ކ. މާލެ
|
29 ނޮވެންބަރ 2019 | ހުކުރު 12:48
އިސްލާމީ މަރުކަޒު
އިސްލާމީ މަރުކަޒު
މޯލްޑިވްސް އިންޑިޕެންޑެންޓް
ހުކުރު ޚުތުބާ
ދީނުގެ ނަމުގައި ފަތުރާ ފިކުރުތަކާއި މައުލޫމާތުގެ ނުރައްކާތެރިކަން ބޮޑު: ޚުތުބާ
 
މިގައުމުގައި އިސްލާމްދީން ދެމެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭ
 
އެފިކުރުތަކަށް އަމަލު ނުކުރާ ސަރުކާރަކީ ޠާޢޫތު ކަމުގައި ނިންމާ
 
އެމީހުންގެ ފިކުރުތަކަށް ތަބައަނުވާ ކޮންމެ މީހަކީ ކާފިރެއް ކަމުގައި ކަނޑައަޅައި

މިއަދު އިސްލާމްދީނަށް ނިސްބަތްވާ ބަޔަކު ދީނުގެ ނަމުގައި ފަތުރާ ދީނާ ހިލާފު ފިކުރުތަކާއި މައުލޫމާތުގެ ނުރައްކާތެރިކަން ވަރަށް ބޮޑުވެފައިވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ރާއްޖެ އިސްލާމްވި ދުވަހުގެ ހަނދާން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އިސްލާމްދީނުގެ ނަމުގައި ފަތުރާ ދީނާ ހިލާފު ފިކުރުތަކާއި މައުލޫމާތުގެ ނުރައްކާތެރިކަން ކުޑަ ނޫން ކަމަށާއި، މި މީހުން ގަބޫލުކުރާ ގޮތްތަކާއި ފިކުރުތަކަށް ތަބައަނުވާ ކޮންމެ މީހަކީ ކާފިރެއް ކަމުގައި ކަނޑައަޅައި، މަރު ހުއްދަ ކުރާ ކަމަށެވެ.

ޚުތުބާގައި ބުނީ އެފިކުރުތަކަށް އަމަލު ނުކުރާ ސަރުކާރަކީ ޠާޢޫތުން ކަމުގައި ނިންމާ، ސަރުކާރުގެ މުވައްޒަފުންނަކީ ކާފިރުން ކަމުގައި ނިންމާފައިވާ ކަމަށާއި، އެމީހުންގެ ފަހަތުގައި ނަމާދު ކުރުން ހުއްޓާލާ ކަމަށެވެ. ޚުތުބާގައި ބުނީ އެމީހުން ދިރިއުޅޭ ބިމަކީ ދާރުލް ކުފުރު ކަމުގައި ނިންމައި، މި ނުބައި ނިންމުންތަކުގެ ސަބަބުން އެގައުމުގެ މީހުންގެ މުދާ ފޭރުމާއި، މެރުން ހުއްދަ ކުރާ ކަމަށެވެ. އަދި މިފަދަ މީހުން އެހެން މީހުންނާއި މުޅިން ވަކިވެގަނެ، އެހެން މީހެއްގެ ސަލާމަށް ޖަވާބެއް ނުދޭ ކަމަށް ޚުތުބާގައި ބުންޏެވެ.

ވަރި ކައިވެނީގެ މުއާމަލާތްތައް ގިނައިން ކޮށް އުޅެނީ އެމީހުންގެ މީހުންނާ އެކަންޏެވެ. އެމީހުން ކައިވެނި ކުރާކަށް ޝަރުއީ ކޯޓުތައް ކަމުކު ނުދެއެވެ. ނަމާދު ކުރުމަށް މިސްކިތްތައް ކަމަކު ނުދެއެވެ. ސަރުކާރުގެ އެއްވެސް ވަޒީފާއެއް ހުއްދައެއް ނުކުރެއެވެ.
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ ކައިވެނި ކުރުމަށްޓަކައި އިސްލާމް ދީނުގައި ވަކި ހަމަތަކަކާއި އުސޫލުތަކެއްވާ ކަމަށާއި، އެކަންކަމަށް ގާނޫނާއި ގަވާއިދުތަކެއް ހެދިފައިވާ ކަމަށެވެ. ޚުތުބާގައި ބުނީ ކޯޓުން ބޭރުގައި ކުރެވޭ ކައިވެނިން ލިބޭ ކުދިންގެ ގިނަގުނަ ހައްގުތަކެއް ގެއްލޭ ކަމަށާއި، އެއީ ސައްހަ ދަރިއެއް ކަމުގައި އެއްވެސް ލިޔުމެއް އަދި ހެއްކެއް ވެސް ނޯންނަ ކަމަށެވެ. އަދި އެ ހައްގުތައް ހޯދައި ދެވޭނެ އެއްވެސް މަގެއް ނޯންނަ ކަމަށް ޚުތުބާގައި ބުންޏެވެ. ޚުތުބާގައި ބުނީ އެފަދަ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅެން ޖެހޭ ކަމަށެވެ.

