ކ. މާލެ
|
22 ނޮވެންބަރ 2019 | ހުކުރު 13:10
މިއަދުގެ ޚުތުބާގެ މައުޟޫއަކީ ހެޔޮ ގޮތުގައި ޗުއްޓީގެ ބޭނުން ހިފާށެ
މިއަދުގެ ޚުތުބާގެ މައުޟޫއަކީ ހެޔޮ ގޮތުގައި ޗުއްޓީގެ ބޭނުން ހިފާށެ
ރާއްޖެ އެމްވީ
ޚުތުބާ
އިންސީންގެ ތެރޭގައި ތިބި ވަސްވާސް ދޭ މީހުން ޒުވާނާގެ ހިތަށް ވަސްވާސް ވެއްދުމަށް ވަރަށް ފާރަލާނެ: ޚުތުބާ
 
ހުސްވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފައިފިނަމަ ނަފްސާނީ، ހިއްސީ ކަންނެތްކަމުގެ ޝިކާރައަކަށް ވެގެންދާނެ
 
ނިއުމަތްތަކުގެ އަގު ވަޒަން ކުރެވޭނީ އެނިއުމަތެއް ގެއްލިގެން ދިއުމުން
 
ޗުއްޓީގެ ގޮތުގައި މިލިބޭ ދުވަސްކޮޅުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަންޖެހޭ

އިންސީންގެ ތެރޭގައި ތިބި ވަސްވާސް ދޭ މީހުން ޒުވާނާގެ ހިތަށް ވަސްވާސް ވެއްދުމަށް ވަރަށް ފާރަލާނެ ކަމަށާއި، އެކަމަށް ހޭވެރިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''ހެޔޮ ގޮތުގައި ޗުއްޓީގެ ބޭނުން ހިފާށެވެ'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އިންސީންނާއި ޖިންނީންގެ ތެރޭގައި އިންސާނާއަށް ވަސްވާސް ދޭ ބަޔަކު ވާކަން އަބަދު ވެސް ހަނދާން ބަހައްޓަންޖެހޭ ކަމަށެވެ. މި އުސޫލުން އިންސީންގެ ތެރޭގައި ތިބި ވަސްވާސް ދޭ މީހުން ޒުވާނާގެ ހިތަށް ވަސްވާސް ވެއްދުމަށް ވަރަށް ފާރަލާނެ ކަމަށާއި، މިވަސްވާސްތަކުން ސަލާމަތްވުމަށް ޗުއްޓީގެ ގޮތުގައި ލިބޭ ދުވަސްކޮޅުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަންޖެހޭ ކަމަށެވެ.

ޚުތުބާގައި ބުނީ ޝައިތާނާގެ ގޮވާލުންތަކުގެ ތެރޭގައި ހިމެނޭ ހަވާ ނަފްސުގެ ނުބައި އެދުންތަކަށް ހެއްލި ބޭކާރު ކަންތައްތަކާއި ބޭކާރު ވާހަކަ ދެއްކުމުގައި ވަގުތު ނަގާލުމުގެ ބަދަލުގައި އިސްލާމްދީން ހުއްދަކުރާ އަދި ދުނިޔެވީ ގޮތުން ފައިދާ ކުރަނިވި ކޮންމެވެސް ހުނަރެއް ކުރިއެރުވުމަށް ނުވަތަ އެފަދަ މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ.

ކީރިތި ގުރުއާންގެ މިންވަރެއް ކިޔެވުމަށް ކޮންމެ ދުވަހަކު ވެސް ވަގުތުކޮޅެއް ހޭދަ ކުރުމަށާއި، މިސްކިތާ ރަހުމަތްތެރި ފަސްވަގުތު ނަމާދު ކުރާ މީހަކަށްވުމަށް ޚުތުބާގައި ވަނީ ނަސޭހަތެރިވެފައެވެ. މީގެ އިތުރުން ރަށުގައި ކުރެވެން ހުރީ ކޮންކަހަލަ މަސައްކަތެއްތޯ ބަލައި ދަސްކޮށް އެމަސައްކަތަށް އަހުލުވެރިވާންޖެހޭ ކަމަށާއި، ޗުއްޓީ ނިމިގެންދާއިރު އައު މަސައްކަތެއް ދަސްވެފައިވުމީ ލިބޭ ކުރިއެރުމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

އެ ޝައިތާނާ އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ ޝައިތާނާއެވެ. ޖިންނީންގެ ތެރެއިންނާއި މީސްތަކުންގެ ތެރެއިންވާ ޝައިތާނާނުންނެވެ
މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވޭ-

ޚުތުބާގައި ބުނީ ޗުއްޓީގައި ގިނަ ހުސްވަގުތު ލިބެންދާއިރު، މިމުޖުތަމައުގެ ގިނަބަޔަކު ޓީވީ ސްކްރީންތަކުގެ ކުރިމަތީގައި އަގުހުރި ގިނަ ވަގުތުތަކެއް ނަގާލާ ކަމަށާއި، ވަކިން ޚާއްސަކޮށް ކުޑަކުދިން ސްކްރީންތަކުގެ ކުރިމަތީގައި ކާޓޫނު ބެލުމަށް ގިނަ ވަގުތު ހޭދަކުރާ ކަމަށެވެ. އެއީ އޭގެ ސަބަބުން އެކުދިންގެ ސިކުނޑި އާއި ހަށިގަނޑު ހެދި ބޮޑުވުމަށް ނުހަނު ބޮޑަށް ގެއްލުން ލިބޭ ކަމެއްކަމަށް ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ޒުވާނުން ވެސް ޓީވީ ސީރީޒްތަކާއި ފިލްމުތަކުގެ ތެރެއަށް ގެއްލިގެން ދިއުމަކީ ނޭނގި ތިއްބާ އެޒުވާނުންގެ ވިސްނުމާއި ފިކުރަށް ނޭދެވޭ އެތައް އަސަރުތަކެއް ކުރާ ކުރާ ކަމެއް ކަމަށެވެ. އަދި މުސްލިމް ނޫން މުޖުތަމައުގެ އާދަކާދަތަކާއި އިސްލާމްދީނާ ފުށުއަރާ ތަގާފަތްތައް ދައްކުވައިދޭ ސީރީޒްތައް ކެނޑިނޭޅި ބަލަމުން ގެންދިއުމުގެ ސަބަބުން ޒުވާނުންގެ ހިތްތަކާއި، ސިކުނޑިތަކަށް ނޭދެވޭ އަސަރުކޮށް އެކުދިންގެ މުޅި ހަޔާތަށް ވެސް އެއަސަރު ފޯރާ ކަމަށެވެ.

ހުސްވަގުތުތަކަށް އަލިއަޅުއްވާލައްވާ ޚުތުބާގައި ބުނީ އިންސާނާގެ ހަޔާތުގައި އޭނާއަށް ދެއްވާފައިވާ ގިނަގުނަ ނިއުމަތްތަކުގެ އަގު ވަޒަން ކުރެވޭނީ އެނިއުމަތެއް ގެއްލިގެން ދިއުމުން ކަމަށާއި، ހުސްވަގުތަކީ އިންސާނާ އެންމެ ބޮޑަށް ކަންނެތް ކުރުވައި އިންސާނާއަށް ދެއްވާފައިވާ ދުޅަހެޔޮކަން ނަގައިލުމަށް އެންމެ ބޮޑު ދައުރެއް އަދާކުރާ ކަމަށެވެ. އަދި ހުސްވަގުތު ހޭދަކުރުމުގައި އިންސާނާ ފަރުވާކުޑަކޮށްފި ނަމަ އޭނާއަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.

އެގޮތުން ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން ނުވަތަ ހިއްސީ ގޮތުން ކަންނެތްކަމުގައި ޝިކާރައަކަށް އެމީހަކު ވެގެންދާނެ ކަމުގެ ބިރު ވަރަށް ބޮޑު ޚުތުބާގައި ބުންޏެވެ.

ފަސްކަމެއް ނެތިވެ ދިއުމުގެ ކުރިން ފަސްކަމެއް ލިބިގަންނާށެވެ.! މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ލިބިގަންނާށެވެ. ބަލިވުމުގެ ކުރިން ދުޅަހެޔޮކަމުގެ ފައިދާ ލިބިގަންނާށެވެ. އަވަދިނެތިވެ އުޅުމުގެ ކުރިން ހުސްވަގުތުގެ ފައިދާ ލިބިގަންނާށެވެ. ފަގީރުވުމުގެ ކުރިން މުއްސަންދިކަމުގެ ފައިދާ ލިބިގަންނާށެވެ. މަރުވުމުގެ ކުރިން ހަޔާތުގެ ފައިދާ ލިބިގަންނާށެވެ.
ނަބިއްޔާ މުހައްމަދުގެފާނު އުއްމަތަށް އިރުޝާދު ދެއްވާފައިވޭ

ދަރިންނަކީ މާތްﷲ ހަވާލުކުރައްވާފައިވާ ވަރަށް އަގު ހުރި އަމާނާތަކަށްވާތީ ޗުއްޓީގެ ތެރޭގައި ވެސް އެކަމުގެ މަތިން ހަނދާން ނައްތާ ނުލާ ދަރިންގެ ކަންކަން ބެލުމަށް މައިންބަފައިންނަށް ވަނީ ނަސޭހަތެރިވެފައެވެ. އަދި އުއްމަތް ހެޔޮގޮތުގައި ދެމިއޮތުމަށް އެންމެ ބޮޑު ޒިއްމާއެއް އެބަޔެއްގެ ކޮނޑުގައި އެޅުވިފައިވާ ބަޔަކީ ޒުވާނުން ކަމަށާއި، ބޭކާރު ގޮތުގައި ވަގުތުތައް ނަގާނުލާ ޒިންމާތައް ފުރިހަމައަށް އަދާކުރާ ކުރުމަށް ޚުތުބާގައި ގޮވާލެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް