ކ. މާލެ
|
24 ނޮވެންބަރ 2019 | އާދީއްތަ 12:32
މާއުނގޫދޫގެ ފާރެއް
މާއުނގޫދޫގެ ފާރެއް
ރާއްޖެއެމްވީ
މާއުނގޫދޫ
މާއުނގޫދޫ ފާރުތަކުގައި އައިއެސްގެ ދިދަ ސްޕްރޭ ކުރި މައްސަލަ ބަލަނީ!
 
އެރަށު ކައުންސިލުން ބުނީ، އެމީހުން އެރަށަށް އަރާފައިވަނީ އިރާކޮޅުގެ ވަގުތެއްގައި ކަމަށް
 
އެމީހުން ސްޕްރޭ ގަތީ އެރަށު ފިހާރައަކުން ކަމަށް ކައުންސިލުން މައުލޫމާތުދޭ

ށ. މާއުނގޫދޫގެ ބައެއް ފާރުތަކުގައި ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ދިދަ ސްޕްރޭ ކުރި މައްސަލަ އެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، މާއުނގޫދޫ ގެ އެކި ފާރުތަކުގައި ޝަހާދަތް ލިޔެ އައިއެސް ލޯގޯ އާ އެއްގޮތްވާ ގޮތަށް ސްޕްރޭ ކޮށްފައިވާ މައްސަލަ އެއް ރިޕޯޓްކޮށްފައިވުމާއި ގުޅިގެން އެކަން ހިނގާދިޔަ ގޮތް އިތުރަށް ތަހުގީގުކޮށް ބަލަމުން އަންނަ ކަމަށެވެ.

އެކަމާއި ބެހޭގޮތުން ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން އެރަށު ކައުންސިލް އިދާރާއިން ބުނީ ހުއިފިލަނޑާ ނަގާ ދޯންޏަކުން ހަތަރު މީހަކު އެރަށަށް އަރައި އެކި އެކި ފާރު ތަކުގައި އައިއެސް ދިދަ ސްޕްރޭކޮށް އެރަށުން ފައިބާފައިވާ ކަމަށެވެ.

އިތުރަށް ބުނީ، އެކަންކުރީ ސީދާ ކޮން ބައެއް ކަމެއް ނޭނގުނު ނަމަވެސް އެބަޔަކު އެރަށަށް އަރާފައިވަނީ އިރާކޮޅުގައި ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ ފާރުތަކުގައި ސްޕްރޭ ކުރުމަށް އެމީހުން ސްޕްރޭ ގަނެފައިވަނީ އެރަށުގެ ފިހާރައަކުން ކަމަށެވެ.

އެ މައްސަލަ ހިނގާދިޔަ ގޮތް ބެލުމަށް ށ. ފުނަދޫގެ ޕޮލިސްޓޭޝަނުގެ ބައެއް ބޭފުޅުން މިވަގުތު އެރަށުގައި ހަރަކާތްތެރިވާ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
17%
0%
67%
17%
0%
ކޮމެންޓް
24 ނޮވެންބަރ 2019 | އާދީއްތަ 13:05
233ކލި
މި ގްރޫޕް އަބަދުވެސް ފިލާ ތިބެ ސްޕްރޭ ކުރާނީ.. މާލޭ ފާރުތަކުގަވެސް ހުންނާނެ.. ސީރީއާ ކޯލިންގ .. ނޫނީ އެކަހަލަ ކޮންމެސް އެއްޗެއް ލިޔެފަ.. އަސްލު މިހާރު އައިއެސް އެއްނެތް.. ދެން ކޮން ސަކަރާތެއް ޖަހާކަށް..