ކ. މާލެ
|
22 ނޮވެންބަރ 2019 | ހުކުރު 18:09
ގައުމީ 19 އަހަރުން ދަށުގެ ޓީމް
ގައުމީ 19 އަހަރުން ދަށުގެ ޓީމް
އެފްއޭއެމް
ސައުތް އޭޝިއަން ގޭމްސް
ސައުތް އޭޝިއަން ގޭމްސް: ރާއްޖެ އާއި އިންޑިއާ އެއް ގްރޫޕެއްގައި
 
ރާއްޖޭގެ 23 އަހަރުންދަށުގެ ފުޓުބޯޅަ ޓީމާއި އިންޑިއާ އާއި އެއް ގްރޫޕެއްގައި ހިމެނުނުއިރު މި ގްރޫޕްގައި ދެން ހިމެނިފައިވަނީ ސްރީ ލަންކާ

ޑިސެމްބަރު މަހު ނޭޕާލުގައި ފަށާ ސައުތް އޭޝިއަން ގޭމްސްގެ ފުޓުބޯޅަ ކެޓަގަރީގައި ރާއްޖެ އާއި އިންޑިއާއިން އެއް ގްރޫޕެއްގައި ލައްވައިލާފިއެވެ.

ރާއްޖޭގެ 23 އަހަރުންދަށުގެ ފުޓުބޯޅަ ޓީމާއި އިންޑިއާ އާއި އެއް ގްރޫޕެއްގައި ހިމެނުނުއިރު މި ގްރޫޕްގައި ދެން ހިމެނިފައިވަނީ ސްރީ ލަންކާއެވެ.

މި މުބާރާތުގެ ގްރޫޕް "އޭ" ގައި ހިމެނިފައިވަނީ މުބާރާތް ބާއްވާ ގައުމު ނޭޕާލް، ބަންގްލަދޭޝް އަދި ބޫޓާނެވެ.

13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ ފުޓުބޯޅަ އިވެންޓްގެ ކުޅުން ފަށާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅޭ މެޗުގައި ބައްދަލުކުރާނީ ނޭޕާލާއި ބަންގްލަދޭޝްއެވެ.

މި މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

މިއަހަރުގެ ސައުތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ފިރިހެން ފުޓުބޯޅަ ޓީމުގެ އިތުރުން އަންހެން ފުޓުބޯޅަ ޓީމުވެސް ބައިވެރިވާނެއެވެ. އެގޮތުން އަންހެން ފުޓުބޯޅަ އިވެންޓްގައި ވާދަކުރާނީ ރާއްޖޭގެ އިތުރުން ނޭޕާލް، އިންޑިއާ އަދި ސްރީލަންކާ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
0%
33%
17%
ކޮމެންޓް