ކ. މާލެ
|
27 ނޮވެންބަރ 2019 | ބުދަ 19:48
ފަންނު އެކްސްޕޯގެ ތެރެއިން
ފަންނު އެކްސްޕޯގެ ތެރެއިން
ރައީސް އޮފީސް
ފަންނު އެކްސްޕޯ
ފަންނު އެކްސްޕޯ: ދިވެހިންގެ އެތަކެއް ހުނަރުތަކަށް ހުޅުވިގެންދިޔަ އައު ދޮރެއް!
 
މި އެކްސްޕޯއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް އިކޮނަމިކް މިނިސްޓްރީން ބުނޭ
 
އެކްސްޕޯ ކުރިއަށްދާނީ މި މަހުގެ 28 ގެ ނިޔަލަށް
 
އެކްސްޕޯގައި 350 ފަރާތަކުން ތިރީސްހާސް އުފެއްދުންތައް ބައިވެރިކޮށްފައިވޭ

ފަންނު އެކްސްޕޯ މި މަހުގެ 22 ވަނަ ދުވަހު ފަށާފައިވާއިރު މި އެކްސްޕޯގެ ތެރެއިން ދިވެހިންގެ ހުނަރުވެރިކަން އިންތިހާއަށް ފެނިގެންދިޔައެވެ. ސަރުކާރުން މި އެކްސްޕޯ ބާއްވާފައިވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި އާ އުފެއްދުންތައް އުފައްދައި ކުރިއަރުވައި އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ވަޅުޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، އާންމުކޮށް އެންމެންނަށް އެއްތާކުން ފެންނާނެ މާހައުލެއް ގާއިމުކޮށްދިނުމަށެވެ.

މި އެކްސްޕޯއަށް ޒިޔާރަތްކުރުމުން ދިވެހިންގެ ހުނަރުވެރިކަން އިންތިހާއަށް ފެނިގެންދިޔައެވެ. ކާބޯތަކެއްޗާއި، ބަހުގެ އުފެއްދުންތަކާއި، ލަކުޑީގެ އުފެއްދުންތަކުގެ އިތުރުން ފެޝަން އެންޑް ޑިޒައިނިންގ އާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އުފެއްދުންތައް މި އެކްސްޕޯ އިން ފެނިގެންދިޔައެވެ. މިއަހަރުގެ ފަންނު އެކްސްޕޯގައި 350 ފަރާތަކުން ތިރީސްހާސް އުފެއްދުންތައް ބައިވެރިކޮށްފައިވެއެވެ. މި އެކްސްޕޯ އިން އެކި ދާއިރާތަކުން ވަނަ ތައް ހޮވާ ވަނީ ހަނދާނީ ލިޔުން ދީފައެވެ.

އެކްސްޕޯގައި އެކި ކަހަލަ އަތްތެރި މަސައްކަތް ކުރާ މީހުންނާއި ތަފާތު ދިވެހި ރަހަތަކުގެ އުފެއްދުންތައް އުފައްދާ މީހުންނާއި އެކި ފެންވަރަށް ކޭކު އަޅާ މީހުން ވެސް ފެނިގެންދިޔައެވެ. މި އެކްސްޕޯގެ ތެރެއިން ދިވެހިންގެ ހުނަރު ދައްކާލާ، ސާމާނުތައް އިޝްތިހާރު ކުރުމަށް ފުރުސަތު ހުޅުވިގެންދިޔައިރު މި އެކްސްޕޯގެ ތެރެއިން ދިވެހިންގެ އުފެއްދުންތަކަށް ބޭރުގެ ބައެއް ފަރާތްތަކުގެ ވެސް ޝައުޤުވެރިން ދަމައިގަތެވެ. އެގޮތުން ކްރޮސްރޯޑްސްގެ ފަރާތުން ވަނީ އެމީހުންގެ ރިސޯޓުގައި ދިވެހިންގެ ބައެއް އުފެއްދުންތައް ދައްކާލުމުގެ ޝައުޤުވެރިކަން ފާޅުކޮށް އެކަމުގެ މަޝްވަރާ އިކޮނަމިކް މިނިސްޓްރީ އާއެކު ފަށާފައެވެ.

ފަންނު އެކްސްޕޯގެ ތެރެއިން

އިކޮނަމިކް މިނިސްޓްރީގެ ފަރާތުން ބުނީ މި އެކްސްޕޯއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

އެކްސްޕޯގައި ބައިވެރިވި ގިނަ ފަރާތްތަކުން ބުނީ މިއީ އެމީހުންގެ މަސައްކަތްތައް ދައްކާލުމަށް ލިބިގެންދިޔަ ވަރަށް ވެސް ރަނގަޅު ފުރުސަތެއް ކަމަށެވެ. އެކްސްޕޯގައި ނުކުޅޭދޭ ކުދިންގެ ސްޓޯލެއް ހުރި އިރު ވެސް އެ ކުދިންގެ ވަނީ އެ ކުދިންގެ މައިންބައިފައިންގެ އެހީތެރިކަމާއެކު އެކުދިންގެ ހުނަރުވެސް މިކަމުގައި ހުރި މިންވަރު ދައްކާލާފައެވެ. ތަފާތު އެކި ކުޑަކުދިންނާއި ޒުވާނުން އަދި އުމުރުން ދުވަސްވީ މީހުންގެ ހުރި ހުނަރުތައް އިންތިހާއަށް މި އެކްސްޕޯގެ ތެރެއިން ފެނިގެންދިޔައެވެ.

މިއި އެކްސްޕޯއަކީ ހަމަގައިމު ވެސް ދިވެހިންގެ އެތަކެއް ހުނަރުތަކަށް ހުޅުވިގެންދިޔަ އައު ދޮރެއްކަން ޔަޤީނެވެ.

ފަންނު އެކްސްޕޯގެ ތެރެއިން
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް