ކ. މާލެ
|
27 ނޮވެންބަރ 2019 | ބުދަ 16:52
ރިޔާސީ އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު ޕީޕީއެމުން ބޭއްވި ޖަލްސާއެއްގެ ތެރެއިން
ރިޔާސީ އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު ޕީޕީއެމުން ބޭއްވި ޖަލްސާއެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
މަގޭ ރިޕޯޓް
މި އެންމެންނަށް ''ވީނުވީ'' އެއް ނޭނގެ!
 
ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވާ މީހުންގެ އަދަދު ވަނީ މަދުވެފައި

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ގޮތުން ހިންގާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ހުކުރު ދުވަހު ކާނިވާ ސަރަހައްދުގައި ''ހިބަރު ވަދު'' ގެ ނަމުގައި ބޮޑު ޖަލްސާއެއް ވަނީ ބާއްވާފައެވެ. އެ ޖަލްސާ އަކީ ރައީސް ޔާމީންގެ ވެރިކަމުން ފައިބާ ވަޑައިގަތުމަށް ފަހު އިދިކޮޅު ކޯލިޝަނުން ބޭއްވި އެންމެ ބޮޑު އެއް ޖަލްސާ އެވެ. ޖަލްސާ ވަރަށް ފުރިހަމަ އެވެ. ލައިޓިންއާ ޑެކަރޭޝަންވެސް ވަރަށް ޗާލެވެ. މީގެ ކުރިން އެ ޕާޓީން ބާއްވަމުން ދިޔަ ޖަލްސާތަކަށް ވުރެ ''ހިބަރު ވަދު'' ޖަލްސާ އަށް ދިޔަ މީހުންގެ އަދަދުވެސް ގިނައެވެ. ޕީޕީއެމް އެސްޖީ ހީނާ ވަލީދު ވިދާޅުވި ގޮތުގައި އެ ރޭގެ ޖަލްސާ އަށް ދެ ހާހެއް ގޮނޑި ޖެހިއެވެ. މީގެ ކުރިން ޖަލްސާ ތަކުގައި އާއްމު ގޮތެއްގައި ބައިވެރިވަނީ 400 އާއި 500 މީހުންގެ އަދަދެކެވެ.

އެރޭގެ ޖަލްސާއަށް މީހުން ދިޔަ އަަދަދު ގިނަ ކަމަށް ބުނެ ޕީޕީއެމް އެކްޓިވުސްޓުން ދިޔައީ އެކި ޝުއޫރުތައް ޝޯޝަލް މީޑިއާ ގައި ފާޅު ކުރަމުންނެވެ. ބައެއް އެކްޓިވިސްޓުން ބުނާ ގޮތުންނަމަ އެރޭގެ ޖަލްސާގެ މަންޒަރު ފެނިފައިި ސަރުކާރަށް އެކަން ހަޖަމް ކުރަން ދަތިވިއެވެ. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި އެރޭގެ ޖަލްސާ އަށް ދިޔަ މީހުުން އަދަދަކީ ޕީޕީއެމުން އުފާކުރާން ޖެހޭ ވަރަށް ވުރެ ކުޑަ އަދަދެވެ. އެއީ އެ އަދަދަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމުން ބާއްވާ ޖަލްސާތަކަށްދާ މީހުންނަށް ވުރެ މަދު އަދަދަކަށް ވުމެވެ. ޔާމީން ވެރިކަމުގައި ހުންނެވި އިރު ޕީޕީއެމުން ބާއްވާ ޖަލްސާތަކަށް ރަށްރަށުން ގެނެސްގެން ވިޔަސް އެމަނިކުފާނަށް ތާއިދު އޮތް މިންވަރު ހާމަވާ ވަރަށް ސަޕޯޓަރުން ޕާޓީގެ ޖަލްސާތަކުގައި ބައިވެރިވެއެވެ. އެއީ ސިވިލް ސަރވިސްގައި ތިއްބެވި މުވައްޒަފުންނަށް ވިޔަސް އެމީހުންްނަށް މަޖުބޫރު ކޮށްގެން ޖަލްސާތަކަށް ގެންދާ ކަމަށް އޭރު އެކި ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. ރިޔާސީ އިންތިހާބަށް ބަލައިލިޔަސް ގިނިކަންޏާ ނިކުންނަވައިގެން ކޯލިޝަނަކާއި ވާދަކޮށް ޔާމިން އަށް ލިބިވަޑައިގެންނެވި ވޯޓު މަދެއް ނޫނެވެ. އެއް ލީޑަރަކަށް ބަލާއިރު އަދި ފަސް އަހަރެއްގެ ވެރިކަން ކޮށްފައިވާ ރައީސަކަށް 96،000 ވޯޓަކީ މަދު އަދަދެއް ނޫނެވެ. ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތި ވެވަޑައިގަތުމަށް ފަހު ކޮންމެ އަކަސް މަންޒަރު މަޑު މަޑުން ބަދަލުވާން ފެށިއެވެ. ރައީސް ޔާމީނަށްޓަކައި ޖާނާމާލުން ގުރުބާންވާން ތައްޔާރަށް ތިބި މެމްބަރުންނާއި، އެމަނިކުފާނުގެ ވަޒީރުންގެ ހިލަމެއް ވެސް މިހާރު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭރު ވަޒީރުންގެ ތެރެއިން ރައީސް ޔާމީން އަރިހުގައި ސިޔާސީ ގޮތުން ހަރަކާތްތެރިވާތަން މިހާރު ފެންނަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒުއެެވެ.

