ކ. މާލެ
|
22 ނޮވެންބަރ 2019 | ހުކުރު 15:56
ބަނގުރާ ކައްކަން ބޭނުން ކުުރި ސާމާނު
ބަނގުރާ ކައްކަން ބޭނުން ކުުރި ސާމާނު
އެމްއެންޑީއެފް
ޕޮލިސް
ބަނގުރާ ކައްކަން ތިއްބާ މާލޭގެ ގެއެއް ރޯވެއްޖެ
 
ބަނގުރާ ކައްކަން ތިބީ އެގޭގެ ފާހާނާގައި

މާލޭގެ ގެއަކުން ދުންއަރާތީ ގޮސް ބެލި އިރު، އެގޭގައި ރޯވީ ބަނގުރާ ކައްކަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މައްޗަން ގޮޅި ގެއަކުން ދުން އަރާކަމަށް މިއަދު ހެނދުނު 9:45 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ގެއަކީ ބިދޭސީން ދިރިއުޅޭ ގެއެއް ކަމަށާއި ހާދިސާ ހިނގާފައިވަނީ ބިދޭސީން ބަނގުރާ ކަންކަން އުޅުމުގެ ތެރޭގައި ކަމަށް މިހާތަނަށް ބެލިބެލުމުން އެނގޭ ކަމަށް ފުލުހުން ބުނެއެވެ.

އެމީހުން ބަނގުރާ ކައްކަން ތިބީ އެގޭގެ ފާހާނާގައިކަމަށް މިހާތަނަށް ލިބިފައި ހުރި މައުލޫމާތުން އެނގެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ފަހަކަށް އައިސް ބިދޭސީން ބަނގުރާ ކައްކާ އަދި އޭގެ ވިޔަފާރި ކުރާ މައްސަލަތައް ފެންމެތިވެއެވެ. މީގެ ދެ ދުވަސްކުރިން ވެސް ހުޅުމާލޭ ގެސްޓް ހައުސްއެއްގައި ބަނގުރާ ބޮއެ ޕާޓީ ކުރަނިކޮށް 12 ދިވެއްސަކު ވަނީ ހައްޔަރުކޮށްފައެވެ.

މީގެއިތުރުން ވެސް ފުލުހުން ވަނީ އެކި މައްސަލަތަކުގައި އަތުލައިގަނެވުނު ގިނަ އަދަދެއްގެ ބަނގުރާ ނައްތާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
10%
0%
0%
0%
0%
90%
ކޮމެންޓް