ކ. މާލެ
|
25 ނޮވެންބަރ 2019 | ހޯމަ 19:55
ޓްރެއިނިންގ ސެޝަންތަކުގެ ތެރެއިން
ޓްރެއިނިންގ ސެޝަންތަކުގެ ތެރެއިން
ރާއްޖެ އޮންލައިން
ހުޅުމާލޭ ސްޕޯޓްސް ސްކޫލް
ހުޅުމާލޭ ސްޕޯޓްސް ސްކޫލާއި އިޓަލީގެ އެކެޑަމީއަކާއި ގުޅިގެން ފުޓުބޯޅަ ޓްރެއިނިންގ ސެޝަންތަކެއް
 
މި ކޭމްޕްގައި 80 ކުދިން ބައިވެރިވޭ

ހުޅުމާލޭ ސްޕޯޓްސް ސްކޫލާއި އިޓަލީގެ ޓޮރީނޯ އެކެޑަމީ އާއި ގުޅިގެން ފުޓުބޯޅަ ޓްރެއިނިންގ ސެޝަންތަކެއް ކުރިޔަށް ގެންދަން ފަށައިފިއެވެ.

ހުޅުމާލޭ ސްޕޯޓްސް ސްކޫލުން ބުނީ މިއީ ހުޅުމާލޭގެ ސްޕޯޓްސް ސްކޫލާއި އިޓަލީގެ ޓޮރީނޯ އެކަޑަމީ އާއި ވެވުނު އެއްބަސްވުމުގެ ދަށުން ބާއްވަމުން އަންނަ ސެޝަން ތަކެއް ކަމަށާއި މާލޭގައި ކުރިޔަށްމިދާ ސެޝަން ތަކަކީ ހަތް ދުވަހުގެ ސެޝަން ތަކެއް ކަމަށެވެ.

އެގޮތުން މިފަހަރުގެ ސެޝަންތައް ދެ ދަންފަޅިއަކަށް ބަހައިލައިގެން ކުރިޔަށް ގެންދާއިރު ހެނދުނުގެ ދަންފަޅީގައި ބައިވެރިވާނީ 14 އަހަރުންދަށުގެ އުމުރުފުރާގެ ކުޅުންތެރިން ކަމަށާއި އަދި ހަވީރު ދަންފަޅީގެ ސެޝަންތަކުގައި ބައިވެރިވާނީ 12 އަހަރުން ދަށުގެ އުމުރުފުރާގެ ކުޅުންތެރިން ކަމަށް ހުޅުމާލޭ ސްޕޯޓްސް ސްކޫލުން ބުނެއެވެ.

2020 ވަނަ އަހަރު މީގެ އިތުރު ތިން ކޭމްޕް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ނިންމައިފައިވާ ކަމަށް ހުޅުމާލޭ ސްޕޯޓްސް ސްކޫލުން މައުލޫމާތުދެއެވެ.

ޓޮރީނޯ އެކެޑެމީގެ ކޯޗު ޑެނިއަލް ކްރެސްޕޯ ބުނީ ޒުވާން ކުޅުންތެރިންނަށް ބޭނުންވަނީ ރަނގަޅު ތަމްރީން ތަކެއް ކަމަށްށާއި އެކުޅުންތެރިން ކުރިއަރައި ދިޔުމަށް މިފަދަ ކޭމްޕް ތަކުން އެތަށް ގޮތަކުން ފައިދާ ކުރާނެ ކަމަށެވެ.

މި އަހަރުގެ ކޭމްޕްގައި 80 ކުދިން ބައިވެރިވާ ކަމަށް ހުޅުމާލޭ ސްޕޯޓްސް ސްކޫލުން ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
17%
0%
17%
0%
67%
ކޮމެންޓް