ކ. މާލެ
|
22 ނޮވެންބަރ 2019 | ހުކުރު 16:54
ރައީސް ސޯލިހު ވޯޓުލައްވަނީ
ރައީސް ސޯލިހު ވޯޓުލައްވަނީ
މުންޝިދް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
އެތެރޭގެ އިންތިހާބުތަކުން އެމްޑީޕީ ތަސައްރަފު ފުދިފައިވާކަން އެނގިގެންދޭ: ރައީސް
 
ވޯޓުލުން ކުރިޔަށް ދަނީ ހަވީރު ހައެއް ޖަހަންދެން
 
ވީހާވެސް ގިނަ ބަޔަކު އިންތިހާބުގައި ބައިވެރިވުން މުހިއްމު ކަމަށް ރައީސް ވިދާޅުވި
 
ޑިމޮކްރެސީ އަށް ލިބޭނެ އިތުރު ކުރިއެރުމެއް ކަަމަށް ވިދާޅުވި

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ތަކުން އެ ޕާޓީ ތަސައްރަފު ފުދިފައިވާކަން އެނގިގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ލެއްވުމަށް ފަހު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، މިފަދަ އިންތިހާބުތަކަކީ ޑިމޮކްރެސީ ހަރުދަނާ ކުރުމަށް ލިބިގެންދާ ކުރިއެރުމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެމްޑީޕީއަކީ އެތެރޭގެ އިންތިހާބުތައް އަބަދުވެސް ކެނޑިނޭޅި ބާއްވަމުން އަންނަ ޕާޓީއެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އިންތިހާބުތައް އޮމާންކަމާއި އެކު ކުރިޔަށްދާ ދިޔުމުން އެނގިގެން ދަނީ އެމްޑީޕީ އަކީ އިންތިހާބުތަކަށް ތަސައްރަފު ފުދި އެކަން ކުރަން އެނިގެން ކުރާ ބައެއް ކަމަށެވެ.

މިއަދުވެސް ވަރަށް އޮމާންކަމާއި އެކީ މި އިންތިހާބު ކުރިޔަށް ދާތަން އަޅުގަނޑަށް ފެންނަނީ. މިއީން ދޭހަކޮށްދެނީ އެމްޑީޕީގެ މެމްބަރުން އިންތިހާބުތަކަށް ތަސައްރަފު ފުދިފައި މިކަން ކުރަން އެނގިގެން ކުރާ ބައެއްކަން
އިބްރާހިމް މުހައްމަދު ސޯލިހު ~ ރައީސުލްޖުމްހޫރިއްޔާ ~

ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވީހާވެސް ގިނަ މެމްބަރުން ބައިވެރިވެ މެމްބަރުންގެ ވިސްނުން ހުރި ގޮތަކަށް ކަންތައްތައް ނިމިގެން ދިޔުން މުހިއްމު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ރައީސް އަދި ނައިބު ރައީސް ކަމުގެ މަޤާމަށް މީހުން ހޮވުމަށް ބާއްވާ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހުކުރު ދުވަހު 2:00 ގައެވެ. އިންތިޚާބު އިރުއޮއްސި 06:00 ޖަހަންދެން ކުރިއަށްދާއިރު ޖުމްލަ 87439 މީހުން ވޯޓުލުމަށް ރަޖިސްޓްރީ ވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
13%
88%
0%
0%
0%
0%
ކޮމެންޓް