ކ. މާލެ
|
21 ނޮވެންބަރ 2019 | ބުރާސްފަތި 21:07
ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެ އެމްވީ
ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީ
ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓު ދިރާސާ ކުރަމުންދިޔަ ކޮމެޓީ ބައްދަލުވުން ހޫނުވެއްޖެ
 
ރައްދުދެއްވަމުން އެމްޑީޕީ މެމްބަރުން ވިދާޅުވަމުންގެންދެވީ ޕީޕީއެމް/ ޕީއެންސީގެ މެމްބަރުންވެސް ކޮމެޓީގައި ވޯޓުދެއްވިކަމަށް
 
އެ މެމްބަރުން ވިދާޅުވަމުންގެންދެވީ ރިޕޯޓުގެ ސައްހަކަން ކަށަވަރުނުވާކަމަށް
 
ކޮމެޓީގެ ބައްދަލުވުން ހޫނުވީ މެމްބަރު ޝިޔާމާއި، މެމްބަރު ސައީދު ކޮމެޓީއަށް ވަދެވަޑައިގެން އަޑުގަދަކުރައްވަން ފެއްޓެވުމުން

ޑރ. އަފްރާޝީމް އަލީ މަރުގެ ރިޕޯޓާއި ގުޅިގެން ގޮތެއް ނިންމެވުމަށް ބޭއްވި ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީ ބައްދަލުވުން ހޫނުވެއްޖެއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ދިރާސާކުރާ ކޮމިޝަނުން އެކުލަވާލި ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓު ދިރާސާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީއިންނެވެ.

އެ ކޮމެޓީގެ ބައްދަލުވުން ހޫނުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި، މެމްބަރު މުހައްމަދު ސައީދު ކޮމެޓީއަށް ވަދެވަޑައިގެން އަދުގަދަކުރައްވަން ފެއްޓެވުމުންނެވެ. ކޮމެޓީއަށް ވަދެވަޑައިގެން ދެ މްމަބަރުން އަޑުގަދަކުރައްވަމުން ވިދާޅުވަމުންގެންދެވީ މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުގެ ސައްހަކަން ކަށަވަރުކޮށްދޭންޖެހޭކަމަށެވެ. އަދި އެ ރިޕޯޓުގައި އެ ކޮމިޝަންގެ މެމްބަރުންގެ ސޮއި ހިމެނިފައިނުވާކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

އެގޮތަށް ދެ މެމްބަރުން އަޑުގަދަ ކުރައްވަން ފެއްޓެވުމާއެކު، ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ، އެމްޑީޕީގެ މެމްބަރުން ވިދާޅުވަމުންގެންދެވީ ކޮމެޓީ ރިޕޯޓް ފަސްކޮށްފައިވަނީ ޕީއެންސީގެ މެމްބަރު އާދަން ޝަރީފް އުމަރުގެވެސް ވޯޓާއެކުގައިކަމަށެވެ. އަދި އެ ރިޕޯޓަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފްވެސް ވޯޓުދެއްވިކަމަށް އެ މެމްބަރުން ވިދާޅުވަމުންގެންދެވި އެވެ. ޕީޕީއެމް / ޕީއެންސީގެ މެމްބަރުންނަށް ރައްދުދެއްވަމުން އެމްޑީޕީގެ މެމްބަރުން ވިދާޅުވަމުންގެންދެވީ ރިޕޯޓުގައި އެ މެމްބަރުން ބިރުގަންނަންޖެހޭވަރުގެ އެއްޗެއް ނެތްކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
31%
8%
8%
38%
0%
15%
ކޮމެންޓް
22 ނޮވެންބަރ 2019 | ހުކުރު 11:07
ފޭކް ރިޕޯޓް
މި ސައިޓްގަ އިން ރިޕޯޓް ކިޔާލީމަ އިނގޭ އަސްލު އެ ރިޕޯޓްގެ ސޮޕްޓް ކޮޕީ އެޑިޓް ކޮށްފަ ހުރިކަން. އަދި އެޑިޓް ކުރުމަށްފަހު ޕީޑީއެފް ކޮށްފަ ހުރި ކަން ވަރަށް ރީއްޗަށް ރިޕޯޓަށް ބަލާލީމަ އެ އިނގޭ. އެހެން ނޫނަސް ރާއްޖެ އެމް.ވީ ގަ އެކަނި ތަ ؟ އެރިޕޯޓް އަޕްލޯޑް ކުރަން ލިބުނ؟
22 ނޮވެންބަރ 2019 | ހުކުރު 00:01
ބަދުރު
މުޅި ނައިފަރަށާ ޕީޕީއެމްއަށް ހުތުރު އަރުވަން ނޫޅެ ދާއިރާގެ ކަންކަމުގަ ބަސްބުނެ ހަދާށެވެ. ތިބާމެންގެ ވެރިކަމުގައި އަފްރާސީމްގެ މަރުގެ މައްސަލަ ނުބަލާ މިހާރު ބަޔަކު އެކަން ކުރީމާ ތިޔަ ކުޅުއްވާ ޑުރާމާއިން ދެފޭ ކޭރިނުވޭ.
21 ނޮވެންބަރ 2019 | ބުރާސްފަތި 21:53
އެދުރު ހަސަން
އަފްޜާޝީމު އަލުން ދުނިޔައް ދިރިގެން އައިސް ކަންހިގިގޮތްކިޔާދީފާނެ ހެން ހީވާތީ ބިރުން ތެޅެނީތަ. ދެން ކޮންކަމަކާތަ އެހާބިރުން އުޅެންވީކީ