ކ. މާލެ
|
22 ނޮވެންބަރ 2019 | ހުކުރު 14:11
އެމްޑީޕީގެ މެމްބަރުން އެޕާޓީގެ ޖަލްސާއެއްގައި- އެމްޑީޕީގެ ލީޑަރޝިޕް ވޯޓުލުން ވަނީ ފެށިފައި
އެމްޑީޕީގެ މެމްބަރުން އެޕާޓީގެ ޖަލްސާއެއްގައި- އެމްޑީޕީގެ ލީޑަރޝިޕް ވޯޓުލުން ވަނީ ފެށިފައި
ރާއްޖެއެމްވީ
އެމްޑީޕީ ލީޑަރޝިޕް އިންތިހާބު
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި
 
87 ދާއިރާއެއްގައި ވޯޓް ފޮށި ބެހެއްޓިފައިވާއިރު، 185 ތަނަކަށް މެންބަރުން ވޯޓްލާނެ
 
ޖުމްލަ 87439 މީހުން ވޯޓްލުމަށް ރަޖިސްޓްރީކޮށްފައިވޭ
 
ވޯޓުލާން ފަށާފައިވަނީ ހުކުރު ދުވަހުގެ މެންދުރު 2:00 ގައި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަދި ނައިބުރައީސް ކަމުގެ މަޤާމަށް މީހުން ހޮވުމަށް ބާއްވާ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.

ހުކުރު ދުވަހުގެ މެންދުރު 2:00 ގައި ވޯޓުލުން ފަށާފައިވާއިރު، ޖުމްލަ 87439 މީހުން ވޯޓްލުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.

މި އިންތިޚާބު އިރުއޮއްސި 06:00 ޖަހަންދެން ކުރިއަށްދާއިރު މާލެގައި ހުންނަ އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ވޯޓު ފޮށި ހުންނާނީ އެމްޑީޕީގެ ހަރުގޭގައެވެ. ދެން ހުރިހާ ވޯޓު ފޮށްޓެއް ހުންނާނީ އިސްކަންދަރު ސުކޫލު ހޯލުގައެވެ. އަދި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ކޮލޮމްބޯ ގައެވެ.

އޭގެ އިތުރުން، 87 ދާއިރާއެއްގައި ވޯޓް ފޮށި ބެހެއްޓިފައިވާއިރު، 185 ތަނަކަށް މެންބަރުން ވޯޓް ލުމަށް ވަނީ ހަމަޖެހިފައެވެ.

ވޯޓުފޮށި ބެހެއްޓިފައިވާ ތަންތަން:

  • މާލޭގައި ހުރި އައްޑޫސިޓީއަދި ފުވައްމުލަކު ވޯޓުފޮށި: އެމްޑީޕީ ހަރުގެ
  • މަލޭގައި ހުރި އެހެނިހެން ރަށްރަށުގެ ވޯޓުފޮށިތައް: އިސްކަންދަރު ސުކޫލުގައި
  • ހުޅުމާލެ ވޯޓު ފޮށި: ގާޒީ ސުކޫލް
  • ވިލިމާލޭ ވޯޓު ފޮށި: ވިލިމާލޭ އެމްޑީޕީ ހަރުގޭގައި
  • އެހެން ރަށްރަށުގެ ވޯޓު ފޮށިތައް: އެރަށެއްގެ އެމްޑީޕީ ހަރުގޭގައި
  • ސްރީލަންކާގެ ވޯޓު ފޮށި: ހެރިއޮޓް ވަޓް އެކަޑަމީ، ނަންބަރު 244/88 ހިލް ސްޓްރީޓް، ދެހިވަލާ

އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގެ ރައީސް ކަމަށް ކުރިމަތި ލައްވާފައިވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ މިހާރުގެވެސް ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. އަދި ނައިބު ރައީސް ކަމަށް ކުރިމަތި ލައްވާފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޝިފާޒުއާއި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމެވެ.

މި އިންތިޚާބަަށް އެމްޑީޕީގެ މެންބަރުންނާއި ކެނޑިޑޭޓުން ފާއިތުވި ދުވަސްތަކުގައި ވަނީ ވަރަށް ފޯރިގަދަކޮށް ކެމްޕެއިން ކޮށްފައެވެ.

މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. އެގޮތުން ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީގެގޮތުގައި އެމްޑީޕީ ރަޖިސްޓްރީކުރެވުނީ 23 ޖޫން 2005 ގައެވެ. އަދި މިއީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީވެސް މެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
40%
0%
60%
0%
0%
ކޮމެންޓް