ކ. މާލެ
|
22 ނޮވެންބަރ 2019 | ހުކުރު 18:16
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ރައީސް އޮފީސް
އިމްރާން އަބްދުﷲ
ހައްދުފަހަނައަޅާފައިވާ އަމަލުތަކާއި ދައުވަތުގެ މަސައްކަތް އެއްކަމެއްގެ ގޮތުގައި ދައްކަން މަސައްކަތްކުރުމަކީ ގޯހެއް: އިމްރާން
 
އެހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައި
 
އަފްރާޝީމްއާ ރިލްވާން މަރާލުމުގައި ހައްދުފަހަނައަޅާފައިވާ މީހުންގެ އަތެއްވާ ކަމަށް ބުނެވޭ
 
ސައްހަ އަގީދާ ބަޔާންކޮށް އިލްމު ފެތުރުމަކީ އިލްމުވެރިންގެ މަސައްކަތެއް ކަމަށް ވިދާޅުވި

ހައްދުފަހަނައަޅާފައިވާ އަމަލުތަކާއި, ދީނީ ދައުވަތުގެ މަސައްކަތް އެއް ކަމެއްގެ ގޮތުގައި ދައްކަން މަސައްކަތްކުރުމަކީ ގޯހެއްކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިސްލާމް ދީނުގެ ސައްޙަ އަގީދާ ބަޔާންކޮށް އިލްމު ފެތުރުމަކީ ދީނީ އިލްމުވެރިންގެ މަސައްކަތެއް ކަމަށެވެ. ނަމަވެސް އިސްލާމްދީނުގެ ނަމުގައި ހިންގާ ހައްދުފަަހަނައަޅަފާއިވާ އަަމަލުތަކާއި، ދީނުގެ ހައްގު ދައުވަތުގެ މަސައްކަތް އެއީ އެއް ކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރުމަކީ ބޮޑު ގޯހެއް ކަމަށް ޝޭހް އިމްރާންގެ ޓްވީޓުގައި ވިދާޅުވިއެވެ.

ހައްދުފަހަނައަޅާފައިވާ އަމަލުތަކާއި ދައުވަތުގެ މަސައްކަތް އެއީ އެއްކަމެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރުމަކީ އެއް ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެފައިވާއިރު، މި ފަހަކަށް އައިސް ހައްދުފަހަނަ އަޅާފައިވާ މީހުން އަދަދު ރާއްޖޭގައި ގިނަވަމުންދާ ކަމަށް އެކި ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންއާ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް މަރާލުމުގެ އަޑީގައި ތިބީ ހައްދު ފަހަނައަޅާފައިވާ ޖަމާއްތަތަކުގެ މިހުންކަން މަރު ކޮމިޝަނުން އެކުލަވައިލި ރިޕޯޓުން ހަމާވެއެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މީހުން ވަނީ ޖިހާދު ކުރުމުގެ ނަމުގައި ސީރިޔާ ފަދަ ގައުމުތަކަށް ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
60%
20%
0%
20%
0%
ކޮމެންޓް