ކ. މާލެ
|
22 ނޮވެންބަރ 2019 | ހުކުރު 11:57
ފަންނު އެކްސްޕޯގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ
ފަންނު އެކްސްޕޯގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
އެސްއެމްއީ ވިޔަފާރި
އެކި ފަރާތްތަކަށް އެސްއެމްއީ ބޭންކުން މިހާތަނަށް 233 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވޭ: ރައީސް
 
މިހާތަނަށް 1.3 ބިލިއަން ރުފިޔާ ހޯދުމަށް އެކި ފަރާތްތަކުން އެ ބޭންކަށް ހުށައަޅާފައިވޭ
 
އޭގެ ތެރެއިން ބައެއް ފަރާތްތަކަށް މިހާރު ވަނީ ފައިސާ ދޫކުރެވިފައި
 
އެސްއެމްއީ ބޭންކުން ޚިދުމަތް ދޭން ފަށާފައިވަނީ މިދިޔަ މާރޗް މަހުގެ 18 ވަނަ ދުވަހު

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ބޭންކުން މިހާތަނަށް އެކި ފަރާތްތަކަށް 233 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

"ފަންނު އެކްސްޕޯ" ހުޅުވުމަށް ބުރާސްފަތި ދުވަހުގެރޭ ދަރުބާރުގޭގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް އުފެއްދި އެސްޑީއެފްސީ ބޭންކުން މިހާތަނަށް އެކި ފަރާތްތަކަށް 233 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ފަރާތްތަކަށް މިހާރު ފައިސާ ދޫކޮށްފައިވާ ކަމަށެވެ.

އެސްއެމްއީ ބޭންކުން މިދިޔަ މާރޗް މަހުގެ 18 ވަނަ ދުވަހު ޚިދުމަތް ދޭން ފަށާފައިވާއިރު، ރައީސް ވިދާޅުވީ އެދުވަހުން ފެށިގެން މިހާތަނަށް 1.3 ބިލިއަން ރުފިޔާ ހޯދުމަށް އެކި ފަރާތްތަކުން އެ ބޭންކަށް ހުށައަޅާފައިވާ ކަމަށެވެ.

އަޅުގަނޑަށް އެނގިފައި އޮތް ގޮތުން އެދުވަހުން ފެށިގެން މިހާތަނަށް 1.3 ބިލިއަން ރުފިޔާ ހޯދުމަށް އެކި ފަރާތްތަކުން އެ ބޭންކަށް ހުށައަޅާފައި އެބައޮތް، އޭގެ ތެރެއިން މިހާތަނަށް އެކި ފަރާތްތަކަށް 233 މިލިއަން ރުފިޔާ ދިނުމަށް އެ ބޭންކުން ނިންމައި ބައެއް ފަރާތްތަކަށް އެ ފައިސާ މިހާރު ވަނީ ދޫކުރެވިފައި
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
އެސްއެމްއީ ބޭންކު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރައީސް އިތުރަށް ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ މީހުންނަށް ވިޔަފާރީގެ ފުރުސަތުތައް ފަހި ކޮށްދިނުމަށް މުދާ ގަންނަ ފަރާތްތަކާއި ގުޅުވާދިނުމަކީ ފަންނު އެކްސްޕޯގެ ވަރަށް ބޮޑު މަޤުސަދެއް ކަމަށާއި، ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ގާތްގަނޑަކަށް 93 އިންސައްތައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކަމަށެވެ.

އޭގެ އިތުރުން، ރަޖިސްޓްރީ ކޮށްގެން ހިންގާ އެސްއެމްއީ ވިޔަފާރިތަކަށްވުރެ ރަޖިސްޓްރީ ނުކޮށް ހިންގާ އެފަދަ ވިޔަފާރިތައް މާގިނަ ކަމަށާއި، އެގޮތުން ފަރުދުންގެ ޖީބަށް އެންމެ ގިނައިން ފައިސާ ވަންނަ އެއް މަގަކީވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިކަމަށް ރައީސް ވިދާޅުވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ބޮޑު އިސްކަމެއްދޭއިރު، އެފަދަ ވިޔަފާރިތައް ކުރިއަރުވައި ވިޔަފާރީގެ މައިދާނަށް ވަދެ ފައިހަމަކުރުމަށް އެހީވުމުގެ ގޮތުން އެސްޑީއެފްސީ އަށް 450 މިލިއަން ރުފިޔާ ދިނުމަށް އަންނަ އަހަރުގެ ބަޖެޓްގައިވެސް ވަނީ ހިމަނާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް