ކ. މާލެ
|
26 ނޮވެންބަރ 2019 | އަންގާރަ 13:13
ޓެންޑަން ކޮންސަލްޓެންސީން އެންވަޔަރަމެންޓް މިނިސްޓްރީއާ އެކު އޮގަސްޓު މަހު ބޭއްވި ބައްދަލުކުރެއްމުގެ ތެރެއިން
ޓެންޑަން ކޮންސަލްޓެންސީން އެންވަޔަރަމެންޓް މިނިސްޓްރީއާ އެކު އޮގަސްޓު މަހު ބޭއްވި ބައްދަލުކުރެއްމުގެ ތެރެއިން
ފޭސްބުކް
ޓެންޑަން ކޮންސަލްޓެންސީ
ކަނޑުގެ ބާނި ބޭނުން ކޮށްގެން ހަކަތަ އުފެއްދުމުގެ މަސައްކަތް ފަށައިފި
 
މަސައްކަތް ކުރިޔަށް ދަނީ އޮސްޓްރޭލިޔާގެ ކުންފުންޏަކާއި ގުޅިގެން
 
ޕްރޮޖެކްޓް ކުރިޔަށް ގެންދިޔުމަށް ސަރުކާރުން ހުއްދަ ދީފައިވަނީ އޮގަސްޓު މަހު
 
އޭގެ ސަބަބުން ރައްޔިތުންނަށް ގިނަ މަންފާތަކެއް ކުރާނެ

ރާއްޖޭގެ ޓެންޑަން ކޮންސަލްޓިން އެންޑް ސަރވިސް ޕްރައިވެޓް ލިމިޓެޑާއި އޮސްޓްރޭލިޔާގެ ވޭވް ސްވެލް އެނަރޖީ(ޑަބްލިއުއެސްސީ) އާ ގުޅިގެން ކަނޑުގެ ބާނި ބޭނުން ކޮށްގެން ރާއްޖޭގައި ހަކަތަ އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

''ވޭވް އެނަރޖީ ޕައިލެޓް ޕްރޮޖެކްޓް'' ކުރިޔަށް ގެންދިޔުމުގެ ހުއްދަ ސަރުކާރުން ދީފައިވަނީ މި އަހަރުގެ އޮގަސްޓު މަހުއެވެ. އެ މަޝްރޫޢު ރާއްޖޭގައި ކުރިޔަށް ގެންދެވިދާނެތޯ ބަލަން ޑަބްލިއުއެސްސީގެ ޗެއަރމަން އަދި ވޭވް އެނަރޖީ އިންޑަސްޓްރީގައި 25 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ ޓޮމް ޑެނިސް ވަނީ ރާއްޖެ ވަޑައިގެންފައެވެ. ޓޮމްގެ ޑަބްލިއުއެސްސީ ކުންފުންޏަކީ އޮސްޓްރޭލިޔާގައި އެންމެ ފުރަތަމަ ބާނި ބޭނުންކޮށްގެން ހަކަތަ އުފެއްދި ކުންފުންޏެވެ.

ކަނޑުގެ ބާނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢާ ބެހޭ ގޮތުން މީޑިއާ އަށް މަޢުލޫމާތު ދިނުމަށް އަންގާރަ ދުވަހު މާގިރި ހޮޓެލްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޓެންޑަންގެ މެނޭޖިން ޑިރެކްޓަރ އާސިމް ރިޒާ ވިދާޅުވީ، ޔުނިވޭވް ޔުނިޓް ބޭނުން ކޮށްގެން ދެ ގޮތަކަށް ކަރަންޓު އުފެއްދޭ ކަމަށާއި، އެގޮތުން މިހާރު މަސައްކަތް ކުރަމުންދަނީ ރާއްޖެއަށް އެންމެ އެކަށީގެންވާ ގޮތް ހޯދުން ކަމަަށެވެ.

އެއްގޮތަކީ ކަނޑުގައި ޔުނިޓެއް ބަހައްޓައިގެން ކަރަންޓު ފޯރުކޮށްދިނުން ނުވަތަ ސީ ވޯލް އެއް ބޭނުން ކޮށްގެން ކަރަންޓު ފޯރުކޮށްދިނުންކަމަށެވެ. އެހެންކަމުން މީގައި ރާއްޖެއަށް އެންމެ އެކަށީގެންވަނީ ކޮންގޮތެއްތޯ ދެނެގަތުމަށް ދިރާސާކުރަމުން އަންނަ ކަމަށެވެ.

ޔުނިޓަކީ އިޓްސެލްފް ފަރަކަށް ދިގު މުއްްދަތަކަށް ބަދަލުވެގެންދާނެ އެއްޗެއް. ކަނޑު އަޑީގައި އެއްވެސް މޫވިން ޕާޓެއް ހުންނަ އެއްޗެއް ނޫން. އެހެންވީމާ އެ ބަހައްޓާ ސަރަހައްދަށްވެސް ލިބޭ ގެއްލުމަކަށްވުރެ ބޮޑަށް އަޅުގަނޑުމެންނަށް މީތި ފާހަގަ ކުރެވެނީ އެތަނަށް އެޑްވާ އިތުރު ޕްރޮޓެކްޝަން އެއް ނޫނީ އެތަނަށް އެޑްވާ އިތުރު ރީފްއެއް ގޮތަށް
ޓެންޑަން ކޮންސަލްޓެންސީ މެނޭޖިން ޑިރެކްޓަރ ~ އާސިމް ރިޒާ

ޔުނިޓް ބަހައްޓާނެ ޞަރަޙައްދެއް ހަމަޖައްސާނީ އެންމެ ބޮޑަށް ހަކަތަ އުފައްދާ ޞަރަޙައްދު ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ. އާސިމް ވިދާޅުވީ، މިހާރު އެންމެ ބޮޑަށް އިސްކަންދެނީ މާލެގައި އެ ބެހެއްޓުމަށް ކަމަށެވެ. އެގޮތުން މި ނިޒާމު ޤާއިމުކުރެވޭނެ ޞަރަޙައްދެއް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެނަރޖީ ޕްރޮފައިލް އަށް އަޅުގަނޑުމެން ބަލައިލިއިރު އެނަރޖީ ޕްރޮފައިލްގެ ދެބައިކުޅައި އެއްބައި މިއޮތީ މާލޭގައި. ފުރަތަމަ ގްރޭޓާ މާލޭ އޭރިޔާ ބަލާފައި އެންމެ ބޮޑު އިމްޕެކްޓެއް ގެނެވޭނީ ގްރޭޓާ މާލެ އޭރިޔާގެ ބޭނުން ކުރާ އަދަދު ދަށް ކުރެވިއްޖެޔާ އޭރުން ބާކީ ހުރި ހުރިހާ ރަށްތަކަށްވެސް އޭގެ ފަސޭހަ ކަމާއިއކެު ފައިދާތައް ލިބޭނެ
ޓެންޑަން ކޮންސަލްޓެންސީ މެނޭޖިން ޑިރެކްޓަރ ~ އާސިމް ރިޒާ
ޓެންޑަން ކޮންސަލްޓެންސީ މެނޭޖިން ޑިރެކްޓަރ އާސިމް ރިޒާ (ކ) އަދި ޑަބްލިއުއެސްސީގެ ޗެއަރމަން ޓޮމް ޑެނިސް. ފޮޓޯ: ރާއްޖެ.އެމްވީ

ބާނީގެ ވަރުގަދަ ކަމަށް ބަލާނަމަ އެންމެ ރަނގަޅީ ރާއްޖޭގެ ދެކުނުކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެންމެ ފުރަތަމަ ބޭނުންވަނީ އެ ޕްރޮޖެކްޓަކީ އިކޮނޮމިކަލީ އަދި ކޮމާޝަލީ ވައިބަލް ޕްރޮޖެކްޓެއްކަން ޕްރޫވް ކޮށްދިނުން ކަމަށެވެ.

ސަރުކާރުން މިފަދަ މަޝްރޫޢެއް ކުރިޔަށް ގެންދިޔުމުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުން ކަރަންޓު ސަބްސިޑީ ކުރާ ހޭދަ ކުޑަކޮށް، ސަރުކާރަށް އަންނަ ބުރަލުއިކޮށްދީ، ދިގު މުއްދަތަކަށް ރައްޔިތުންނަށް އޭގެ ނަފާލިބޭ ގޮތް ހޯދުމެވެ.

ޓެންޑަން އިން ލަފާކުރާ ގޮތުން އެ ކުންފުނިން ކުރާ މަސައްކަތުގެ މަންފާ ރައްޔިތުންނާ ހަމަޔަށް ލިބެން ފަސް އަހަރެއްހާ ދުވަސް ނަގާނެއެވެ. އަދި ރާއްޖޭގައި ބާނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢު ކާމިޔާބު ކުރެވިއްޖެނަމަ ކަރަންޓު ބިލުން 10 ގުނަވަރު ކުޑަވެގެންދާނެ ކަމަށް ޓެންޑަން ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް
26 ނޮވެންބަރ 2019 | އަންގާރަ 13:35
ެއެދުރު ހަސަން
ޢުފާވެރި ހަބަރެއް. އަހަރެންނަ ހަމަޖެހިލައގެން ގޭގަ މަޑުކޮއްލެވޭވަރު ވާނީ އަދި ފަސްއަހަރު ފަހުންތާ.އެވެސް މާލޭގައި އުޅޭނަމަ.