ކ. މާލެ
|
28 ނޮވެންބަރ 2019 | ބުރާސްފަތި 23:45
ބީއެމްއެލުން ބޭއްވި ހަފްލާއެއްގައި އެމެކްސް ޕްލެޓިނަމް ކާޑް ޕްލޭނިންސް މިނިސްޓަރ އިފްތިތާހުކޮށްދެއްވަނީ
ބީއެމްއެލުން ބޭއްވި ހަފްލާއެއްގައި އެމެކްސް ޕްލެޓިނަމް ކާޑް ޕްލޭނިންސް މިނިސްޓަރ އިފްތިތާހުކޮށްދެއްވަނީ
ބީއެމްއެލް
ބީއެމްއެލް
ބީއެމްއެލް އިން އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކާޑު ތައާރަފުކޮށްފި
 
ދިވެހީންނަށް މިކާޑު މެދުވެރިކޮށް، އެމެރިކަން އެކްސްޕްރެސް ބްރޭންޑުގެ ފުޅާ ޚިދުމަތްތައް މަގުފަހިވެގެންދާނެ
 
މި ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ދަތުރުތަކާއި، ހޮޓެލް ބުކިންގ އަދި ވިޔަފާރިތަކުން ވަރަށް ހާއްސަ އޮފަރތަކެއް ލިބިގެންދާނެ

ބޭންކް އޮފް މޯލްޑިވްސް އިން އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ރާއްޖޭގައި ތައާރަފު ކޮށްފިއެވެ.

މި ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ދަތުރުތަކާއި، ހޮޓެލް ބުކިންގ އަދި ވިޔަފާރިތަކުން ވަރަށް ޚާއްޞަ އޮފަރތަކެއް ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ލޯންޗު ކޮށްދެއްވީ ބުރާސްފަތި ދުވަހު ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ޚާއްޞަ ޙަފުލާއެއްގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ.

މި ޚިދުމަތާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ޚާއްޞަ އިނާޔަތްތަކާއި އަގުހުރި ޚިދުމަތްތަކެއް އެކުލެވޭ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ދިވެހިރާއްޖެއަށް ތަޢާރަފު ކުރެވިގެންދިޔުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކާޑު ތައާރަފު ކުރުމާއި ގުޅޭ ގޮތުން އެމެރިކަން އެކްސްޕްރެސް ގެ ދެކުނު އޭޝިޔާގެ ވައިސް ޕްރެޒިޑެންޓް އަދި ގްލޯބަލް ނެޓްވޯކް ސަރވިސަސްގެ ބިޒްނަސް ހެޑް ދީވިޔާ ޖެއިން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އާއެކު 2004 އިން ފެށިގެން ޤާއިމު ކުރެވިފައިވާ ޒަމާންވީ ގުޅުމަކީ އިހުތިރާމު ކުރާ އަދި އަގުވަޒަން ކުރާ ގުޅުމެއް ކަމަށެވެ.

އަދި ޕްލެޓިނަމް ކްރެޑިޓް ކާޑު އިފްތިތާހު ކުރެވިގެން ދިއުމާއެކު ދިވެހިންނަށް މިކާޑު މެދުވެރިކޮށް، އެމެރިކަން އެކްސްޕްރެސް ބްރޭންޑުގެ ފުޅާ ޚިދުމަތްތައް މަގުފަހިވުމުގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސްއާއި ގުޅިފައިވާ ބައިނަލްއަޤުވާމީ ވިއުގައާއި އަދި ދިވެހި ބޭންކިންގެ ފަންނީ ތަޖުރިބާ މި ޚިދުމަތުގައި ހިމެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި އާ ޚިދުމަތާއެކު މި ބްރޭންޑަށް ލިބޭ ތަރުހީބު އިތުރުވެ، ބޭންކުގެ ކަސްޓަމަރުންގެ ޢަދަދު އިތުރު ވެގެންދާނެކަމަށް ޔަޤީންކުރައްވާ ކަމަށް ދީވިޔާ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކުރާ އަދި މާޗަންޓް ޚިދުމަތް ފޯރުކޮށްދޭ ހަމައެކަނި ބޭންކެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 50 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ ޢަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
50%
0%
50%
0%
0%
ކޮމެންޓް