ޚުތުބާގައި ބުނީ ޝަރުއީ ހަމަތަކާ އެއްގޮތަށް ކުރެވޭ ކައިވެނި ކުރަންޖެހޭނީ ވީހައި ވެސް ގިނަބަޔަކަށް އެނގޭނެހެން ފާޅުކަން ބޮޑުތަށް ކަމަށާއި، ކައިވެނި ކުރުމަށްފަހު ވަލީމާ ދިނުން ޝަރުއު ކުރައްވާފައިވަނީ މިސަބަބަށްޓަކައި ކަމަށެވެ. މިއާ ހިލާފަށް ހެދިފައިވާ ގާނޫނުތަކާއި އުސޫލުތަކަށް ނުފެތޭ ގޮތަށް ސިއްރުން ކައިވެނީގެ ނަމުގައި ގުޅޭ ގުޅުމަކީ ގާނޫނާ ހިލާފު އިސްލާމީ ޝަރީއަތާ ވެސް ބީރައްޓެހި އަމަލެއް ކަމަށް ޚުތުބާގައި ބުންޏެވެ.

މިނުރައްކާތެރި ވިސްނުމުގެ މީހުން ދެކޭ ގޮތުގައި އަންހެން ދަރިންނަށް ކިޔަވައިދިނުމަކީ ހުއްދަ ކަމެއް ނޫންކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ ދަރިންނަށް ވެކްސިން ދިނުމަކީ ވެސް އެމީހުން ހުއްދަ ކަމެއް ނޫން ކަމަށާއި، އަންހެނަކު ބަލިވެއްޖެނަމަ ދައްކަން ބޭނުންވަނީ އަންހެން ޑޮކްޓަރުންނަށް ކަމަށެވެ.

އަންހެން ކުދިންނަށް ކިޔަވައިނުދޭ ކަމަށް ވަނީ ނަމަ އަންހެން ޑޮކްޓަރުންނާއި އަންހެން ޓީޗަރުންނާ ތަފާތު ފަންނުތަކުގެ ހުނަރުވެރި އަންހެން ކަނބަލުން ހޯދާނީ ދެން ފަހެ ކޮންތާކުން ހެއްޔެވެ. އިސްލާމް ދީނުގައި އިލްމު އުނގެނުމަކީ ދެ ޖިންސަށް ވެސް ވާޖިބު ކަމެކެވެ. ބަލިވުމުން ބޭސަފަރުވާ ކުރުމާއި، ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ވެކްސިން ދިނުމަކީ ދީން ބާރުއަޅާ ކަންކަމެވެ.
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ ރާއްޖެ އިސްލާމްވި ދުވަހުގެ މަތިން ހަނދާން ކުރާއިރު މިވަތަނުގައި އިސްލާމްދީން ދެމެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، މިގައުމަކީ ސައްތައިން ސައްތަ ސިއްލާމީ ސުންނީ ގައުމަކަށްވާތީ އެކަމާ ހަސަދަވެރިވާ ބަޔަކު އުޅޭ ކަމަށެވެ.

ރާއްޖެ އިސްލާމްވުމާ އެކު ރާއްޖޭގެ އަހުލުވެރިން އިސްލާމް ދީނުން ބޭރުކުރެވޭތޯ އެކި ދުވަސްވަރު އެތަކެއް މަސައްކަތެއް ކޮށްފައިވާކަން ތާރީހުން އެނގޭކަން ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް