ކ. މާލެ
|
22 ނޮވެންބަރ 2019 | ހުކުރު 00:32
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
ޓްވިޓަރ
މެންބަރު އަސްލަމް
އެތެރޭގެ އިންތިޚާބުތަކާއި ގުޅިގެން ޕާޓީ ތެރޭގައި ބައިބައިވުން އުފެދޭކަށް ނުޖެހޭ: އަސްލަމް
 
ޕާޓީ އިތުރަށް ވަރުގަދަ ކުރަންޖެހޭކަމަށް ޤަބޫލުފުޅު ކުަރައްވާކަމަށް ވިދާޅުވި
 
އިންތިޚާބެއް ނިމުމަށްފަހު އެނބުރި ރީނދޫ ޕޯޑިއަމް އަށް ރުޖޫޢަވާން އިނގެން ޖެހޭނެ ކަމަށް ވިދާޅުވި
 
ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީއަށް ފަހު ބައެއް ރަށްރަށުގައި ޕާޓީ ދެބަޔަކަށް ބެހިފައިވާކަމަށް ވިދާޅުވި

އެތެރޭގެ އިންތިޚާބުތަކާއި ގުޅިގެން ޕާޓީ ތެރޭގައި ބައިބައިވުން އުފެދެން ނުޖެހޭ ކަމަށް ހުސްވެފައިވާ އެމްޑީޕީގެ ނައިބް ރައީސްގެ މަޤާމަށް ވާދަ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ އަސްލަމްގެ ކެމްޕޭން ނިންމުގެގޮތުން އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ އެތެރޭގެ އިންތިޚާބުތަކާއި ޕްރައިމަތީ ތަކަކީ ސިޔާސީ ވާދަވެރިކަމެއްގެ ތެރޭގައި ހިންގޭ ސިޔާސީ ހަރަކާތެއް ކަމަށެވެ. އަދި އެ އިންތިޚާބެއް ނިމުމަށްފަހު އެނބުރި ރީނދޫ ޕޯޑިއަމަށް ރުޖޫޢަވާން އިނގެން ޖެހޭނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީއަށްފަހު ބައެއް ރަށްރަށުގައި ޕާޓީ ދެބަޔަކަށް ބެހިފައިވާ ކަމަށެވެ.

އެއްބަޔަކު ބުނަނީ އެމީހުންނާއި އެކު ކޮފީއަށް ދިޔައަސް އަނެއް ފަޅިއަށް ތައީދު ކުރި މީހުން ބުނަނީ ތިމަންނަމެން ބޭނުމެއް ނޫނޭ ވާހަކަ ދައްކާކަށް.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ބައިބައިވުން އުފެދޭ މައިގަނޑު ސަބަބަކީ ޕާޓީގެ އަސާސީ ޤަވާއިދުން ސާފުކޮށް ޕާޓީގެ ނައިބް ރައީސްގެ މައްޗަށް ލާޒިމް ކޮށްފައިވާ މަޤާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވި އޮތުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އިތުރަށް އަސްލަމް ވިދާޅުވީ ޕާޓީގެ އާންމު މެންބަރުންގެ ފަރާތުން ސާފުވެގެން ދިޔައީ ޕާޓީގެ މެންބަރުންނަށް ހައްގުވާ މިންވަރު މިއަދު ނުލިބޭކަން ކަމަށެވެ. އެ ހައްގުވާ މިންވަރު ހޯދައިދެއްވުމަށް ސާބިތުކަމާއި އެކު ދެމިހުންނަވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީއަކީ އެންމެ ބޮޑު އެންމެ ވަރުގަދަ އެންމެ ދުވަސްވީ ޕާޓީ ކަމަށާއި އަދި ހުރިހާ ގުނަވަންތަކެއްގައި މީހުން ހަމައަށް ތިބި ޕާޓީ ކަމަށެވެ. ނައިބް ރައީސްގެ މަޤާމަށް ވާދަ ކުރައްވަނީ ޕާޓީ އިތުރަށް ވަރުގަދަ ކުރަންޖެހޭކަމަށް ޤަބޫލުފުޅު ކުރެއްވުމުން ކަމަށްް އަސްލަމް ވިދާޅުވި އެވެ. އަދި ޕާޓީ އިތުރަށް ފުރިހަމައަށް ތަމްސީލްވާން ޖެހޭ ކަމަށް ގަބޫލު ކުރެވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ ކަމަކީ އިތުރަށް ފުރިހަމަކުރުމުގެ ޖާގަ އޮންނަން ޖެހޭ ކަމެއް، ޕާޓީ ކަމުނުގޮސްގެން ޕާޓީ ދެރަވަރުވެގެން މި ވާހަކަ ދައްކަނީއެއް ނޫން. ޕާޓީ އިތުރަށް ބޮޑު ތަނުން ރަނގަޅުވާންޖެހޭ، ޕާޓީގައި އިތުރަށް ރަނގަޅުކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

ޕާޓީގެ ލީޑަރޝިޕާއި އާންމު މެންބަރުންނާއި ދުރުކަން ޕާޓީގެ އާންމު މެންބަރުން ފާހަގަ ކުރާކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރެވޭނެ ކަންކަމާއި މެންބަރުންގެ ހުރި ކަންބޮޑުވުންތަކާއި، ނުތަނަސްވަސްކަމާއި، ގުޅޭގޮތުން ޕާޓީގެ ކޮންގްރެސް އަހަރަކު އެއްފަހަރު ބާއްވަން ފެނިވަޑާއިގަންނަވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ކޮންގްރެސްގައި ހުރިހާ ގޮފިތަކެއްވެސް ތަމްސީލުވެގެންދޭ. ޕާޓީގެ އެހެނިހެން އތައް ގުނަވަނެއް ތަމްސީލްވެގެންދޭ. އިސްލާމީ ކަންތައްތަކާއި ބެހޭ މަޖިލީހާއި އަންހެނުންގެ ރޫހާއި ޕާޓީގެ ހުރިހާ ގުނަވަންތަކެއް ހިމެނޭ.ވަޒީރުންނާއި ކައުންސިލް މެންބަރުންނާއި ޕާޓީގެ މުޅި ލީޑަރޝިޕް ހިމެނޭ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
60%
0%
40%
0%
0%
ކޮމެންޓް