ކ. މާލެ
|
22 ނޮވެންބަރ 2019 | ހުކުރު 16:04
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ރައީސް އޮފީސް
ރައީސް ސޯލިހު
އެންމެ ހިތްހަމަޖެހެނީ ގައުމުގައި އަމާންކަމާއި ސުލްހަވެރިކަން ޤާއިމްކުރެވުމުން: ރައީސް
 
ސަރުކާރަށް އަހަރެއްވީއިރު އެކަންތަކަށް ވަރަށް ބޮޑު ހައްލެއް އައިސްފައިވޭ
 
ބައެއް ޕްރޮޖެކްޓްތަކާއި ބައެއް މަސައްކަތްތައް ކުރީ ސަރުކާރުން ކޮށްފައިހުރީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫން
 
ކުރީ ސަރުކާރުން ކަންތައްތައްް ކޮށްފައި ހުރީ އޮޅުން ބޮޅުން އަރާގޮތަށް ކަމަށް ވިދާޅުވި

ސަރުކާރަށް އަހަރެއް ފުރުނުއިރު، އެންމެ ހިތްހަމަޖެހިވަޑައިގެންނެވީ ގައުމު އަމާންކަމާއި ސުލްހަވެރިކަން ޤާއިމްކުރެވުމުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު ރާއްޖެޓީވީއަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ކުރީ ސަރުކާރުން އޮޅުންބޮޅުންވާއަރާގޮތަށް ކަންތައްތައް ކޮށްފައި ހުރި ކަމަށެެވެ. އެގޮތުން ބައެއް ޕްރޮޖެކްޓްތަކާއި ބައެއް މަސައްކަތްތައް ކުރީ ސަރުކާރުން ކޮށްފައިހުރީ އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރަށް އަހަރެއްވީއިރު އެކަންތަކަށް ވަރަށް ބޮޑު ހައްލެއް އައިސްފިކަަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރަށް އަހަރެއް ފުރުނުއިރު އެންމެ އުފާފުޅުވެވަޑައިގަންނަވަނީ ރައްޔިތުންނަށް ބިރެއްނެތި އުޅެވޭނެ ގޮތް ހަމަޖައްސައިދެވުމުންނެވެ.

އެންމެ ހިތްހަމަޖެހޭކަމަކީ ހަމަޖެހުމާއި ސުލްހާއިއެކު ރައްޔިތުންނަށް ބިރެއްނެތި އުޅެވޭނެ ގޮތް އަޅުގަނޑުމެންނަށް ހަދައިދެވުނު. އިރާދަކުރެއްވިއްޔާ އެކަން މި ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ހުރިހާ ރައްޔިތުންނަށް ފެނިގެންދާނެ.
އިބްރާޙިމް މުހައްމަދު ސޯލިހު ~ ރައީސުލްޖުމްހޫރިއްޔާ

ގައުމު އަމަންކަމާއި ސުލްހަވެރިކަމާއިއެކު ހިންގުމުން އުފާފުޅުވާ ކަމަށްވާ ރައީސް ވިދާޅުވެފައިވާއިރު، ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ އަހަރުގެ ޕޮލިސް ރިކޯޑްތަކަށް ބަލާއިރު، އަނިޔާވެރި ކުށްތައް، އެންމެ މަދުން ހިނގީ މި އަހަރުކަން އިނގޭ ކަމަށެވެ.

ގުރޫޕް މާރާމާރީގެ ޢަދަދުވެސް މިދިޔަ އަހަރަށްވުރެ 50 އިންސައްތަ މަދުވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ. މިދިޔަ ހަ އަހަރުގެ ތެރޭގައި ގޭންގް ކުށްތަކުގައި، މާލޭގެ މަގުތަކުގައި 21 މީހަކު މަރާލާފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
0%
50%
0%
ކޮމެންޓް
22 ނޮވެންބަރ 2019 | ހުކުރު 18:11
ބޮޑު ދެލޯ
"ބިރެއްނެތި ރައްޔިތުންނަށް އުޅެވޭނެގޮތް ހަދާދެވުނީމާ އުފާ ވެއޭ" ރައީސު ވިދާޅުވީމާ އެ ވާނީ ތެދަކަށް! ޢެކަނަކު އަހަރެން މި ބުނަނީ މާތް ﷲ ގަންދީ ހަދާ ތެދެއް. ތޫނު ހަތިޔާރު ހިފައިގެން ވަގު ވަދެދާނެ ކަމުގެ ތަޖްރިބާކުރެވިފައިވުމުން ގަންނާކުރައްވާ ބިރުން ހަމަޔަށް ލޮލުފިޔަ ޖަހަން ނުކެރޭ ކިތައްމެ ރެއެއް އެބަ ވޭތިކުރަން. މިއީ الله سبحانه و تعالى ހަނދާންކޮށްބުނި حقيقي ތެދެއް،