ކ. މާލެ
|
22 ނޮވެންބަރ 2019 | ހުކުރު 10:36
ވަޅިން ހަމަލާދިނުމަށްފަހު ކަނޑަށް އެއްލާލި މީހާ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މާލެ ގެންދަނީ
ވަޅިން ހަމަލާދިނުމަށްފަހު ކަނޑަށް އެއްލާލި މީހާ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މާލެ ގެންދަނީ
އެމްއެންޑީއެފް
ޕޮލިސް
ކަނޑުމަތީގައި ހިނގި މާރާމާރީއެއްގައި މީހެއްގެ ގައިގައި ވަޅި އަޅާ ޒަހަމްކުރުމަށްފަހު ކަނޑަށް އެއްލާލައިފި
 
ޒަހަމްވި މީހާ ފަތާފައި ގޮސް އެރީ މާޅޮހަށް އަދި އެހީތެރިކަން ހޯދި
 
މާރާމާރީ ހިނގީ ރޭ ދަންވަރު 3:06 ހާއިރު ލަނޑާ ނަގާ ދޯންޏެއްގައި
 
ވަޅިން ހަމަލާދީ ޒަހަމްކޮށްލުމަށްފަހު ކަނޑަށް އެއްލާލީ 26 އަހަރުގެ ދިވެހި ފިރިހެނެއް

ކަނޑުމަތީގައި ހިނގި މާރާމާރީއެއްގައި މީހެއްގެ ގައިގައި ވަޅި އަޅާ ޒަހަމްކުރުމަށްފަހު ކަނޑަށް އެއްލާލި މިހެއްގެ ހާލު ސީރިއަސްވެ ފަރުވާދެމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ވަރަށް ބޮޑަށް ޒަހަމްވެފައިވާ 26 އަހަރުގެ ދިވެހި ފިރިހެނަކު އއ. މާޅޮސް ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް ބުރާސްފަތި ދުވަހުގެ ދަންވަރު 3:06 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެމީހާއަށް އިތުރު ފަރުވާދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް މިހާރު ގެނެސްފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ހުކުރު ދުވަހުގެ ހެނދުނު 8:50 ހާއިރު މާލެއޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން 26 އަހަރުގެ ދިވެހި ފިރިހެނެއް އިތުރު ފަރުވާއަށް މާޅޮހުން މާލެ ގެނެސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާ ޒަހަމްވެފައިވަނީ ލަނޑާ ނަގަން އުޅުނު ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި ކަމަށާއި، އެމީހާގެ ގައިގައި ވަޅި އެޅުމަށްފަހު ކަނޑަށް އެއްލާލާފައިވާ ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާ މާޅޮހަށް އެރީ ފަތާފައި ކަމަށެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމަށާއި، މި މައްސަލައާއި ގުޅުންހުރި ފަރާތްތަކާއި ސުވާލުކޮށް މައްސަލަ ބަލަމުންދާކަމަށް ވެސް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބޭގޮތުގައި މި ޒުވާނާގެ 8 ތަނަކަށް ވަނީ ވަޅިން ހަމަލާދީފައެވެ. މި ޒުވާނާއަކީ ރ. މަޑުއްވަރީ ދޯންޏަކުން ލަނޑާ ނަގަންދާ މީހެކެވެ. އަދި އޭނާ ޒަހަމްވެފައިވަނީ އެ ދޯނީގައި މަސައްކަތް ކުރާ އެހެން މީހުންނާ ދެމެދު ހިނގި އަރާރުންވުމެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
3%
2%
74%
21%
0%
0%
ކޮމެންޓް