ހޮނިހިރު 11 ޖުލައި 2020
11 ފުނޯސް
1441 ޒުލްގައިދާ 20
ފަތިސް 04:42
އިރުއަރާ 05:59
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
އައިޓީބީ ފެއަރ

އައިޓީބީ ފެއަރގައި ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި

  • ޑިސެމްބަރު މަހުގެ 24 އާ ހަމައަށް ޕްރޮޕޯސަލް ހުށަހެޅޭނެ
  • މިއަހަރުގެ ފެއަރގައި 105 ކުންފުންޏަކުން ބައިވެރިވެފައިވޭ

ކ. މާލެ | 22 ނޮވެންބަރ 2019 | ހުކުރު 12:34 | 2,946

މިއަހަރު އޮތް އައިޓީބީ ފެއަރގެ ތެރެއިން - ރައީސް އޮފީސް

ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ ބޮޑު ފަތުވެރިކަމުގެ ފެއަރ (އައިޓީބީ) ގައި ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިއުލާންކޮށްފިއެވެ.

އެމްއެމްޕީއާރްސީއިން ބުނެފައިވަނީ 2020، 2021 އަދި 2022 ވަނަ އަހަރަށް އައިޓީބީ ފެއަރގައި ރާއްޖޭގެ ސްޓޭންޑް ފަރުމާކުރުމަށް ބޭނުންވާ ފަރާތްތަކުން ޑިސެމްބަރު މަހުގެ 24 އާ ހަމައަށް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ.

މިއަހަރުގެ އައިޓިބީ ފެއަރ ޖަރުމަންވިލާތުގެ ވެރިރަށް ބާލިންގައި ބާއްވާފައިވަނީ މާރޗް މަހުގެ 6 ވަނަ ދުވަހުން 10 ވަނަ ދުވަހަށެވެ. ފެއަރ ބައްލަވާލުމަށްޓަކައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ރާއްޖޭގެ ސްޓޯލަށް ވަޑައިގެންފައެވެ.

މި ފެއަރގައި ރާއްޖޭގެ 105 ކުންފުންޏަކުން 265 މީހުން ވަނީ ބައިވެރިވެފައިވެއެވެ.

މިއަހަރުގެ އައިޓީބީ ފެއަރގައި ވެސް ރާއްޖޭގެ ސްޓޭންޑް ވަރަށް ރީތިކޮށް ޒީނަތްތެރިކޮށްފައިވާއިރު ސްޓޭންޑުން މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ވަކި ކައުންޓަރެއް، ރާއްޖޭގެ ސަޤާފީ ކުޅިވަރުތަކާއި ބޮޑުބެރުގެ ލަވަތަކާއެކު ދިވެހިންގެ ނެށުންތައް ދައްކާލުމަށް ވަކި ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. އަދި ދިވެހިންގެ އަތްތެރި މަސައްކަތްތައް ދައްކުވައިދޭ ސާމާނު ވެސް ޑިސްޕްލޭ ކޮށްފައިވެއެވެ. ސްޓޭންޑްގައި ދެން ހުރީ ކުންފުނިތަކަށް ދޫކޮށްފައިވާ ކައުންޓަރުތަކެވެ. ރާއްޖޭގެ މަޝްހޫރު ބައެއް ކުންފުނިތަކުގެ އިތުރުން ގިނަ ރިސޯޓުތަކުން ވަނީ ފެއަރގައި ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.