައިވަނީ ސްރީލަންކާ އާއި ދެކޮޅަށެވެ.

ރާއްޖެ މައްޗަށް ލަންކާއިން ކުރި ހޯދީ ސީދާ ތިން ގޭމުންނެވެ.

ފުރަތަމަ ގޭމަށް ރާއްޖެއިން ނިކުތީ ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީއެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ލަންކާގެ އެރެންޑީ ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓުގައި ދީމާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު އެރެންޑީ ކާމިޔާބުކުރީ 11-4 އިންނެވެ. މެޗުގެ ދެވަނަ ސެޓުގައި ދީމާ މޮޅަށް ކުޅުނު ނަމަވެސް ފަހު ވަގުތު އެރަންޑީ ވަނީ ދީމާގެ މައްޗަށް ކުރި ހޯދައިފައެވެ. މި ސެޓު އެރެންޑީ ކާމިޔާބުކުރީ 12-10 އިންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ތިން ވަނަ ސެޓު ދީމާ ކާމިޔާބުކުރީ 12- 14 އިންނެވެ. މެޗުގެ ފަހު ސެޓު ލަންކާގެ އެރެންޑީ ކާމިޔާބުކުރީ 13-11 އިންނެވެ.

ދެވަނަ ގޭމުގައި އައިޝަތު ރަފާ ނާޒިމް ކުޅެން ނިކުތީ ލަންކާގެ އިޝާރާ އާއި ދެކޮޅަށެވެ. މި މެޗު އިޝާރާ ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު އިޝާރާ ކާމިޔާބުކުރީ 11-6 އިންނެވެ. ދެވަނަ ސެޓުގައި ރަފާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު މި ސެޓު ރަފާ ކާމިޔާބުކުރީ 10-12 އިންނެވެ. ނަމަވެސް މެޗުގެ ފަހު ދެ ސެޓުގައި ރަފާގެ ފަރާތުން ފެނިގެން ގޮސްފައިވަނީ އާދައިގެ ކުޅުމެކެވެ. މި ދެ ސެޓު އިޝާރާ ކާމިޔާބުކުރީ 11-3 އަދި 11-6 އިންނެވެ.

ފަހު ގޭމުގައި ރާއްޖޭގެ ލައިޝާ ފަތުހުﷲ ކުޅެން ނުކުތީ ލަންކާގެ ޕުސީލާ އާއި ދެކޮޅަށެވެ. މި މެޗު ޕުސީލާ ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު މޮޅު ކުޅުމަކާއި އެކު ލައިޝާ ކާމިޔާބުކުރި އިރު މި ސެޓު ލައިޝާ ކާމިޔާބުކުރީ 10-12 އިންނެވެ. ނަމަވެސް ލައިޝާގެ މައްޗަށް ޖެހިގެން އައި ތިން ސެޓުގައި ޕުސީލާ ވަނީ ކުރި ހޯދައިފައެވެ. މި ތިން ސެޓު ޕުސީލާ ކާމިޔާބުކުރީ 11-6، 11-8 އަދި 11-4 އިންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓީޓީ ކޯޗު އިބްރާހީމް ޝިއުރީ ބުނީ ދީމާގެ މެޗު ކާމިޔާބު ކުރަން ދެ ސެޓު ލިބުނު ކަމަށާއި ނަސީބު ކަން ދިމާވި ގޮތުން އެކަން އެހެން ނުވީ ކަމަށެވެ. މީގެ އިތުރުން ޝިއުރީ ބުނީ މިއީ ރާއްޖޭގެ ޓީޓީ އަށް އެންމެ ކާމިޔާބު އަހަރު ކަމަށެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރަފާ ބުނީ ސެމީގައި ލަންކާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ރަނގަޅު ވާދައެއް ކުރެވުނު ކަމަށާއި ކުރިޔަށް އޮތް ތަނުގައި މިއަށް ވުރެ ރަނގަޅު ކާމިޔާބީ އެއް ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ. ގައުމީ ޗެމްޕިއަން ދީމާ ބުނީ މި މުބާރާތުން ރަނަގަޅު މެޗް އެކްސްޕީރިއަންސެއް ލިބުނު ކަމަށާއި މެޗުތަކުގައި ރާއްޖޭގެ ކުޅުންތެރިން ރަނގަޅަށް ކުޅުނު ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި