ކ. މާލެ
|
3 ޑިސެންބަރ 2019 | އަންގާރަ 11:10
ކުރީގެ ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމު
ކުރީގެ ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމު
ރައީސް އޮފީސް
ޕްރޮސެކިއުޓަރ ޖެނެރަލް
ޕީޖީގެ މަގާމަށް ޝަމީމު އައްޔަންކުރަން ކޮމެޓީން ފާސްކޮށްފި
 
ޤާނޫނުލްއުޤޫބާތަށް އެންމެ ފަރިތަ އެއް ބޭފުޅަކީ ޝަމީމު، ކަމާބެހޭ އިދާރާތުގެ ބޭފުޅުން އަހުލުވެރިކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގެވި
 
ޑެޕިއުޓީ ޕީޖީކަން ކުރެއްވި، އަދި ޕީޖީގެ މަގާމުގެ ޒިންމާ ވެސް މީގެކުރިން އަދާކުރެއްވި
 
ޝަމީމަކީ ޕީޖީ އޮފީސް އުފެއްދިއިރު އެ އޮފީހުގެ ދެވަނަ މުވައްޒަފު، ފުރަތަމަ މުވައްޒަފަކީ ކުރީގެ ޕީޖީ އަހުމަދު މުއިއްޒު

ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅު ކަމަށްވާ ހުސައިން ޝަމީމު، މަގާމަށް އައްޔަނުކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފާސްކޮފި އެވެ.

ޕީޖީގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސް އޮފީހުން ކުރެއްވި އިއުލާނާ ގުޅިގެން، ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތްތޯ ބެއްލެވުމަށް ފޮނުއްވީ ނަންފުޅަކީ ޝަމީމުގެ ނަންފުޅެވެ. ޝަމީމުގެ އިތުރުންވެސް އެމަގާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ނަންފުޅުތައް ރައީސް ސޯލިހު ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ. ނަމަވެސް ޕީޖީގެ މަޤާމަށް އައްޔަން ކުރެއްވުމަށް ރައީސް ސޯލިހު އިސްކަން ދެއްވާފައިވަނީ ޝަމީމު އަށެވެ.

ޝަމީމުގެ އިތުރުން ޕީޖީ ކަމަށް ދެން ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕީޖީންގެ ގޮތުގައި މަސައްކަތް ކުރެއްވި މަރިޔަމް ނިހާޔަތު އަދި ޤާނޫނީ ވަކީލު އަޙްމަދު ޒަނީނެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން އިންޓަވިއު ކުރައްވާފައިވަނީ ވެސް ޝަމީމުއާ އެކަންޏެވެ. ޖުޑީޝަރީ ކޮމެޓީން ވަނީ ހޯމަ ދުވަހުގެރޭ އެކޮމެޓީގެ ބައްދަލުވުމެއް ބާއްވައި، ޝަމީމުއާ އިންޓަވިއު ކުރެއްވުމަށްފަހު، ޕީޖީގެ މަޤާމަށް ޝަމީމު އައްޔަން ކުރަން ފެންނަކަމަށް ފާސްކޮށްފަ އެވެ. ކޮމެޓީގެ އެ ނިންމުން ދެން ފޮނުވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްޓަކައި މަޖިލީހުގެ ރައީސް އަށެވެ. އަދި މަޖިލީހުގެ ޖަލްސާގައި އެކަމަށް ވޯޓަށް އެހުމަށްފަހު، މަޖިލީހުގެ ނިންމުން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވޭނެ އެވެ.

ޝަމީމަކީ ޖިނާއީ އަދުލްގެ ނިޒާމުގެ ތެރޭގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ބޭފުޅެކެވެ. މިހާރު އަމަލުކުރަމުންދާ އާ ގާނޫނުއަސާސީގެ ދަށުން ޕީޖީގެ މަޤާމާއި އޮފީހެއް ކަނޑައެޅިގެން ދިޔައިރު، ޝަމީމަކީ ޕީޖީގެ މަގާމަށް އޭރު އައްޔަން ކުރެއްވި އަހުމަދު މުއިއްޒުއާއެކު މަސައްކަތްކުރެއްވި އެ އޮފީހުގެ ދެވަނަ މުވައްޒަފެވެ.

ޕީޖީގެ މަގާމުން މުއިއްޒު އިސްތިއުފާ ދެއްވުމާއި ގުޅިގެން، ޝަމީމު ވަނީ ޕީޖީގެ މަޤާމުގެ ޒިންމާ ދުވަސްތަކެއް ވަންދެން ފުރުއްވާފައެވެ. އޭރު ޝަމީމަކީ ޑެޕިއުޓީ ޕީޖީ އެވެ.

މީގެއިތުރުން ޝަމީމަކީ، މިހާރު އަމަލުކުރަމުންދާ ޤާނޫނުލްއުޤޫބާތަށް އެންމެ ފަރިތަ އެއް ގާނޫނީ ވަކީލެވެ. އޭނާ ވަނީ ގާނޫނުލްއުގޫބާތަށް ކަމާބެހޭ ފަރާތްތައް އަހުލުވެރިކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގަވާފަ އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އައިޝަތު ބިޝާމް މަޤާމުން އިސްތިޢުފާ ދެއްވާފައިވަނީ މިދިއަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

މަޤާމުން އިސްތިޢުފާ ދެއްވުމުގެކުރިން ބިޝާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މަޤާމުން ވަކިކުރަން، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފައްޓަވާފައިވާ އިޖުރާޢަތުތަކަކީ އިޚުލާސްތެރި ނިޔަތެއްގައި ކުރިއަށް ގެންދަވާ އަދި ޤާނޫނުއަސާސީގެ ނައްޞާއި ރޫޙާއެއްގޮތަށް ކުރިއަށް ގެންދަވާ އިޖުރާޢަތުތަކެއްކަމުގައި ޤަބޫލުނުކުރެއްވޭކަމަށެވެ.

ބިޝާމްގެ މައްޗަށް ދޮގު މައުލޫމާތު ދިންކަމުގެ ތުހުމަތު ޖުޑީޝަރީ ކޮމެޓީން ކޮށްފައިވެ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލާފައިވާއިރު، ސިޔާސީ ބޭފުޅުންގެ މައްޗަށާއި އޭރު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއްކުރެވި، ޖަލަށްލާފައި ވެއެވެ. އަދި އޭގެ ތެެރެއިން ބައެއް ފަރާތްތަކުުގެ މައްޗަށް ދައުވާ ކުރެވިފައި ވެއެވެ. އެކަންކަން ހިނގިއިރު ޕީޖީގެ މަގާމުގައި ހުންނެވީ ބިޝާމް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް