ކ. މާލެ
|
25 ނޮވެންބަރ 2019 | ހޯމަ 11:43
ރެއިންބޯ އިޔަރ އެންޑް ސޭލް
ރެއިންބޯ އިޔަރ އެންޑް ސޭލް
ރާއްޖެއެމްވީ
ރެއިންބޯ އިޔަރ އެންޑް ސޭލް
ރެއިންބޯ އިޔަރ އެންޑް ސޭލް ފަށައިފި
 
މި ސޭލްގެ ގުރުނެގުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ވަނަ ދުވަހު އޮންނާނެ
 
މި ސޭލްގައި ވިޔަފާރި ކޮށްގެން ގުރުއަތުން ހޮވޭ 3 ފަރާތަކަށް ބިލްގެ ޖުމްލަ އަދަދު ލިބޭނެ
 
ސޭލް ފަށާފައިވަނީ ނޮވެމްބަރު 25 ވަނަ ދުވަހު

އަގުހުރި އިނާމު ތަކަކާއިއެކު ރެއިންބޯ އިޔަރ އެންޑް ސޭލް ނޮވެންބަރު 25 ވަނަ ދުވަހު ފަށައިފިއެވެ.

ރެއިންބޯ އެންޓަރޕްރައިސަސްގެ ފަރާތުން ބުނީ ފަސްސަތޭކަ ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކުރައްވާ ކޮންމެ ފަރާތަކަށް ސޭލްގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ސޭލް ކުރިއަށްދާނީ އަންނަ އަހަރުގެ ޖެނުއަރީ 10 ވަނަ ދުވަހާއި ހަމައަށް ކަމަށް ވެސް ރެއިންބޯ އިން ބުންޏެވެ.

މި ސޭލްގައި ވިޔަފާރި ކޮށްގެން ގުރުއަތުން ހޮވޭ 3 ފަރާތަކަށް ބިލުގެ ޖުމްލަ އަދަދު ލިބޭނެ ކަމަށް ވެސް ރެއިންބޯ އިން ބުނެއެވެ. ރެއިންބޯ އެންޓަޕްރައިސަސް އިން ބުނީ މި ސޭލްގެ ދަށުން އެކި ސާމާނުތަކުން ވަރަށް ބޮޑު ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

އިޔަރ އެންޑް ސޭލް ކުރިއަށް ދާނީ ރެއިންބޯ ލިވިންގ މޯލް، ރެއިންބޯ ބިލްޑްވެއަރ، ރެއިންބޯ ޝޮޕް، ރެއިންބޯ ތިނަދޫ، ރެއިންބޯ އައްޑޫ އަދި ރެއިންބޯ އޮފީސް ސިސްޓަމްގެ އިތުރުން ރެއިންބޯ އޮންލައިން ސްޓޯރުގައެވެ. މި ސޭލްގެ ގުރުނެގުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ވަނަ ދުވަހު ބައްވާނެކަމަށްވެސް ރެއިންބޯ އިން ބުނެއެވެ.

މިދިޔަ އަހަރު ރެއިންބޯ އިޔަރ އެންޑް ސޭލްގައި ގުރުއަތުން ހޮވުނު ތިން ފަރާތައްވެސް ހަދިޔާކޮށްފައިވަނީ އައިފޯން 10 އެވެ.

ރެއިންބޯ އިޔަރ އެންޑް ސޭލް އަކީ އާންމުންގެ މެދުގައި މަޤުބޫލު ސޭލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް