ކ. މާލެ
|
30 ނޮވެންބަރ 2019 | ހޮނިހިރު 09:18
މާފަރުގައި އިންޓަނޭޝަނަލް އެއަރޕޯޓު
މާފަރުގައި އިންޓަނޭޝަނަލް އެއަރޕޯޓު
ޓްރާންސްޕޯޓް މިނިސްޓްރީ
މާފަރުގައި އިންޓަނޭޝަނަލް އެއަރޕޯޓު
މާލެއިން މާފަރަށް އެއްކޮޅު ޓިކެޓްގެ އަގު މޯލްޑިވިއަން އިން ކަނޑައަޅައިފި
 
އަބޫދާބީ ފަންޑުން ހިލޭ އެހީގެ ގޮތުގައި ދީފައިވާ 60 މިލިއަން ޑޮލަރުން އެއަރޕޯޓް މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ
 
މިހާރު ޓިކެޓް ގަނެވޭނެ ކަމަށް މޯލްޑިވިއަނުން ބުނޭ
 
އެއަރޕޯޓުގެ ދަތުރުތައް ޑިސެމްބަރު އެއްވަނަ ދުވަހު ފަށާނެ

މާލެއިން މާފަރަށް އެއްކޮޅު ޓިކެޓްގެ އަގު މޯލްޑިވިއަން އިން ކަނޑައަޅައިފިއެވެ.

ނ. މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގެ ދަތުރުތައް ޑިސެމްބަރު އެއްވަނަ ދުވަހު ފަށާއިރު، އެއްކޮޅު ޓިކެޓެއްގެ އަގަކީ 750ރ. ކަމަށާއި މިހާރު ޓިކެޓް ގަނެވޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

އަބޫދާބީ ފަންޑުން ހިލޭ އެހީގެ ގޮތުގައި ދީފައިވާ 60 މިލިއަން ޑޮލަރުން ހެދި މި އެއަރ ޕޯޓްގައި އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއަރ ބަސް އޭ 320 އާއި، ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭނެއެވެ.

މާފަރުގައި އިންޓަނޭޝަނަލް އެއަރޕޯޓު ހެދުމަށް ޓަފް ކުންފުންޏާ ހަވާލު ކުރީ ޑިސެމްބަރު 24، 2017 ގައެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބާއި ދިމާކޮށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 28 ގައި މާފަރު އެއަރޕޯޓްގެ މަސައްކަތް އެއްކޮށް ނުނިމެނީސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ހުޅުއްވައި ދެއްވާފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެއަރޕޯޓްގެ މަސައްކަތް ނިންމުމަށް ޓަފް ކުންފުންޏާއި ހަވާލު ކުރި ނަމަވެސް މަސައްކަތް ނިންމާފައެއް ނުވެއެވެ. އެ މަސައްކަތް ނިންމަން އެއްބަސްވި ތާރީޚުގައި މަސައްކަތް ނުނިންމާ ބީލަން ކާމިޔާބު ކުރުމުގައި އޮޅުވާލުމާއި ސަބް ކޮންޓްރެކްޓަރުން ލައްވައި މަސައްކަތް ކުރުވުމަށްފަހު އެމީހުންނަށް ދޭން ޖެހޭ އެތައް ފައިސާއެއް ނުދީ އޮތްކަން ވަނީ އެނގިފައެވެ. އަދި އެ މައްސަލަ އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު ހުޅުވުމާއެކު އިންޓަނޭޝަނަލް ދަތުރުތައް ވެސް އެ އެއަރޕޯޓަށް ފަށާނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް