އާދީއްތަ 26 ޖެނުއަރީ 2020
8 ހުވަން
1441 ޖުމާދުލް އާހިރަތު 01
ފަތިސް 05:04
އިރުއަރާ 06:19
މެންދުރު 12:22
އަސްރު 15:42
މަޣްރިބް 18:18
އިޝާ 19:33
ރާއްޖެ - ފަލަސުރުހީ

އެމްއާރްއެމްއިން ފުރުސަތު ދިނުމުގައި އާއިލީ މަސްލަހަތަކަށް ނުބަލާނެ: ނާދިރާ

  • އެމްއާރްއެމްގެ އެކްޒެކެޓިވް ކޮމެޓީގައި އާއިލީ ބޭފުޅެއް ނުހުންނާނެ
  • ޕީޕީއެމްގެ މެމްބަރުންނަށް ވެސް ފުރުސަތު އެބައޮތް
  • ރައީސް މައުމޫން ދަނީ ސިޔާސީ ލީޑަރުން އުފައްދަވަމުން

އަމްނާ އިމާދު
amnabinthimad

ކ. މާލެ 29 ނޮވެންބަރު 2019 | ހުކުރު 00:24 3,383

އެމްއާރްއެމްގެ ނައިބް ރައީސް އައިމިނަތު ނާދިރާ - ރާއްޖެ އެމްވީ

މޯލްޑިވްސް ރިފޯރމް މޫވްމަންޓް (އެމްއާރްއެމް) އިން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ޢާއިލާ ބޭފުޅުންނަށް ވަކިން ޚާއްސަކޮށް ފުރުޞަތުތައް ނުދޭ ކަމަށާއި، ހަމަހަމަ އުސޫލަކުން ޕާޓީގެ ހުރިހާ މެމްބަރުން ކުރިއަށްދިއުމަށް މަގު ދައްކައިދޭ ކަމަށް އެޕާޓީގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ނާދިރާ ވިދާޅުވީ އެމްއާރްއެމްގެ އުޞޫލުތަކާއި ޤަވާއިދުގައި ޕާޓީގެ ކަންކަން ކުރިއަށް ގެންދަންވާ ގޮތާއި ޢަމަލު ކުރަންވީ ގޮތް ވަރަށް ތަފުޞީލުކޮށް ލިޔެފައިވާ ކަމަށާއި، އެޤަވާއިދާ އުޞޫލުން ބޭރުން އެއްވެސް ކަމެއް ނުހިނގާނެ ކަމަށެވެ.

ޕާޓީގައި ރައީސް މައުމޫންގެ ޢާއިލީ މަޞްލަޙަތު ވަރަށް ބޮޑަށް ގެންގުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވައި ނާދިރާ ވިދާޅުވީ އެމްއާރްއެމްގެ އެކްޒެކެޓިވް ކޮމެޓީއަށް ބަލާފިނަމަ ޙަޤީޤަތް ހާމަވާނެ ކަމަށާއި، އެކޮމެޓީގައި ވެސް ރައީސް މައުމޫންގެ ޢާއިލީ ބޭފުޅެއް ނުހުންނަވާނެ ކަމަށް ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ އެމްއާރްއެމުން މަސައްކަތް ކުރަނީ ތަންދޮރު އޮޅުން ފިލާފައި ތިބި ޒުވާނުންނަށް ފުރުޞަތު ދިނުމަށް ކަމަށާއި، ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާ ދަރިންނަށް މަގު ދައްކައިދިނުމަށް ކަމަށެވެ. ނަމަވެސް ރާއްޖެއަކީ ކުޑަތަނަކަށްވެފައި ޢާއިލީ ގޮތުން ކޮންމެވެސް ހިސާބަކުން ގުޅިފައި އޮތް ނަމަވެސް ޕާޓީގެ ކަންކަމުގައި ޢާއިލާއަށް ނުބަލާ ކަމަށް ނާދިރާ ވިދާޅުވިއެވެ.

އެމްއާރްއެމްއާ ގުޅުމުގެ ފުރުޞަތު ދިވެހި ރައްޔިތުންނަށް ހުޅުވާލެވިފައިވާކަން ފާހަގަކުރައްވައި ނާދިރާ ވިދާޅުވީ މިހާރު ޕީޕީއެމްގައި ތިބި މެމްބަރުން ވެސް އެމްއާރްއެމްއާ ގުޅެން ބޭނުންވާނަމަ އެފުރުޞަތު ވެސް ލިބޭނެ ކަމަށެވެ.

ޕީޕީއެމްގެ މެމްބަރުންނަކީ ޙާޤީޤާތުގައި ރައީސް މައުމޫނަށް ތާއީދުކޮށްގެން ސޮއިކުރައްވާފައިވާ މެމްބަރުން ގިނަ ވާނީ. ރައީސް މައުމޫންގެ ސިޔާސަތަށް ތާއީދުކުރެއްވި ބޭފުޅުންތައް ގިނަވާނީ. ޕީޕީއެމް މެމްބަރުންގެ ކުށެއްނޫން ތެދެއްތޯ ބަޔަކު ތިބެ ގޯސްކޮށް ޢަމަލުތައް ހިންގުން އެއީ. އަޅުގަނޑަށް ޤަބޫލެއް ނުކުރެވޭ ޕީޕީއެމްގެ މެމްބަރުންގެ ކުށެއް ކަމަކަށް، ޕީޕީއެމްގެ މެމްބަރުންގެ ކުށެއް އޭގައި ނެތް. ޕީޕީއެމްގެ މެމްބަރަކަށް އެމްއާރްއެމްގެ މެމްބަރަކަށް ނުވެނޭނެ އެއްވެސް ސަބަބެއް ނުފެނޭ . މީހަކު ކުށެއް ކޮށްފިއްޔާ އެކުށަށް އަދަބު ލިބޭނެ އެއީ އެމްއާރްއެމްއިން ކުރާނެ ކަމެއް ނުވަތަ ޕީޕީއެމުން ކުރާނެ ކަމެއް ނޫން.

~ ނާދިރާ- ނައިބް ރައީސް

އެމްއާރްއެމްގެ ސެކްރެޓްރީ ޖެރަނަލް އަބްދުލް ޢަލީމް ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ މިސަރުކާރު ގެނައީ ވަރަށް ބުރަ މަސައްކަތްތައް ކޮށްގެން ކަމަށެވެ.

އެގޮތުން މިސަރުކާރުގެ ތެރެއިން ޙިއްސާއެއް ލިބުނު ކަމަށާއި، އެމަޤާމުތަކަށް ނަން ފޮނުވިއިރު، ރައީސް މައުމޫންގެ ޢާއިލީ ބޭފުޅުންގެ ނަންފުޅުތައް ފޮނުވުމަށް އަންގާފައިނުވާ ކަމަށެވެ. އެކަން ވެސް ކުރެއްވީ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރެވި، ވަރަށް ހަރުދަނާ އުޞޫލެއްގެ ތެރެއިން ކަމަށް އަލީމް ވިދާޅުވިއެވެ. އަދި ރައީސް މައުމޫނަކީ ސިޔާސީ ލީޑަރުން އުފައްދާ މަގުދައްކުވައިދޭ ލީޑަރެއް ކަމަށް ވެސް ޢަލީމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް