ކ. މާލެ
|
21 ނޮވެންބަރ 2019 | ބުރާސްފަތި 14:30
މޯލްޑިވްސް އިސްލާމިކް ބޭންކް
މޯލްޑިވްސް އިސްލާމިކް ބޭންކް
މުހައްމަދު ޝަރުހާން
އެމްއައިބީ
"ސޭވް ވިތު އެމްއައިބީ" ކެމްޕޭން: ކަސްޓަމަރުންނަށް ފަހި ފުރުޞަތުތަކެއް!
 
އެމްއައިބީގެ އަމާޒަކީ ޝަރީއާ ހުއްދަ ކުރާ އުސޫލުން އާންމުންނަށް ލުއި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން
 
ކެމްޕޭން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށްދާނެ
 
އެމްއައިބީ އިން ވަނީ ސޭވް ވިތް އެމްއައިބީގެ ނަމުގައި ވަރަށް ތަފާތު ކެމްޕޭނެއް ފަށާފައި

ދިވެހި ރާއްޖެއަށް އިސްލާމިކް ބޭންކިންގ ގެ ޚިދުމަތް ތަޢާރަފުވެގެން ދިޔައީ 2011 ވަނަ އަހަރު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ހުޅުވުމާއެކުގައެވެ. ބޭންކުން ޚިދުމަތް ފޯރުކޮށްދެމުން އަންނަތާ 8 އަހަރު ވީއިރު އެ ބޭންކުން ވަނީ އިސްލާމީ ޝަރީޢާ ހުއްދަކުރާ ބޭންކިންގް ގެ ތަފާތު އެކި ޚިދުމަތްތައް ތަޢާރަފުކޮށްފައެވެ. މި ޚިދުމަތްތައް އާންމުންގެ މެދުގައި މަޤްބޫލުވެ އިތުބާރު ބޮޑު ޚިދުމަތަކަށް ވަނީ ވެފައިއެވެ. އެ ބޭންކުގެ ކަސްޓަމަރުންގެ އަދަދު އިތުރުވަމުން ދިއުމަކީ އޭގެ ހެއްކަކަަށް ފުދެއެވެ.

އެމްއައިބީން ވަނީ މިދިޔަ އަހަރުގެ ތެރޭގައި، އެ ބޭންކުގެ ހަ ގޮތްޕެއް ރާއްޖޭގައި ހުޅުވާ، ފައިސާ ނެގޭނެ މެޝިންތަކާއި ޕޮއިންޓު އޮފް ސޭލް (ޕީއޯއެސް) ދޫކޮށްފައިވެއެވެ. މީގެ އިތުރުން އިންޓަރނެޓް ބޭންކިން އާއި މޮބައިލް ބޭންކިންގެ ޚިދުމަތް ވެސް އެ ބޭންކުން ވަނީ ތައާރަފުކޮށްފައެވެ. މީގެ އިތުރުން އިސްލާމިކް ބޭންކުން ހިއްސާ ވިއްކާލުމަށް ހުޅުވާލި ފުރުޞަތުގައި އާންމުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އެމްއައިބީއިން ހިއްސާ ގަންނަން ހުށަހެޅި އަދަދު ގިނަވުމުން ބައެއް މީހުންނަށް އެ ކުންފުނިން ވަނީ ބަދަލުވެސް ދީފައެވެ.

އެމްއައިބީގެ އަމާޒަކީ ޝަރީއާ ހުއްދަ ކުރާ އުސޫލުން އާންމުންނަށް ލުއި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. މި މަޤްސަދުގެ ދަށުން އެ ބޭންކުން ވަނީ ސޭވް ވިތު އެމްއައިބީގެ ނަމުގައި ވަރަށް ތަފާތު ކެމްޕޭނެއް ފަށާފައެވެ. އެމްއައިބީން ބުނީ މި ކެމްޕޭނުގެ މަޤްސަދަކީ ޝަރީޢާ ކޮމްޕްލެއިންޓް ފުރުސަތުތަކެއް ގިނަ ރައްޔިތުންނަށް ހުޅުވާލަދީ އެ ފަރާތްތަކަށް ވެސް ބޭންކްގެ ފައިދާއިން ހިއްސާވާ ގޮތަށް ޕްރޮޑަކްޓްސްތަކެއް ހުރިކަން އަންގައިދިނުން ކަމަށެވެ.

އެމްއައިބީ ފަރާތުން ބުނީ މި ކެމްޕެއިން ބަހާލާފައިވާނީ މައިގަނޑު ތިން ކަމަކަށް ކަމަށެވެ. އެއީ ކިޑްސް އެކައުންޓް ޕްރޮމޯޓް ކުރުމާއި، ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓްގައި ވަކި މުއްދަތެއްގައި އެމްއައިބީގައި ފައިސާ ރައްކާކުރުމުން އެމްއައިބީން ލިބޭ ފައިދާ އިން ވަކި މިންވަރެއް ޝެއަރ ކުރާކަން އާންމުންނަށް އަންގައިދިނުމުގެ އިތުރުން ސޭވިން އެކައުންޓް މެދުވެރިކޮށް އާންމުންނަށް އިތުރު ފައިދާތަކެއް ހުޅުވާލަދިނުން ކަމަށެވެ. އެގޮތުން އެމްއައިބީން ވަނީ އަމާނާތަކަފުލްއާ ގުޅިގެން ފެމިލީ ކަވަރއެއް ފޯރުކޮށްދޭން ނިންމާފައެވެ. މި ކަވަރގެ ދަށުން އެމްއައިބީގެ ސޭވިންގް އެކައުންޓް ގެންގުޅޭ ކަސްޓަމަރުން ނުވަތަ އަލަށް ސޭވިންގް އެކައުންޓް ހުޅުވާ ކަސްޓަމަރުން އަހަރަކު 265 ރުފިޔާ ދައްކައިގެން އިތުރު ފައިދާތަކެއް ލިބިގެންދާނެއެވެ.

އެގޮތުން މި ކަވަރގެ ދަށުން ލިބިދޭ ބައެއް ކަންތައްތަކަކީ:

  • ނިޔާވެއްޖެ ކަމަށްވާނަމަ އެއްލައްކަ ރުފިޔާ ލިބުން
  • ނުކުޅެދޭ މީހަކަށް ވެއްޖެ ހާލަތެއްގައި އެއްލައްކަ ރުފިޔާ ލިބުން
  • އެކްސިޑެންޓެއްގައި މަސައްކަތް ނުކުރެވޭ ހާލެތެއް މެދުވެރިވީ އޮފީހަށް އަނބުރާ ނިކުމެވެންދެން ނުވަތަ ހަ މަސް ދުވަސްވަންދެން 5000 ރުފިޔާ ލިބުން
  • އެކްސިޑެންޓެއްގައި މަސައްކަތް ނުކުރެވޭ ހާލެތެއް މެދުވެރިވެގެން ބިލްތައް ނުދެކެންޔާމުންވެސް އެބަ ދެން މަހަކު 1000 ރުފިޔާ، އެބޭފުޅަކީ ދަރިން ތިބޭ މީހަކަށްވަނަމަ އިތުރަށް 1500 ރުފިޔާ ލިބުން
  • އަލިފާނުގެ ހާދިސާއެއް ދިމާވެގެން (ކުއްޔަށް އުޅޭ ބޭފުޅެއް / ގޭގެ ވެރި ފަރާތަށް) 10000 ރުފިޔާ ލިބުން
  • ޑެންގީ ނުވަތަ ޗިކަންގުންޔާ ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްވާ ހިސާބުން 7500 ރުފިޔާ ލިބުން
  • ހައްޖަށް ނުވަތަ އުމްރާއަށް ދާކަމަށްވާނަމަ 10000 ރުފިޔާ ލިބުންް

އެމްއައިބީގެ ޑެޕިއުޓީ މެނޭޖަރ އޮޕަރޭޝަންސް އިބްރާހީމް ސުހެއިލް ވިދާޅުވީ އެ ބޭންކްގެ އަމާޒަކީ ހުރިހާ ކަސްޓަމަރުންނަށް އަޅާލުން ކަމަށެވެ. އަދި ސޭވިންގް އެކައުންޓް ގެންގުޅޭ ފަރާތްތަކަށް ފާގަތި މުސްތަޤްބަލެއް ހޯދައިދިނުމަށް އެ ބޭންކުން މަސައްކަތް ކުރާ ކަމަށްވެސް ސުހެއިލް ވިދާޅުވިއެވެ.

އަޅުގަނޑުމެން ބޭނުންވަނީ ސޭވިންގް އެކައުންޓް ގެންގުޅޭ ފަރާތްތަކަށް ފާގަތި މުސްތަޤްބަލެއް ހޯދައިދިނުމަށް، ހަމައެކަނި އެ ކަސްޓަމަރު އެކައުންޓް ހުޅުވީމަ އެހިސާބުން ނިމުނީކީ ނޫން. އަޅުގަނޑުމެން އަޅާލާކަން އަންގަން ބޭނުންވޭ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް.
އިބްރާހީމް ސުހެއިލް

ސޭވް ވިތު އެމްއައިބީގެ ކެމްޕޭން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށްދާއިރު ހަމަގައިމުވެސް މި ކަވަރ މެދުވެރިކޮށް ކުޑަ ހޭދައެއްކޮށްގެން އާންމުންނަށް އެމީހުންގެ ދިރިއުޅުމުގެ ބައެއް ކަންތައްތައް ހަމަޖައްސަލާވޭނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
82%
0%
6%
0%
12%
ކޮމެންޓް