ކ. މާލެ
|
3 ޑިސެންބަރ 2019 | އަންގާރަ 19:41
\"މަލިކާ\"ގެ މަންޒަރެއްގައި ނުޒޫ އާއި ޖުމައްޔިލް
"މަލިކާ"ގެ މަންޒަރެއްގައި ނުޒޫ އާއި ޖުމައްޔިލް
ފޭސްބުކް
އައި ފިލްމްސް
އިއްލެގެ ކުރިޔަށް އޮތް ފިލްމުގެ ލީޑަށް ނޫޒޫ އާއި ޖުމައްޔިލް!
 
އިއްލެގެ ކުރިޔަށް އޮތް ފިލްމުގެ ސްކްރިޕްޓް ވަނީ ނިމިފައި
 
އިއްލެ ބުނަނީ ފިލްމުގެ ނަން ހާމަކުރެވެން އަދި ނެތް ކަމަށް
 
އެ ދެ ފަންނާނުން ވަނީ އެކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައި

މިދިޔަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ސިނަމާތަކަށް ގެނައި "ބަވަތި"ގެ ކާމިޔާބީއަށް ފަހު އިލްޔާސް ވަހީދު (އިއްލެ) ކުރިޔަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ ފިލްމުގެ ލީޑަށް މަޝްހޫރު ދެތަރިން ކަމަށްވާ ނުޒުހަތު ޝުއައިބް އާއި ޖުމައްޔިލް ނިމާލް ހަމަޖައްސައިފިއެވެ.

ރާއްޖެ އެމްވީއަށް މަޢުލޫމާތު ދެމުން އިއްލެ ބުނީ، އެ ފިލްމުގައި ނުޒޫ އަދި ޖުމައްޔިލްގެ އިތުރުން މުޅިން އާ ފިރިހެން ފަންނާނެއް ކަމަށްވާ ޝަރަފް އަބްދުﷲގެ އެކްޓިން ވެސް ފެނިގެންދާނެ ކަމަށެވެ.

ފިލްމާއި ބެހޭ މާގިނަ ތަފުޞީލަތަކެއް އަދި ހާމަކޮށްފައި ނުވާއިރު ފިލްމަށް ކިޔާ ނަން ވެސް އަދި އޮތީ ސިއްރެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ޑިސެމްބަރު 15ގެ ފަހުން ފިލްމުގެ ނަން ހާމަކުރާނެ ކަމަށް އިއްލެ ބުންޏެވެ.

ނުޒޫ އާއި ޖުމައްޔިލް ކުރިން ވަނީ އެކުގައި މަސައްކަތްތަކެއް ކޮށްފައެވެ. ފިލްމު "މަލިކާ"ގެ ލީޑު ރޯލުން އެ ދެތަރިން ފެނިގެންދިޔަ އިރު "ވަކިން ލޯބިން" އަދި "ގޮށްރާޅު"ގެ އިތުރުން "މާމުއި" ގަވެސް އެ ދެތަރިން ވަނީ މަސައްކަތްކޮށްފައެވެ.

އައި ފިލްމްސްގެ ކުރިޔަށް އޮތް ފިލްމާއި ބެހޭ ގޮތުން އިއްލެ އިތުރަށް ބުނީ، ފިލްމުގެ ސްކްރިޕްޓް އެއްކޮށް ތައްޔާރުކޮށް ނިމިއްޖެ ކަމަށާއި މިހާރު ފިލްމުގެ ލަވަ ތަކުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

އިއްލެ ބުނީ މިހާރު ކުރިޔަށް ދަނީ ލީޑު ބަތަލާ އަށް މާޝަލް އާރޓްސް ތަމްރީން ކޮށްދިނުމުގެ މަސައްކަތް ކަމަށާއި އެ ޓްރެއިނިން ނަގައިދެނީ "ޝިން އެޓެމީ މޯލްޑިވްސް" އިން ކަމަށެވެ. ފިލްމުގެ ޝޫޓިން ވެސް އަވަސް މުސްތަގުބަލެއްގައި ފަށާނެ ކަމަށް އިއްލެ މައުލޫމާތު ދިނެވެ.

އިފްނާޒް އެސިސެންޓް ޑައިރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ އެ ފިލްމުގެ ޕްރޮޑިއުސަރުންނަކީ "ބަވަތި" ގެވެސް ޕްރޮޑިއުސަރުން ކަމަށްވާ އާސިމް އަލީ އާއި އަހުމަދު ވަހީދެވެ.

"ބަވަތި" އަކީ ބެލުންތެރިން ބަލައިގެން މޮޅު ފިލްމެއްކަން ފާހަގަކޮށްލެވެއެވެ. އިއްލެގެ ފުރަތަމަ ފީޗަރ ފިލްމަށް ގިނަ ބަޔަކު ތައުރީފު ކުރި އިރު ފިލްމުން ފެނުން ދެ ލީޑު ތަރިން ކަމަށްވާ ނުޒޫ އަދި އިފްނާޒުގެ އެކްޓިން އަށް ބެލުންތެރިން ސާބަސް ދިނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި