ކ. މާލެ
|
29 ނޮވެންބަރ 2019 | ހުކުރު 19:40
ލާމު އަތޮޅަށް މަޝްހޫރު ގޮޅަ ރިހަ
ލާމު އަތޮޅަށް މަޝްހޫރު ގޮޅަ ރިހަ
ރާއްޖެއެމްވީ
ލ. އަތޮޅު ގޮޅަ ރިހަ
ލ. އަތޮޅަށް މަޝްހޫރު ގޮޅަ ރިހަޔާއެކު އެ އަތޮޅު އިސްތިހާރު ކުރުމުގެ ބޮޑު ހަރަކާތެއް ބާއްވަނީ
 
އިވެންޓް ކުރިއަށްދާނީ އަންނަ މަހުގެ 7 ވަނަ ދުވަހު

ލ.އަތޮޅަށް މަޝްހޫރު ގޮޅަރިހަޔާއެކު އެ އަތޮޅު އިސްތިހާރު ކުރުމުގެ ބޮޑު ކެމްޕޭން ހަރަކާތެއް ބާއްވަން ލާމު ޓުއާރސް އިން ނިންމައިފިއެވެ.

މި ހަރަކާތާ ބެހޭ ގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ލާމް ޓުއާޒްގެ ކުނަހަންދޫގެ ޓުއާ ގައިޑް ހައްވާ ފަޝާހަތު ވިދާޅުވީ މި އިވެންޓަކީ ލާމް ޓުއާ އިން އިސްނަގައިގެން ކުރިއަށް ގެންދާ އިވެންޓެއް ކަމަށެވެ. އަދި މުޅި އަތޮޅު މި ކަމުގައި ބައިވެރިވުމަށް އެކި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން މިކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.

މީގެ އިތުރުން ރަށްރަށުގެ ކައުންސިލްގެ އެހީތެރިކަން ވެސް މިކަމުގައި ލިބިގެންދާނެ ކަމަށާއި، އިވެންޓްގެ ހުރިހާ ކަމެއް ބަލަހައްޓަމުންދާނީ ލާމް ޓުއާ އިން ކަމަށެވެ.

ލާމް ޓުއާ އަކީ ލ. އަތޮޅުގެ ރީތިކަމާއި ފަތުރުވެރިކަމާއި ސަގާފަތާއި އާދަކާދަތައް ޕްރޮމޯޓް ކުރާ ގްރޫއްޕެއް. ގޮޅަ ރިހައަކީ ލ. ގައި އެންމެ ހިނގާ އެކައްޗަކީ. ކަންކަން އާކޮށްލުމަށާއި، ޓްރެޑިޝަނަލް ކަންކަން އާ ކުރުމަށް އަދި ރަށްރަށުގެ އެކުވެރިކަން ބަދަހީ ކުރުމުގެ ގޮތުން ކުރާ ކަމެއް މިއީ،
ލާމް ޓުއާޒް އިން ރައީސް ނަޝީދަށް ގޮޅަ ރިހަ ހަދިޔާ ކުރަނީ

އޭނާ ވިދާޅުވީ މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު ކަމަށެވެ. މީގެ އިތުރުން ސިކްސް ސެންސް ލާމުގެ ފަރާތުން މި އިވެންޓްގެ ކަންކަމުގައި އެހީތެރިވާ އިރު، ލާމް ޓުއާގެ އިންސްޓަގްރާމް އަދި ފޭސް ބުކް ޕޭކް މެދުވެރިކޮށް މި އިވެންޓް ލައިވް ކުރާނެ ކަމަށެވެ.

މި ހަރަކާތުގެ ފެށުމުގެ ގޮތުން ލާމް ޓުއާއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މި މަހުގެ ފަހުކޮޅު ލ. އަތޮޅަށް ކުރެއްވި ދަތުފުޅުގެ ތެރެއިން އެމަނިކުފާނަށް ލާމު ހަދިޔާގެ ނަމުގައި ގޮޅަ ރިހަ ހަދިޔާ ކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
6%
63%
6%
0%
19%
6%
ކޮމެންޓް