ޕާޓީ ދޫކޮށް ވަޑައިގެންނެވި ގިނަ މެމްބަރުންނަކީ ޕީޕީއެމް ނޫން އެހެން ޕާޓީއަކަށް ނުދާނެ ކަމަށް ވިދާޅުވެ އެންމެ ފަހު މިނިޓާއި ޖެހެން ދެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑު ވިދާޅުވަމުން ދިޔަ ބޭފުޅުންނެވެ. އެކަމަކު މިއަދު ފެންނަ މަންޒަރަކީ އެ ޕާޓީއާ ވަކިވެ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީއާ ގުޅުނު ތަނެވެ. ރައީސް ޔާމީނަށް ކިތަންމެ ފާޑުކިޔަސް މިހާރު އެ ބޭފުޅުން ގެންދަވަނީ އަތްތިލަ ބަޑި ޖައްސަވަމުންނެވެ.

މިހާ ހިސާބުން އުފެދޭ އެންމެ ބޮޑު ސުވާލަކީ ރައީސް ޔާމީނަށް ވޯޓު ދެއްވި 96،000 މީހުން ކޮބައިތޯއެވެ. އޭރު ''މަޖުބޫރު'' ކޮށްގެން ޖަލްސާ އަށް ދިޔަ މީހުން މިއަދު ކޮބައިތޯއެވެ. ހަމަ ގައިމުވެސް މިއަދަކު ވަޒީފާގެ ބިރުވެރި ކަމެއް ވެސް ނެތެވެ. އެމަނިކުފާނަށް ޖާނާއި މާލު ދޭން ތައްޔާރަށް ތިބި ރައްޔިތުން މިއަދު ފެންނަން ނެތީ ކީއްވެތޯއެވެ؟ ވެރިކަމުން ފައިބަވަޑައިގަތުމުން އެ ފަރާތްތަކުން ރައީސް ޔާމީނަށް ކުރާ ތާއިދު އަނބުރާ ގެންދެވީތޯ؟ ނޫނީ ރައިސް ޔާމީނަށް މީހުން ތާއިދު ކުރެއްވީ މަޖުބުރު ވެގެންތޯ؟ މިހިރީ ފުނިފުންޏަށް ސުވާލެވެ. މިއަދު ޕީޕީއެމަށް އެންމެ މުހިއްމު ވަގުތުގައި އެ ޕާޓީއަށް ނިސްބަތްވާ ބަޔަކު ނެތުމަކީ ހަމަ ގައިމުންވެސް ޕީޕީއެމަށް ލިބިގެންދާ ފަޅުކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
13%
88%
0%
0%
0%
0%
ކޮމެންޓް