ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 18:52
ނ. މާފަރު އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ނ. މާފަރު އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސިމާހާ ނަސީމް
ނ. މާފަރު އެއަރޕޯޓް
މާފަރު އެއަރޕޯޓް: ރައްޔިތުން ސިފަ ކުރަނީ "ރަން ބިސް އަޅާ" ކުކުޅެއްގެ ގޮތުގައި!
 
އެއްކޮޅު ޓިކެޓެއްގެ އަގަކީ 750ރ.
 
އެއަރޕޯޓް މަޝްރޫއު ކުރިއަށް ގެންދިޔައީ އަބޫދާބީ ފަންޑުން ދިން 60 މިލިއަން ޑޮލަރުގެހިލޭ އެހީގެ ދަށުން

މީގެ އަހަރުތަކެއް ކުރިން ނ އަތޮޅުގެ ރައްޔިތުން، ވަކިން ހާއްސަކޮށް އެ އަތޮޅުގެ މާފަރު ރައްޔިތުން އިންތިޒާރު ކުރަމުންއައީ އެ ރަށުގައި އެއަރޕޯޓެއް ތަރައްގީކުރެވި، އެ އަތޮޅުގެ ރައްޔިތުންނަށް ވެސް ފަސޭހައިން ދަތުރުފަތުރުކުރެވޭނެ ނިޒާމެއް ޤާއިމުކުރެވިގެންދާނެ ދުވަހަކަށެވެ.

މާފަރުގައި އިންޓަނޭޝަނަލް އެއަރޕޯޓު ހެދުމަށް ޓަފް ކުންފުންޏާ ހަވާލު ކުރީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު 24 ވަނަ ދުވަހުއެވެ. އަދި މާފަރު އެއަރޕޯޓުގެ މަސައްކަތް ފެށީއްސުރެން އެ އަތޮޅު ރައްޔިތުން ތިބީ މާފަރު އެއަރޕޯޓުން އުދުހިގަންނާނެ ދުވަހެއްގެ ފޮނި އުއްމީދުގައެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 28 ގައި މާފަރު އެއަރޕޯޓުގެ މަސައްކަތް އެއްކޮށް ނުނިމެނީސް އެ އެއަރޕޯޓު ރައީސް ޔާމީނުގެ ސަރުކާރުން ހުޅުވިއެވެ.

އެހެންނަމަވެސް އެ އެއަރޕޯޓުގެ މަސައްކަތް ހުއްޓި، އެ މަސައްކަތް ނިންމަން އެއްބަސްވި ތާރީޚުގައި ޓަފް ކުންފުންނިން މަސައްކަތް ނުނިންމާ ބީލަން ކާމިޔާބު ކުރުމުގައި އޮޅުވާލުމާއި ސަބް ކޮންޓްރެކްޓަރުން ލައްވައި މަސައްކަތް ކުރުވުމަށްފަހު އެމީހުންނަށް ދޭން ޖެހޭ އެތައް ފައިސާއެއް ނުދީ އޮތްކަން ހާމަވެގެން ދިޔައެވެ. އެ ރައްޔިތުންގެ ފޮނި އުންމީދުތަކުގެ ކުލަ މަޑުމަޑުން އެހާ ހިސާބުން ފަޑުވާން ފެށިއެވެ. އެއާއެކު އެއަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން، އެމީހުންގެ އުންމީދުތައް ހާސިލު ނުވާކަމަށް ވިސްނައި، އެއަރޕޯޓުގެ މަސައްކަތް ހުއްޓިފައި އޮތުމުން އެކަމާ ނުރުހުން ފާޅުކޮށް، ސަރުކާރަށް ފާޑުކިޔާ މުޒާހަރާ ވެސް ކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމާއި ހަވާލުވެވަޑައިގެން އެ އެއަރޕޯޓުގެ މަސައްކަތް އަލުން ފައްޓަވައިދެއްވާ ނ. އަތޮޅުގެ ރައްޔިތުން ދެކެމުން އައި ހުވަފެނުގައި އަލުން ކުލަޖައްސައިދެއްވިއެވެ. އަދި މާގިނަ ދުވަސްތަކެއް ނުވަނީސް މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިންމާ، ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހު އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ވަނީ އެ އެއަރޕޯޓް ހުޅުވާފައެވެ.

