ކ. މާލެ
|
26 ނޮވެންބަރ 2019 | އަންގާރަ 18:43
މޯލްޑިވްސް ޕޯސްޓް ލިމިޓެޑު
މޯލްޑިވްސް ޕޯސްޓް ލިމިޓެޑު
އައްޑޫ ލައިވް
އީ ޓުކުރި
މުދާ އިޝްތިހާރުކޮށް ޑެލިވަރކުރުމުގައި އީ-ޓުކުރި ވަރެއް ނެތް!
 
ޑެލިވަރީ އާއި ޓްރެކިންގ ގެ ޚިދުމަތް އީޓުކުރި ޕްލެޓްފޯމުގެ ވިޔަފާރިތަކަށް ފޯރުކޮށްދެވޭ
 
ޕްލެޓްފޯމުގެ ތެރެއިން ގަނެވިއްކާ މުދާ ޕޯސްޓުގެ ޑެލިވަރީ ނިޒާމުގެ ތެރެއިން ރައްދުކުރެވޭ
 
އިޝްތިހާރުކުރުމުގެ މަރުހަލާގައިވެސް އީ-ޓުކުރި ޓީމްގެ އެހީތެރިކަން ލިބިގެންދޭ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ތައާރަފުކުރި "އީޓުކުރި"ގެ ސަބަބުން މުދާ އިޝްތިހާރުކުރުމަށާއި، ޑެލިވަރ ކުރަން އިތުރު ލުއިފަސޭހަތަކެއް ލިބިގެން ގޮސްފި އެވެ.

ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ އުފެއްދުންތައް މާރކެޓްކުރެވި ވިއްކޭނެ މަގު ތަނަވަސް ކުރުމަށް ތައާރަފް ކޮށްފައިވާ މި ޕްލެޓްފޯމް ފަންނު އެކްސްޕޯގައިވެސް ދައްކާލާފައިވާއިރު، ވިޔަފާރި ރަޖިސްޓްރީވުމުން ފެށިގެން މުދާ އަޕްލޯޑު ކުރުމާއި އިޝްތިހާރުކުރުމުގެ މަރުހަލާގައިވެސް އީ-ޓުކުރި ޓީމްގެ އެހީތެރިކަން ލިބިގެން ދެއެވެ.

އޭގެއިތުރުން، މުދާ ވިއްކުމާއި، އޮންލައިންކޮށް ފައިސާދެއްކުމާއި ކަސްޓަމަރުންނާ މުއާމަލާތް ކުރުމުގެ ފުރުސަތު މި ޕްލެޓްފޯމުގެ ޒަރިއްޔާއިން ލިބިގެންދާއިރު، މި ޕްލެޓްފޯމުގެ ތެރެއިން ގަނެވިއްކާ މުދާ ޕޯސްޓުގެ ޑެލިވަރީ ނިޒާމުގެ ތެރެއިން މާލެއާއި ރާއްޖޭގެ ކަންކޮޅޮތަކަށް ރައްދުކޮށްދެވިގެން ދެއެވެ.

އެގޮތުން 'ވެސަލް މެނޭޖްމަންޓް ސިސްޓަމް' އަކީ މި ޕްލެޓްފޯމުގެ ތެރޭގައި ހިންގާ ވިޔަފާރި މުއާމަލާތްތަކުން އުފައްދާ މުދާ ކަނޑުމަގުން ޓްރާންސްޕޯރޓު ކުރުމަށްޓަކައި ގާއިމްކުރެވިފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ތެރެއަށް ވަންނަ އުޅަދުފަހަރު މެދުވެރިކޮށް ރާއްޖޭގެ ކަންކޮޅުތަކަށް މުދާ އުފުލުމާއި ޑެލިވަރީ އާއި ޓްރެކިންގ ގެ ޚިދުމަތް އީޓުކުރި ޕްލެޓްފޯމުގެ ވިޔަފާރިތަކަށް ފޯރުކޮށްދެވެއެވެ.

މި ޕްލެޓް ފޯމަކީ ގާނޫނީގޮތުން ރަޖިސްޓަރީވެފައިވާ ކުދި ބޮޑު ހުރިހާ ވިޔަފާރިތަކާ ކޯޕަރޭޓިވްސްތަކަށް ހިލޭ ހުޅުވާލެވިފައިވާ ޕްލެޓްފޯމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
25%
75%
0%
0%
0%
0%
ކޮމެންޓް
29 ނޮވެންބަރ 2019 | ހުކުރު 19:26
އެހެންތަ؟
އެހެންތަ؟
27 ނޮވެންބަރ 2019 | ބުދަ 10:39
ށަވިޔަނި
ޙަމަ ވަރަށްސަޅި