ކ. މާލެ
|
22 ނޮވެންބަރ 2019 | ހުކުރު 11:51
ބޯޓެއްގެ ފޮޓޯއެއް
ބޯޓެއްގެ ފޮޓޯއެއް
އެމްއެންޑީއެފް
އެމްއެންޑީއެފް
ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރަން އުޅުނު 7 ބޯޓެއް އަތުލައިގެންފި
 
ހިފަހައްޓާފައިވަނީ 7 ބޯޓެއް
 
ބޯޓުތައް ހަރަކާތްތެރިވިކަން ރިޕޯޓުކުރީ މަސްވެރިންތަކެއް

ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރަން އުޅުނު 7 މަސްދޯންޏެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ރާއްޖެއެމްވީއަށް މައުލުމާތު ދެއްވަމުން އެމްއެންޑީއެފުން ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުން ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ 7 މަސްބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެއާއި 175 މޭލު ބޭރުން ކަމަށެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ 21 ނޮވެމްބަރު 2019 ވަނަ ދުވަހުގެ ފަތިހު ރާއްޖޭގެ މަސް ދޯންޏަކުން އެމްއެންޑީއެފަށް ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ގަވާއިދާއި ހިލާފަށް ބޭރުގެ މަސްބޯޓްތަކެއް ދާ އަޅައިގެން މަސްވެރިކަން ކުރާކަމުގެ މައުލޫމާތު ދިނުމާއި ގުޅިގެން ކޯސްޓްގާޑްގެ ފަރާތުން ޕެޓްރޯލް ކުރަމުންދަނިކޮށް ގަވާއިދާއި ހިލާފަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަދެ އުޅުނު ލަންކާގެ 7 މަސްބޯޓެއް ކޯސްޓްގާޑްގެ ޝިޕް ޝަހީދު އަލީގެ ދަށަށް ހުކުރު ދުވަހުގެ ހެނދުނު ގެނެވިފައިވާ ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށުން އެ 7 ބޯޓް މާލެ ގެންނަމުން ދާކަމަށާއި އެ 7 މަސްބޯޓުގެ ތެރެއިން 2 ބޯޓެއް އޮތީ ދާ އަޅައިގެން މަސްވެރިކަން ކުރަން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
40%
0%
0%
40%
0%
20%
ކޮމެންޓް