މާފަރު އެއަރޕޯޓަށް މޯލްޑިވިއަންގެ ފްލައިޓް ޖަައްސަނީ

މާފަރުން އެއަރޕޯޓަށް ދިޔުމަށް ހޭދަވަނީ ގާތްގަނޑަކަށް 10 މިނެޓެވެ. އެ އެއަރޕޯޓް ހުޅުވިގެންދިޔުމާއެކު އެ ރަށުގެ ރައްޔިތުން ތިބީ އުފަލުން ފޮޅިފައެވެ.

މި އެއަރޕޯޓަކީ ވަރަށް ދިގު އިންތިޒާރަކަށް ފަހު މީގެ ފޮނި މީރުކަން ލިބިގެންދިޔަ އެއަރޕޯޓެއް. ޑޮމެސްޓިކް އެއަރޕޯޓެއްގެ ބަދަލުގައި އިންޓަރނޭޝެނަލް އެއަރޕޯޓެއް ހުޅުވިގެން ދިޔުމަކީ ރަށަށް އިޤްތިސާދީ ގޮތުން އަދި އުމްރާނީ ގޮތުން ވެސް ކުރިއެރުން ލިބިގެންދާނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ.
މާފަރުގެ ރައްޔިތަކު ބުންޏެވެ.

ނ. މާފަރުގައި މިހާރު 600 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ފެންވަރު ރަނގަޅު ސިއްހީ ނިޒާމަކާއި، ތައުލީމީ ނިޒާމެއްގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ނިޞްބަތުން މަދުވުމެވެ. އެހެންނަމަވެސް އެއަރޕޯޓް ހުޅުވިގެންދިޔުމާއެކު މިހުރިހާ ކަމަކަށް ހައްލު ލިބިގެންދާނެ ކަމަށް އެ ރަށުގެ ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ.

އަޅުގަނޑު ހެލްތު ސެކްޓަރގައި މަސައްކަތްކުރާ މާފަރު ރައްޔިތެއްގެ ހަސިއްޔަތުން ބުނަން ބޭނުންވަނީ އެއަރޕޯޓާއެކު ހެލްތު ސެންޓަރގެ ހިދުމަތްތައް ފުޅާވެ، ތަރައްޤީވެގެންދާނެ ކަމަށް ޤަބޫލުކުރަމޭ.
މާފަރުގެ ރައްޔިތަކު ބުންޏެވެ.
ނ. މާފަރު އެއަރޕޯޓް

އެއަރޕޯޓްގެ ސަބަބުން އެ ރަށުގެ ރައްޔިތުންގެ އުންމީދުތައް އާލާވެ، ތަރައްޤީގެ މަގުގައި ރަށަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެ ރަށުގެ ރައްޔިތުން ދެކެއެވެ. އަދި އިޤްތިސާދީ ގޮތުންނާއި، އިޖްތިމާއީ ރޮނގުން ރަށް މުޅިން އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށްވެސް އެރަށު ރައްޔިތުން ޤަބޫލުކުރެއެވެ. އެއީ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަބަބުން ރަށުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ލޯކަލް ޓޫރިޒަމް އެ ރަށުގައި ފުޅާވެ، ވިޔާފާރީގެ ދާއިރާއިން ވެސް އެ ރަށް ކުރިއެރުންތަކެއް ލިބިގެންދާނެތީއެވެ.

މާފަރު އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއަށް ޖުމުލަ 60 މިލިއަން ޑޮލަރު ޚަރަދުވިއެވެ. މިއީ އަބޫދާބީ ހިލޭ އެހީގެ ދަށުން ހިންގި މަޝްޜޫޢެކެވެ. އެއަރޕޯޓު ތަރައްޤީކޮށްފައިވަނީ، އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ކަމަށްވާ އެއަރ ބަސް އޭ 320 އާއި، ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށެވެ. މާފަރު ރައްޔިތުން ސިފަ ކުރަނީ އެއަރޕޯޓަކީ އެ ރަށުގެ "ރަން ބިސް އަޅާ" ކުކުޅުގެ ގޮތުގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު